މަސައްކަތް
ނަންބަރު: (IUL)384-A/2022/60
ޕަބްލިޝްކުރި ތާރީޚް: 27 ޖޫން 2022
ޕަބްލިޝްކުރި ގަޑި: 14:21
ސުންގަޑި:
04 ޖުލައި 2022 11:00
ކޮޅުމަޑުލު މަޑިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
''މަޑިފުށީ ކައުންސިލް ފުޓްސަލް ޗެލެންޖް 2022'' މުބާރާތާއި ގުޅޭ
"މަޑިފުށި ކައުންސިލް ފުޓްސަލް ޗެލެންޖް 2022 " މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތު، މުބާރާތް ނިންމުމުގެ ރަސްމިއްޔާތު އަދި މުބާރާތުގެ މެޗްތައް ލައިވްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ ''މަޑިފުށި ކައުންސިލް ފުޓްސަލް ޗެލެންޖް 2022'' މިމުބާރާތުގެ މަތީގައިވާ ކަންކަން ކޮށްދިނުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 04 ޖުލައި 2022ވާ ހޯމަ ދުވަހުގެ 11.00ށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށްފަހު 06 ޖުލައި 2022ވާ ބުދަ ދުވަހުގެ 11:00އަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6780034 މިނަމްބަރަށެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
27 ޖޫން 2022