ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)434-HR/434/2022/170
ޕަބްލިޝްކުރި ތާރީޚް: 28 ޖޫން 2022
ޕަބްލިޝްކުރި ގަޑި: 19:24
ސުންގަޑި: 04 ޖުލައި 2022 12:00
ނޭޝަނަލް ޑްރަގް އޭޖެންސީ
ދިވެހިރާއްޖެ
ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް (އީ.އެކްސް.3 / ޓްރީޓްމަންޓް އެންޑް ރީއެންޓިގްރޭޝަން ޑިވިޝަން)

މަޤާމް :ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް (އީ.އެކްސް.3)
ބޭނުންވާ އަދަދު :1

އިޢުލާނު

 

މަޤާމު:

ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް

މަޤާމުގެ ނަންބަރު:

J-365448

ބޭނުންވާ އަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

އީ.އެކްސް.3

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް

ވަޒީފާ އަދާކުރަން ޖެހޭ ތަން:

(ނޭޝަނަލް ޑްރަގް އޭޖެންސީ / ކ. މާލެ (ޓްރީޓްމަންޓް އެންޑް ރީއެންޓިގްރޭޝަން ޑިވިޝަން)

މުސާރަ:

މަހަކު -/11،065ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/2000ރުފިޔާ

އެހެނިހެން އެލަވަންސް:

