ވަޒީފާގެ ފުރުޞަތު
ނަންބަރު: MNU-HR/2014/543
ޕަބްލިޝްކުރި ތާރީޚް: 25 ސެޕްޓެންބަރު 2014
ޕަބްލިޝްކުރި ގަޑި: 17:44
ސުންގަޑި: 02 އޮކްޓޫބަރު 2014 12:00
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ލެކްޗަރަރ

މަޤާމު:

ލެކްޗަރަރ

ބޭނުންވާ އަދަދު:

01

މުސާރަ:

މަހަކު 12,687.50 ރ

ޔުނިވަރސިޓީ އެލަވަންސް:

މަހަކު 5,437.50 ރ

އޮފީސް:

ސެންޓަރ ފޮރ މެރިޓައިމް ސްޓަޑީސް

ދާއިރާ

އެންޖިނިއަރިންގ / މެރިން

ރޭންކް:

2

 

މަޤާމުގެ ޝަރުޠު:

  • މޯލްޑިވްސް ނެޝަނަލް ކޮލިފިކޭޝަން ފްރޭމް ވޯރކްގެ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ގެ ސަނަދާއި ލެވެލް 9 ގެ ސަނަދެއް މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ލިބިފައިވުމާއެކު ސެޓުފިކެޓު އޮފް ކޮމްޕިޓެންސީ ލިބިފައިވުން ނުވަތަ،
  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއިން 10 އަހަރު ދުވަހު ތަޖުރިބާ ލިބިފައިވުމާއެކު، މޯލްޑިވްސް ނެޝަނަލް ކޮލިފިކޭޝަން ފްރޭމް ވޯރކްގެ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ލިބިފައިވުމާއެކު ސެޓުފިކެޓު އޮފް ކޮމްޕިޓެންސީ ލިބިފައިވުން.

 

 

ލެކްޗަރަރގެ މަޤާމަށް މީހަކު ނުލިބިއްޖެނަމަ، އެސޯސިއޭޓް ލެކްޗަރަރގެ މަޤާމަށް ފުރުޞަތު ހުޅުވާލަމެވެ.

މަޤާމު:

އެސޯސިއޭޓް ލެކްޗަރަރ

ބޭނުންވާ އަދަދު:

01

މުސާރަ:

މަހަކު 11,374.50 ރ

ޔުނިވަރސިޓީ އެލަވަންސް:

މަހަކު 4,874.74 ރ

އޮފީސް:

ސެންޓަރ ފޮރ މެރިޓައިމް ސްޓަޑީސް

ދާއިރާ

އެންޖިނިއަރިންގ / މެރިން

ރޭންކް:

1

                                                                                                                                                                                                                                                                                                                                                                                                            

މަޤާމުގެ ޝަރުޠު:

