ދިވެހިރާއްޖެ
މިހޮސްޕިޓަލުގެ އައި.ސީ.ޔޫ ވެއިޓިންގ އޭރިއާ ބޮޑުކުރުމަށްޓަކައި، ޢިމާރާތްކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު IU/PR/2014/58-ފ137 އިޢުލާނާ ގުޅިގެން އަންދާސީހިސާބު ހުށަހެޅުއްވުމަށް ވަޑައިގެންނެވީ ދެފަރާތުން ކަމަށްވާތީ، މިދެންނެވި އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދަންނަވާފައިވާ ގަޑިތަކަށް މިހޮސްޕިޓަލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށް ހަމަޖެހިފައިވާ ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެވާހަކަ ދެންނެވީމެވެ.
ތަން |
ގަޑި |
ތާރީޚު (ދުވަސް) |
ތަފުސީލު |
ކޮންފަރެންސް ހޯލް |
11:00 |
12 އޮކްޓޫބަރު 2014 (އާދީއްތަ) |
މަޢުލޫމާތު ސާފުކުރެއްވުމަށް |
ކޮންފަރެންސް ހޯލް |
14:00 |
16 އޮކްޓޫބަރު 2014 (ބުރާސްފަތި) |
އަންދާސީހިސާބު ހުށަހެޅުއްވުމަށް |
05 ޛުލްޙިއްޖާ 1435