  1. ސްޕެޝަލް ޑިއުޓީ އެލަވެންސް: މަހަކު (އަސާސީ މުސާރައިގެ %35)
  2. ރިސްކު އެލަވަންސް: (ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ދޭ އެލަވަންސް ފޮތުގެ G207.1ގައިވާ ގޮތުގެ މަތީން)
  3. ޓެކްނިކަލް ކޯ ގެ ޝަރުތު ފުރިހަމަވާ ފަރާތެއްނަމަ ޓެކްނިކަލް ކޯ އެލަވަންސް ގޮތުގައި މުސާރައިގެ 28% އަދި ޓެކްނިކަލް ކޯ އަށް ޝަރުތުފުރިހަމަނުވާ ފަރާތެއްނަމަ ސަޕޯޓިންގ ކޯ އެލަވަންސް 2 ގެ ގޮތުގައި މަހަކު -/1300 ރުފިޔާ (ޓެކްނިކަލް ކޯ ދާއިރާ: ކައުންސެލިންގ، ސައިކޮލޮޖީ، ސޯޝަލް ވޯރކް، ސޯޝިއޮލޮޖީ)
  4. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ޑްރަގް ކޯޓާއި ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހާއި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަސްއާއި ގުޅިގެން، ހަދަންޖެހޭ އެސެސްމަންޓާއި، އެހެނިހެން ބޭނުންތަކަށް ހަދާ އެސެސްމަންޓްތަކުގެ މަސައްކަތްތައް ކުރިއަށް ގެންދިއުން.
  2. ޑްރަގް ޑިޕެންޑެންސީ، އިންޑިކޭޓިވް އަދި އެހެނިހެން އެސެސްމަންޓްތަކާއި ބެހޭގޮތުން ފަރުވާއަށް އެދިހުށައަޅާ ފަރާތްތަކުންނާއި ފަރުވާދޭ މަރުކަޒުތަކުންނާއި ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކުން ހުށައަޅާ މައްސަލަތައް ބަލައި 1201/17  މަސްތުވާތަކެއްޗާއިބެހޭ ޤާނޫނާއި ކަމާބެހޭ ޤާނޫނުތަކަށް ރިޢާޔަތްކުރެވިގެން ކްލަޔަންޓުގެ ޙައްޤުތައް ހިމާޔަތްކުރެވޭގޮތަށް ހައްލު ހޯދުން.
  3. އެސެސްމަންޓް ޚިދުމަތް ފުޅާކޮށް ހަރުދަނާ ކުރުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް ދެނެގަނެ، ޚިދުމަތްތައް ރަގަނޅުކުރުމަށް ކުރަންޖެހޭ ކަންތައްތައް ރަގަނޅު ކުރުމަށް ކުރަންޖެހޭ ދިރާސާތައްކުރުމާއި އެހެނިހެން ދާއިރާތަކާއި ވިލަރެސްކުރުން.
  4. ފަރުވާއަށް އެދިހުށަހަޅާ އަދި ފަރުވާގާ ތިބޭ ފަރާތްތަކަށް ބޭނުންވާ މެޑިކަލް އަދި ސައިކޮލޮޖިކަލް  އަދި އިންޑިކޭޓިވް އެސެސްމަންޓްތައް ހެދޭނެ އިންތިޒާމް ހަމަޖެއްސުން.
  5. ޑިވިޝަނުގެ ކްލިނިކަލް ޙިދުމަތްތަކާއި އިދާރީ މަސައްކަތްތައް ރާވާ ހިންގުމުގެ މަސައްކަތްކުރުން.
  6. މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ ދަށުން ޑްރަގް ކޯޓުގެ އަމުރުގެ ދަށުންނާއި އެހެނިހެން ގޮތްގޮތުން އެސެސްމަންޓް ހެދޭ ފަރާތްތަކާއި އެފަރާތްތަށް ބައިވެރިކުރުމަށް ހުށަހަޅާ ޕްރޮގްރާމްތަކުގެ ތަފްސީލް އެނގޭނެ ދަފްތަރެއް ޑޭޓާބޭސްއެއްގައި ބަލަހައްޓައި އަޕްޑޭޓްކުރަމުން ގެންދިޔުން.
  7. ސުޕަވައިޒުކުރާ ސްޓާފުންނަށް ފޯރުކޮށްދޭންޖެހޭ ފަންނީ އެހީ ފޯރުކޮށްދިނުމާއި، ފަރުވާގެ ޚިދުމަތްތައް ރަނގަޅުކުރުމަށް ކުރަންޖެހޭ ދިރާސާތައް ކުރުމާއި، އެހެނިހެން ދާއިރާތަކާއި ވިލަރެސްކޮށް ގެންނަންޖެހޭ ބަދަލުތައް ގެނެސް ކަމާއިބެހޭ ފަރާތްތައް އެކަމަށް އަހުލުވެރިކުރުވުމުގެ މަސައްކަތްކުރުން.
  8. ޕްރޮޖެކްޓްތަކާއި، ޕްރޮގްރާމުގެ ތެރެއިން ރިވިއުކުރަންޖެހޭ ކަންކަން ދެނެގަނެ ގެންނަންޖެހޭ ބަދަލުތައް ދެމެހެއްޓެނިވި ގޮތަކަށް ގެނައުން.
  9. މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތައް ކުށުގެ ވެއްޓަށް ހުށަހެޅޭ ސަބަބުތައް ދެނެގަތުމާއި މަސްތުވާތަކެތީން ރައްކާތެރިވެ ތިބުމަށް ތަފާތު ޕްރޮގްރާމްތަކާއި ޕްރޮޖެކްޓްތައް ރާވާ ހިންގުމާއި އެކަމަށް ބޭރުގެ އެހީ ހޯދުމުގެ ފުރުސަތުތައް ދެނެގަނެ، ޕްރޮޕޯސަލް/ކޮންސެޕްޓް ޕޭޕަރ ތައްޔާރުކުރުމާއި ރީއެންޓިގްރޭޝަން އަދި އާފްޓަރ ކެއަރގެ ޙިދުމަތްތައް ދިނުމަށްބޭނުންވާ އިންތިޒާމްތައް ހަމަޖެއްސުން.
