ދިވެހިރާއްޖެ
ނަންބަރ: 323/323/2022/15(IUL)
އިޢުލާން
މާޅޮސްމަޑުލު ދެކުނުބުރީ ފުޅަދޫ ކައުންސިލްގެ އައު އޮފީސް އިމާރާތް އަޅައިދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރު އިޢުލާން ((IUL)323/323/2022/13) (25 މެއި 2022 ( އިއުލާނަށް އެއްވެސް ފަރާތަކުން ބިޑު ހުށަހަޅުއްވާފައިނުވާތީ އެ އިޢުލާން ބާތިލްކޮށް އަލުން އެކަން ކޮށްދޭނެ ފަރާތެއް ހޯދަން އިޢުލާމް ކުރަމެވެ.
މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތައް، 29 ޖޫން 2022 ވާ ބުދަ ދުވަހުން ފެށިގެން 07 ޖުލައި 2022 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:30 ގެ ކުރިން [email protected] އަށް، ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރިހަމަކުރެއްވުމަށްފަހު އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މިއިޢުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައިވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 19 ޖުލައި 2022 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00ގައި މި އިދާރާގެ މީޓިން ކުރާ ހޯލްގައެވެ.
މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެ ވަޑައިގަންނަވާނަމަ 17 ޖުލައި 2022 ވާ އާދީއްތަ ދުވަހު މެންދުރުފަހު 14:00ގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.