  • މޯލްޑިވްސް ނެޝަނަލް ކޮލިފިކޭޝަން ފްރޭމް ވޯރކްގެ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ގެ ސަނަދެއް މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ލިބިފައިވުމާއެކު ސެޓުފިކެޓު އޮފް ކޮމްޕިޓެންސީ ލިބިފައިވުން ނުވަތަ،
  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ލެވެލް 7 ގެ ސަނަދެއް ނެތި މޯލްޑިވްސް ނެޝަނަލް ކޮލިފިކޭޝަން ފްރޭމް ވޯރކްގެ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 8 ގެ ސަނަދެއް މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ލިބިފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއިން 8 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުމާއެކު ސެޓުފިކެޓު އޮފް ކޮމްޕިޓެންސީ ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  • ފައުންޑޭޝަން ކޯސްތަކާއި ސެޓުފިކެޓު އަދި ޑިޕްލޮމާ ފެންވަރުގެ ކޯސްތަކުގައި ކިޔަވައިދިނުން.
  • ޓިއުޓޯރިއަލް، އަމަލީ ކްލާސްތަކާއި ޑެމޮންސްޓްރޭޝަންތަކާއި ވާރކްޝޮޕްތަކާއި ދަރިވަރުންގެ ފީލްޑް ވިޒިޓްތައް ހިންގުމާއި ވިލަރެސް ކުރުން.
  • ދަރިވަރުންގެ އެސެސްމަންޓުތައް ވިލަރެސް ކުރުން.
  • ދަރިވަރުންނާއި ލެކްޗަރާއިންނާއި ބައްދަލުކޮށް މަޝްވަރާ ކުރުން.
  • ކޯސްތަކަށް ބޭނުންވާ ލާރނިންގ އަދި ޓީޗިންގ އެއިޑްސް ހޯދުމަށް އެދުމާއި ބެލެހެއްޓުމަށް އެހީތެރިވުން.
  • ކޯސް ކޯޑިނޭޓްކުރުން.
  • މަރުކަޒު އަދި ޑިޕާރޓްމަންޓުގެ ބައްދަލުވުންތަކުގައި ބައިވެރިވުމާއި ކޮމެޓީތަކުގައި ބައިވެރިވުން.
  • މެރިޓައިމް ރިސަރޗް މަސައްކަތް ކުރުން.
  • ފަންނީ ޙަރަކާތްތަކާއި ވޯރކްޝޮޕްތަކުގައި ބައިވެރިވުން.
  • ކޯސްތައް އިޝްތިހާރު ކުރުމާއި މަޢުލޫމާތު ފޯރުކޮށްދިނުމާއި ފެއަރތަކުގައި ބައިވެރިވުން.
  • މެރިޓައިމް އިންޑަސްޓްރީއަށް ބޭނުންވާ އައުކޯސްތައް އުފެއްދުން، މުރާޖަޢާ ކުރުން އަދި ހިންގުން.
  • މަރުކަޒުގެ ޔައުމިއްޔާ ލިޔުމަށް ބޭނުންވާ އެކަޑަމިކް ސެކްޝަނާ ބެހޭ މަޢުލޫމާތު ޔައުމިއްޔާ ލިޔާ މުވައްޒަފަށް ދުވަހުން ދުވަހަށް ދިނުން.
  • ސެންޓަރ ފޮރ މެރިޓައިމް ސްޓަޑީޒް ކުރިއެރުވުމަށްޓަކައި ހިންގާ އެކިއެކި ޕްރޮގުރާމުތައް ހިންގުމަށް އެހީތެރިވުން.
  • ސެންޓަރ ފޮރ މެރިޓައިމް ސްޓަޑީޒްގެ ލަނޑު ދަނޑި ހާސިލުކުރުމަށް އެއްބާރުލުމާއެކު މަސައްކަތް ކުރުން.
  • ތަޢުލީމީ ނިޒާމްގެ ތެރެއިން ޖީލްތަކަށް މެރިޓައިމް އިންޑަސްޓްރީ ކޯސްތައް ތަޢާރަފް ކުރުން.

އުޖޫރައާއި ޢިނާޔަތްތައް:

އިތުރުގަޑީ ގައި މަސައްކަތް ކުރާނަމަ އިތުރުގަޑީގެ ފައިސާ ހަމަޖެހިފައިވާ އުޞޫލުން ދެވޭނެއެވެ.

ވަޒީފާއަށް މީހުން ހޮވުމުގައި އިސްކަން ދެވޭނެކަންތައް

ޔުނިވަރސިޓީ ފެންވަރުގައި ކިޔަވައިދިނުމުގެ ތަޖުރިބާ ހޯދާފައިވާ ފަރާތްތަކަށް

 

 

 

 

ސިޓީއާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

  1. މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
  2. ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
  3. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓެވި ސުޕަވައިޒަރަކު އެ ފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓުތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ ސަނަދާއި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު)
  5. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

ނޯޓް:

  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް އަމަލެއް ނުކުރާނެއެވެ.
  • އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
  • އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަނުވާ އެޕްލިކޭޝަންތައް ބާޠިލު ވާނެއެވެ.
  • އިންޓަވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓު ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށްފަހުގައެވެ.

ސިޓީ ފޮނުވަންވީ ތާރީޚު:   

02 އޮކްޓޫބަރު 2014 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ/އިދާރީ މަރުކަޒަށް

އިތުރު މަޢުލޫމާތު:

  • މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3345409 ނަންބަރު ފޯނާއެވެ.
  • މި މަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސް ދުވަސް ބެލެވޭނީ ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މި މުއްދަތުގެ ތެރޭގައި މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، ވަޒީފާގެ އެއްބަސްވުން އެއްވެސް ނޯޓިހެއް ދިނުމަކާނުލައި، އުވާލައި މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
25 ސެޕްޓެންބަރު 2014