ދިވެހިރާއްޖެ
މަކުނުދޫ ކައުންސިލްގެ ފުޓްސަލް ޗެލެންޖް ކަޕް 2022 އަށް ރެފްރީން ހޯދުމާއި ގުޅޭ
މަކުނުދޫ ކައުންސިލް ފުޓްސަލް މުބާރާތް 2022 ގައި ރެފްރީކަން ކޮށްދޭނެ 1 ރެފްރީ ހޯދަން ބޭނުންވެއްޖެއެވެ. ޝައުގުވެރިވާ ފަރާތްތަކުން 29 ޖޫން 2022 ވާ ބުދަ ދުވަހުގެ 09:00 ގެ ކުރިން ސިޓީއަކުން ނުވަތަ އީމެއިލް [email protected] މެދުވެރިކޮށް ރެފްރީކަމުގެ ލައިސަންސްގެ ކޮޕީއާއި، އައި.ޑީ.ކާޑު ކޮޕީއާއިއެކު ހުށަހެޅުއްވުން އެދެމެވެ.
ޝައުގުވެރިކަން ފާޅުކޮށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ހޮވޭ ފަރާތެއްގެ ޓްރާސްޕޯރޓް (ކަނޑު) އަދި ފުޑާއި އެކޮމޮޑޭޝަން ހަމަޖެހިގެން ދާނެއެވެ. އަދި މެޗް ބޯނަސްގެ ގޮތުގައި އޮފިޝަލްކަން ކުރާ ކޮންމެ މެޗަކަށް -/400ރ ހަމަޖެހިގެން ދާނެއެވެ. އަދި މެޗްތަކާއި ފައިނަލް މެޗާއި ދޭތެރޭގެ ހުސް ދުވަސް ދަކަށް ދުވާލަކަށް -/300ރ ގެ މަގުން ބޯނަސްއެއް ދެވޭނެއެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 9835643 ނަމްބަރާއި ގުޅުއްވުން އެދެމެވެ. އަދި މުބާރާތުގެ ޝެޑިއުލް މި އިޢުލާނާއެކު އެއްކަރުދާސްކުރީމެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.