ދިވެހިރާއްޖެ
(IUL)307/INDIV/2022/45:ނަންބަރ
ގެވަޅު ސާފުކުރުމާއި މަގުމައްޗަށް ވާގޮތަށް ހުރި ރުއްގަސް ކޮށުމާއިގުޅޭ:
މިރަށުގައި މީހުން ދިރިއުޅޭ ބައެއް ސަރަހައްދުތަކުގައި ހުރި ގޯތިތަކާއި މަގުތައް ސާފުނުކޮށް ހުރުމުގެ ސަބަބުން އެސަރަހައްދުތައް ބޭނުންކުރައްވާ ރައްޔިތުންނަށް ހިނގާބިނގާވެ އުޅުމަށާއި އެއްގަމު އުޅަނދުތައް ދުއްވުމުގައި ވަރަށް ބޮޑަށް ދަތިތަކާއި ކުރިމަތިލާން ޖެހެއެވެ. އަދި ބައެއް ރުއްގަހުގެ ސަބަބުން މަގުބައްތީގެ އަލިކަން މަގަށް އެކަށީގެންވާވަރަށް ނުލިބޭކަން ފާހަގަކުރެވެއެވެ. މަގުމައްޗަށްވާގޮތަށް ހުންނަ ގަސްތައް، ހުންނަން ވާނީ ޤަވާއިދާއި އެއްގޮތަށް 10 ފޫޓަށްވުރެ ތިރިނުވާނެ ގޮތަށް ކޮށާފައެވެ. މީގެ އިތުރުން ގޯތިތަކުގައި ހުރި ބައެއް ރުއްގަހުން މަގުމައްޗަށް ފަނާއި ކާށި އަދި އެހެނިހެންތަކެތި ވެރި، އާންމުންނަށް އުނދަގޫވާގޮތަށް ހުރިކަންވެސް ފާހަގަކުރެވެއެވެ. އެގޮތަށް ހުންނަ ރުއްގަހުގެ ސަބަބުން އާއްމުންނަށާއި އެއްގަމު އުޅަނދުތަކަށް ބޮޑެތި ގެއްލުންތައް ކުރިމަތިވުމުގެ ހާދިޘާތައް މާޒީގައިވެސް ހިނގާފައި އެބަހުއްޓެވެ.
ވީމާ، ސާފުނުކޮށް ހުރި މަގުތަކާއި ، ގެވަޅުތައް ސާފުކޮށް އަދި މަގުމައްޗަށްވާގޮތަށް ހުރި ގަސްތައް 10 ފޫޓަށްވުރެ ތިރިނުވާނެ ގޮތަށް ކޮށައި، މަގުމައްޗަށް ހިކިފަނާއި ކާށި ވެއްޓޭގޮތަށްހުރި ރުއްތައް މިއަދުން ފެށިގެން 7 ދުވަހުގެ ތެރޭގައި ސާފުކުރުމަށް ދަންނަވަމެވެ. ގެވަޅުސާފުކުރުމާއި މަގުމައްޗަށް ވާގޮތަށް ހުރި ރުއްގަސް ކޮށުމަށް އެދި މީގެ ކުރިންވެސް މިކައުންސިލުންވާނީ އާއްމުކޮށް އަންގާ އިއުލާން ކުރެވިފައެވެ. އެހެން ނަމަވެސް އެކަށީގެންވާ ތަރުހީބެއް ލިބިފައި ނުވާކަން ހިތާމަޔާއެކު ފާހަގަކުރަމެވެ. އަދި މިފަދަ ކަންކަން އިސްލާހްކުރުމުގައި ރައްޔިތުންގެ އެހީތެރިކަމާއި އެއްބާރުލެއްވުން ލިބިގެންދިއުމަކީ މިކައުންސިލުން އެދޭ ވަރަށް ބޮޑު އެދުމެއް ކަމުގައި ދެންނެވީމެވެ.
މިހެންވެ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.