ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)375/375/2022/23
ޕަބްލިޝްކުރި ތާރީޚް: 29 ޖޫން 2022
ޕަބްލިޝްކުރި ގަޑި: 13:03
ސުންގަޑި: 03 ޖުލައި 2022 14:00
ނިލަންދެއަތޮޅު ދެކުނުބުރީ މީދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުރުމުއްދަތަށް ދޫކުރެވިފައިވާ ދަނޑުބިންތަކާއި ގުޅޭ:

ދ.މީދޫ އިން ކުރުމުއްދަތަށް ދަނޑުވެރިކަން ކުރުމަށް ދޫކުރެވިފައިވާ ބިންތަކަކީ ދ.މީދޫ ކައުންސިލާއި ބިންހަވާލުވި ފަރާތާއި ވެވުނު އެއްބަސްވުމެއްގެ ދަށުންދޫކުރެވުނު ބިންތަކެކެވެ. އަދި މިދަނޑުތަކުގައި ހެއްދޭނެ ބާވަތްތައް މިއެއްބަސްވުމުގެ 4 ވަނަ މާއްދާގައިވާނީ ބަޔާންކުރެވިފައެވެ. އެހެންނަމަވެސް ބިންތައް ދޫކުރެވިފައިވާ ބައެއް ފަރާތްތަކުން ދަނީ ޤަވާއިދާ ޚިލާފަށް ރުއް ލަކުޑީގެ ގަސް، މުޑީގެ ގޮތުގައި ހިމެނޭ ބާވަތްތަށް ހައްދަމުންނެވެ. އަދި ދަންނަވަމެވެ. ދަނޑުވެރިޔާގެ ޒިންމާތަކުގެ ތެރޭގައި ދަނޑުސާފުކޮށް ބެލެހެއްޓުމާއި ދަނޑުގެ އިމުން ފެށިގެން މަގަށްވާ 3 ފޫޓް ސާފުކޮށްބެލެހެއްޓުން ހިމެނެއެވެ. އެހެން ނަމަވެސް ބައެއް ފަރާތްތަކުން މިކަންކަން ތަކުރާރުކޮށް ކުރަމުންދާތީވެ ކުރިޔަށްއޮށް 5 ދުވަސް ތެރޭގައި މިކަންކަން އިސްލާޙުކުރުމަށް ދަންނަވަމެވެ. އަދި ހުރިހާ ދަނޑުވެރިން ދ.މީދޫ ކައުންސިލާއި ވެވުނު އެއްބަސްވުމާއި އެއްގޮތުގެ މަތިން ޢަމަލުތައް ބެހެއްޓުމަށް ނަސޭޙަތްތެރިވަމެވެ.

29 ޖޫން 2022