ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)426-2A/426/2022/320
ޕަބްލިޝްކުރި ތާރީޚް: 27 ޖޫން 2022
ޕަބްލިޝްކުރި ގަޑި: 11:59
އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޢުލާން - ކަދުރު ބެހުމާއި ގުޅޭ

އިޢުލާން 

" ކަދުރު ބެހުމާއި ގުޅޭ "

1443 ވަނަ އަހަރު ސަރުކާރުން ދިވެހިރާއްޖޭގެ ރައްޔިތުންނަށް ބެހުމަށް ހަމަޖެހިފައިވާ ކަދުރު މިއޮފީހަށް ލިބުމާއި ގުޅިގެން ހިތަދޫއަވަށުގެ ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓަރީ ކުރެވިފައިވާ ކޮންމެ ގޭބިސީއަކަށް އިސްކަންދީގެން 1 ޕެކެޓް ކަދުރު ވަނީ މި މަހުގެ 21 އިން 23 އަށް ބަހާ ނިންމާފައެވެ. އެގޮތުން މިހާރު ހުރި ކަދުރު ޢާއްމުންނަށް ބަހާގޮތަށް ވަނީ ހަމަޖެހިފައެވެ. ކަދުރު ބެހުމަށް ހަމަޖެހިފައިވަނީ އެންމެ ކުރިން އަންނަ ފަރާތަކަށްދީ ހުސްކުރާ އުޞޫލުން ކޮންމެ ގެއަކަށް 1 ޕެކެޓްއެވެ. އެހެންކަމުން ތިރީގައި މިދަންނަވަނީ ކަދުރު ބެހުމަށް ހަމަޖެހިފައިވާ ދުވަސްތަކާއި ގަޑިތަކެވެ.

  • 28 ޖޫން 2022 ވާ (އަންގާރަ) ދުވަހުން ފެށިގެން 04 ޖުލައި 2022 ވާ (ހޯމަ) ދުވަހުގެ ނިޔަލަށެވެ.
  • ކަދުރު ބެހުމަށް ހަމަޖެހިފައިވަނީ ރަސްމީ ދުވަސްތަކުގެ 14:00 އިން 18:00 އަށެވެ.

ވީމާ، މި ގަޑިތަކުގައި ކަދުރާއި ޙަވާލުވުމަށް އައިޑީ ކާޑާއިއެކު ހިތަދޫ އަވަށު އޮފީހަށް ވަޑައިގެން ދެއްވުން އެދެމެވެ.

 27 ޛުލްޤަޢިދާ 1443

27 ޖޫން 2022

27 ޖޫން 2022