  10. ފަރުވާ ނަގަމުންދާ ކްލައިންޓުންނަށް ބޭނުންވާ ޕްރޮގްރާމްތައް ފަރުމާކުރުމާއި ޕްރޮގްރާމްތައް ރާވާ ހިންގުން.
  11. ސެންޓަރުތަކުގެ މުވައްޒަފުންގެ ޤާބިލުކަން އިތުރުކުރުމަށް ބޭނުންވާ ފަންނީ ތަމްރީނުތަކާއި ސުޕަވިޝަން ރާވާ، ހިންގުން.
  12. ޑިވިޝަންގައި މަސައްކަތްކުރާ މުވައްޒަފުން އެސެސްމެންޓް، ރިހެބިލިޓޭޝަން، ކްލިނިކަލް އަދި އިންޓަރނޭޝަނަލް ބެސްޓް ޕްރެކްޓިސަސްއާއި އެއްގޮތަށް އަމަލުކުރަމުންދޭތޯ ބަލައި ދިރާސާތަކާއި އާންމުކޮށްފައިވާ ދިރާސާތައް ބަލައި އެފަދަ މަޢުލޫމާތުތަކަށް އަހުލުވެރިވެފައިވޭތޯ ބަލައި ކަށަވަރުކުރުން.
  13. ޑިވިޝަންގެ އެސް.އޯ.ޕީތައް އެކުލަވާލާ ތަރައްޤީކުރުމާއި އެސް.އޯ.ޕީއާއި މަސައްކަތްކުރުމަށް ބޭނުންކުރާ މެނުއަލްސްތައް މުރާޖަޢާކޮށް ކަމާއިގުޅުންހުރި އެހެނިހެން އިދާރާތަކާއި މަޝްވަރާކޮށް އެކިގޮތްގޮތުން ކްލައިންޓުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރުން.
  14. މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތައް އަނބުރާ މުޖުތަމަޢުއަށް ގެނައުމުގެ ގޮތުން މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތަކާއި އެފަރާތްތަކުގެ އާއިލާތަކާއި މުޖުތަމަޢު ބައިވެރިކޮށްގެން ހިންގަންޖެހޭ ޕްރޮގްރާމްތައް ތައްޔާރުކުރުން.
  15. ސެންޓަރުތަކުގައި ކްލައިންޓުންނަށް ކުރިއަށްގެންދެވޭ ޕްރޮގްރާމްތައް ހިނގާގޮތް ސުޕަވައިޒުކުރުމާއި ފަހުގެ ރީސާޗްތަކާއި އިންޓަރނޭޝަނަލް ބެސްޓް ޕްރެކްޓިސަސް ޕްރޮގްރާމް ކުރިއަށް ގެންދިއުމުގައި މުވައްޒަފުންނާއި ކްލައިންޓުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.
  16. ނެޝަނަލް ޑްރަގް އެޖެންސީގެ ލަފަޔާއެއްގޮތަށް ޑިވިޝަނުގެ އެންމެހާ މަސައްކަތްތައް ރާވާ ހިންގާ ބެލެހެއްޓުމާއި އަހަރީ ޕްލޭންއެއް އެކަށައަޅާ އެއާ އެއްގޮތްވާ ގޮތުގެ މަތިން ހިންގާ ބެލެހެއްޓުން.
  17. އަހަރީ ބަޖެޓް ހެދުމާއި، އެއަހަރަށް ހިންގުމަށް ބޭނުންވާ ޕްރޮގްރާމްތައް ޑިވިޝަނުގެ މެންޑޭޓާއި ގުޅޭގޮތުން ރާވާ ހިންގުން.
  18. ޑިވިޝަނުގެ މުދަލާއި ފައިސާ އަދި އެނޫން ވަސީލަތްތައް ބޭނުންކުރެވެނީ ޤާނޫނާއި ޤަވާއިދާ އެއްގޮތަށް އަދި ހެޔޮގޮތުގައިތޯ ބަލާ އެގޮތަށް ހިނގާކަން ކަށަވަރުކުރުން.
  19. ސެންޓަރުތަކުގައި ތިބޭ ކްލައިންޓުންގެ ކެއިން ބުއިމުގެ ކަންތައްތަކާއި، ލޮޖިސްޓިކް އެންމެހާ މަސައްކަތްތައް ހިނގަމުންދާގޮތް ބެލެހެއްޓުން އަދި ލޮޖިސްޓިކަލް ކަންކަން އަޕްޑޭޓްކުރުން.
  20. ޑިވިޝަނަށް އަންނަ ލިޔެކިއުންތައް ސަރުކާރުގެ ޤަވާއިދާއި އެއްގޮތްވާ ގޮތުގެމަތިން ބެލެހެއްޓުމާއި ޑިވިޝަނުން ބަލަހައްޓަންޖެހޭ ލިޔެކިއުންތަކާއި ކްލައިންޓުންގެ ފައިލްތައް ކަނޑައަޅާފައިވާ ޤަވާއިދާއި އުސޫލުގެ ތެރެއިން އަޕްޑޭޓްކޮށްފަ ހުރިތޯބަލާ، ފޮނުވަންޖެހޭ ރިޕޯޓްތައް ޤަވާއިދުން ފޮނުވަންޖެހޭ ތާރީޚްތަކަށް ކަމާއިބެހޭ ފަރާތްތަކަށް ފޮނުވަމުންދޭތޯ ބެލުން.
  21. މުވައްޒަފުންގެ މަސައްކަތްތައް އެޕްރައިޒްކޮށް، ރަނގަޅުކުރަންޖެހޭ ކަންކަމާއިބެހޭގޮތުން ނަސޭހަތްތެރިވެ، ތަމްރީނު ޕްރޮގްރާމްތައް ރާވާ، އެޕްރައިޒަލް ފުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުން.
  22. މަތީގައިވާ މަސައްކަތްތަކުގެ އިތުރުން، ނޭޝަނަލް ޑްރަގް އެޖެންސީގެ ރަސްމީ މަސައްކަތްތަކަށް އަންނަ ބަދަލަކާއި ގުޅިގެން ނުވަތަ އެހެން ގޮތަކުންވެސް ހަވާލު ކުރެވޭ ރަސްމީ މަސައްކަތްތައް ހަވާލްކުރެވޭ މުއްދަތެއްގައި ހަމަޖެހިފައި އޮންނަ އުސޫލް ތަކާއި އެއްގޮތަށް ކުރުން.

