ދިވެހިރާއްޖެ
ފާހާނަ މަރާމަތު ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ:
ވެލާނާގެ 2 ވަނަ ފަންގިފިލާގައި މިއޮތޯރިޓީގެ ފާހާނަ މަރާމާތު ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.
ވީމާ، މިކަމާއިގުޅޭގޮތުން އިތުރު މައުލޫމާތު ބޭނުންފުޅުވެލައްވާ ފަރާތްތަކުން ތިރީގައި ބަޔާންކުރެވިފައިވާ ގަޑިއަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށްވެސް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ވާހަކަ ދެންނެވީމެވެ.
ތަފްޞީލް |
ތާރީޚް |
ގަޑި |
މައުލޫމާތު ދިނުން (އޮތޯރިޓީގެ (ވެލާނާގެ 2 ވަނަ ފަންގިފިލާ) މީޓީން ރޫމް) |
04 ޖުލައި 2022 ވާ ހޯމަ |
14:00 |
އަންދާސީ ހިސާބު ހުށަހެޅުން (އޮތޯރިޓީގެ (ވެލާނާގެ 2 ވަނަ ފަންގިފިލާ) މީޓިން ރޫމް) |
07 ޖުލައި 2022 ވާ ބުރާސްފަތި |
14:00 |
މިކަމާއި ގުޅޭ މަޢުލޫމާތު ކަރުދާހެއް މި އިޢުލާނާއި އެކު އެއްކަރުދާސް ކުރެވިފައި ވާނެއެވެ.
އިތުރު މަޢުލޫމާތު ބޭނުންވެލައްވާނަމަ ޓެލެފޯނު ނަންބަރު: 3027200 / 3027201 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ. ނުވަތަ މެއިލް އެޑްރެސް: [email protected] އަށް މެއިލް ކުރެއްވުންއެދެމެވެ.
28 ޖޫން 2022