ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)219-LS/1/2022/12
ޕަބްލިޝްކުރި ތާރީޚް: 28 ޖޫން 2022
ޕަބްލިޝްކުރި ގަޑި: 10:18
ސުންގަޑި:
28 ޖުލައި 2022 12:00
މޯލްޑިވްސް މީޑިއާ ކައުންސިލް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ޤާނޫނު ނަންބަރު 15/2008 (މޯލްޑިވްސް މީޑިއާ ކައުންސިލުގެ ޤާނޫނު) މުރާޖާކުރުމަށްފަހު އެކުލަވާލައިފައިވާ އިސްލާހުގެ ޑްރާފްޓް (މޯލްޑިވްސް މީޑިއާ ކޮމިޝަނުގެ ޤާނޫނުގެ ބިލު) އަށް ޢާންމުންގެ ކޮމެންޓަށް ހުޅުވާލުން
ޤާނޫނު ނަންބަރު 15/2008 (މޯލްޑިވްސް މީޑިއާ ކައުންސިލުގެ ޤާނޫނު) މުރާޖާކުރުމަށްފަހު އެކުލަވާލައިފައިވާ އިސްލާހުގެ ޑްރާފްޓް (މޯލްޑިވްސް މީޑިއާ ކޮމިޝަނުގެ ޤާނޫނުގެ ބިލު) އަށް ޢާންމުންގެ ޚިޔާލު ހޯދުމަށް މިއަދުން ފެށިގެން ހުޅުވާލަމެވެ.
ވީމާ، މި ބިލަށް އެއްވެސް ފަރާތެއްގެ ޚިޔާލެއް ނުވަތަ ކޮމެންޓެއް އޮތްނަމަ 28 ޖުލައި 2022 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން މޯލްޑިވްސް މީޑިއާ ކައުންސިލުގެ އީމެއިލް އެޑްރެސް[email protected] އަށް ނުވަތަ މޯލްޑިވްސް މީޑިއާ ކައުންސިލުގެ އިދާރާއަށް، މި އިއުލާނާއެކު ހިމަނާފައިވާ ފޯމެޓްގައި ފޮނުއްވައި ދެއްވުން އެދި ދެންނެވީމެވެ.
މިކަމާ ގުޅޭ އިތުރު މައުލޫމާތު، މިކައުންސިލުގެ 3003995/7967919 ނަންބަރު ފޯނުން ލިބޭނެއެވެ.
28 ذُوالْقَعْدَة 1443
28 ޖޫން 2022