މަޤާމުގެ ޝަރުޠުތައް:

1. ކައުންސެލިންގ ނުވަތަ ސައިކޮލޮޖީ ނުވަތަ ޕަބްލިކް ހެލްތު ނުވަތަ ސޯޝަލް ވޯރކް ނުވަތަ ސޯޝިއޮލޮޖީ ރޮނގުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ސޯޝަލް ސާވިސަސް ދާއިރާއެއްގައި މަދުވެގެން 6 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

ނުވަތަ

2. ކައުންސެލިންގ ނުވަތަ ސައިކޮލޮޖީ ނުވަތަ ޕަބްލިކް ހެލްތު ނުވަތަ ސޯޝަލް ވޯރކް ނުވަތަ ސޯޝިއޮލޮޖީ ރޮނގުން ރޮނގުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އިން ފެށިގެން މަތީގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ސޯޝަލް ސާވިސަސް ދާއިރާއެއްގައި މަދުވެގެން 4 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

 

މަޤާމުގެ ތަޢުލީމީ ރޮނގުތައް:

  • ކައުންސެލިންގ
  • ސައިކޮލޮޖީ
  • ޕަބްލިކް ހެލްތް
  • ސޯޝަލް ވޯރކް
  • ސޯޝިއޮލޮޖީ

 ޕްރިފަރޑް ޑިސިޕްލިންތައް:

  •   ނެތް

މަޤާމުގެ ކޯ ޑިސިޕްލިންތައް:

  • ކައުންސެލިންގ
  • ސައިކޮލޮޖީ
  • ސޯޝަލް ވޯރކް
  • ސޯޝިއޮލޮޖީ

 

މަޤާމުގެ މަސައްކަތުގެ ދާއިރާތައް:

  • ސޯޝަލް ސާވިސަސް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)

https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx

2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).

3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.

4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.

5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (ދެވަނަ އިޞްލާޙު)ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި މެއިލްކުރައްވާނީ 4 ޖުލައި 2022 ވާ ހޯމަ ދުވަހުގެ 12:00ގެ ކުރިން recruitment@nda.gov.mvއަށެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ނޯޓް: އެޕްލިކޭޝަން ފޯމާއިއެކު ހުރިހާ ޑޮކިއުމަންޓެއް އެއް ފައިލްއަކަށް ޕީ.ޑީ.އެފް ކުރުމަށް ފަހު، ފައިލުގައި އެޕްލިކޭޝަން ހުށަހަޅާ ފަރާތުގެ ނަމާއި މެއިލްކުރައްވާއިރު ސަބްޖެކްޓްގެ ގޮތުގައި މަޤާމުގެ ނަން ޖެއްސެވުމަށް ދަންނަވަމެވެ.

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު (އިމްތިޙާނު، ޕްރެޒެންޓޭޝަން) އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އެސެސްމަންޓް (އިމްތިހާނު ނުވަތަ ޕްރެކްޓިކަލް)، އިންޓަރވިއު އަދި ޕްރެޒެންޓޭޝަން އޮންނާނީ 2022 ޖުލައި 7 އާއި 2022 ޖުލައި 21 އާ ދެމެދު ނޭޝަނަލް ޑްރަގް އޭޖެންސީ، ކ. މާލެ ގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

            މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3039016 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

 

                                     28 ޛުލްޤައިދާ 1443

                                     28 ޖޫން 2022                              

28 ޖޫން 2022