ވަޒީފާގެ ފުރުޞަތު
ނަންބަރު: MTCC-HR/IU/2014/149
ޕަބްލިޝްކުރި ތާރީޚް: 22 ސެޕްޓެންބަރު 2014
ޕަބްލިޝްކުރި ގަޑި: 17:28
ސުންގަޑި: 30 ސެޕްޓެންބަރު 2014 15:00
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މުވައްޒަފުން ބޭނުންވެއްޖެ:

       މިކުންފުނީގެ ތިރީގައި މިދަންނަވާ މަޤާމުތަކަށް ހީވާގި، މަސައްކަތަށް ޝައުޤުވެރިކަން ހުންނަ ދިވެހި މުވައްޒަފުން ބޭނުންވެއެވެ.

 

މަޤާމު: ސީނިއަރ ޕަބްލިކް ރިލޭޝަންސް އޮފިސަރ

ބޭނުންވާ އަދަދު: 01

ވަޒީފާގެ ބާވަތް: ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓުގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރުގެ ނަތީޖާއަށް ބެލުމަށްފަހު)  

ސެކްޝަން: އެގްޒެކަޓިވް ބިއުރޯ

އަސާސީ މުސާރަ ރޭންޖް: 6600.00 ރ - 8470.00 ރ.

ސާރވިސް އެލަވަންސް: 2000.00 ރ.

އެހެނިހެން އެލަވަންސް/އިނާޔަތް : އިތުރުގަޑީގެ ފައިސާ/އެޑިއުކޭޝަނަލް އެލަވަންސް /ރިޓަޔަރމަންޓް ޕެންޝަން ސްކީމް/މެޑިކަލް އިންޝޫރެންސް

މަސައްކަތް ކުރަންޖެހޭ ތަން: އެގްޒެކަޓިވް ބިއުރޯ/އެމް.ޓީ.ސީ.ސީ ޓަވަރ

ޝަރުޠު                     

- ބެޗްލަރސް ޑިގްރީ އިން މާސް ކޮމިއުނިކޭޝަން ނުވަތަ މަޤާމުގެ މަސްއޫލިއްޔަތު އުފުލުމަށް ބޭނުންވާ ފަދަ ދާއިރާއަކުން ޑިގްރީއެއް ހާސިލުކޮށްފައި ވުމާއެކު މި ދާއިރާގައި 1 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ހާސިލުކޮށްފައިވުން، ނުވަތަ

- ޑިޕްލޮމާ އިން މާސް ކޮމިއުނިކޭޝަން ނުވަތަ މަޤާމުގެ މަސްއޫލިއްޔަތު އުފުލުމަށް ބޭނުންވާ ފަދަ ދާއިރާއަކުން ޑިޕްލޮމާއެއް ހާސިލުކޮށްފައި ވުމާއެކު މި ދާއިރާގައި 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ހާސިލުކޮށްފައިވުން.

- އިނގިރޭސި އަދި ދިވެހި ބަހުން ފުރިހަމައަށް މުއާމަލާތު ކުރުމުގެ ހުނަރު އަދި މީޑިއާ ރިލީސާއި އާރޓިކަލްސްތައް ލިޔުމުގެ ހުނަރު ލިބިފައިވުން.

- މައިކްރޮސޮފްޓް އޮފީސް ޕެކޭޖްތަކަށް ފަރިތަވުން މީގެ އިތުރުން އިންޓަރނެޓް އަދި ސޯޝަލް ނެޓްވާރކިންގެ ޕްލެޓްފޯމު ތަކަށް އަހުލުވެރިވެފައިވުން.

- ދިވެހިރާއްޖޭގެ މީޑިއާ އަދި މީޑިއާ ޕްރޮމޯޝަންސް ގެ މަޢުލޫމާތު ލިބިފައި ހުރުން އަދި މިކަންކަމަށް ޝައުޤުވެރިކަން ހުރުން.

- އޮފީސް މަސައްކަތް ކުރުމުގެ ހުނަރާއި ޑެޑްލައިނަށް ކަންކަން ނިންމައި އަދި ގިނަ ކަންތައްތައް އެއްފަހަރާ ކުރިއަށް ގެންދިޔުމުގެ ޤާބިލުކަމާއި ހުނަރު ލިބިފައިވުން.

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް : ކުންފުނީގެ މީޑިއާ ރެޕްރެސެންޓޭޓަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވުން. ވަޒީފާގައި ކުރަންޖެހޭ މަސައްކަތުގެ ތަފްސީލު ޓާރމްސް އޮފް ރެފަރެންސް ގައި ބަޔާން ކުރެވިފައި ވާނެއެވެ. މި މަޤާމުގެ ޓާރމްސް އޮފް ރެފަރެންސް ހިއުމަން ރިސޯސަސް ޑިޕާރޓްމަންޓުން ލިބިލައްވާނެއެވެ.

 

މަޤާމު: އެސިސްޓަންޓް މެޓީރިއަލް މެނޭޖްމަންޓް އޮފިސަރ

ބޭނުންވާ އަދަދު: 01

ވަޒީފާގެ ބާވަތް: ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓުގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރުގެ ނަތީޖާއަށް ބެލުމަށްފަހު)

ސެކްޝަން: ޕްރޮކިއޯރމަންޓް ޑިޕާރޓްމަންޓް

ޢަސާސީ މުސާރަ: 4400.00ރ. – 5370.00ރ.

ސަރވިސް އެލަވަންސް: 1000.00ރ.

އެހެނިހެން އެލަވަންސް/އިނާޔަތް : އިތުރުގަޑީގެ ފައިސާ / ރިޓަޔަރމަންޓް ޕެންޝަން ސްކީމް/ މެޑިކަލް އިންޝޫރަންސް

މަސައްކަތް ކުރަންޖެހޭ ތަން: ޕްރޮކިއޯރމަންޓް ޑިޕާރޓްމަންޓް/ހ.ސޯމިލް

ޝަރުތު                     

- ޖީ.ސީ.އީ އޭލެވެލް (އިނގިރޭސި އަދި އެކައުންޓްސް އިން ފާސްވެފައިވުން) އާއެކު 1 އަހަރު މަސައްކަތުގެ ތަޖުރިބާ މި ދާއިރާއިން ލިބިފައިވުން ނުވަތަ

- ޖީ.ސީ.އީ އޯލެވެލް (އިނގިރޭސި އަދި އެކައުންޓްސް އިން ފާސްވެފައިވުން) އާއެކު 2 އަހަރު މަސައްކަތުގެ ތަޖުރިބާ މި ދާއިރާއިން ލިބިފައިވުން

- މި މަސައްކަތް ކުރުމުގެ ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަންދެވޭނެ.

- އިނގިރޭސީ އަދި ދިވެހި ބަހުން ފުރިހަމައަށް މުޢާމަލާތު ކުރުމުގެ ހުނަރު ލިބިފައިވުން.

- މައިކްރޮސޮފްޓް އެކްސެލް އަދި އޮފިސް ޕެކޭޖްތަކަށް ފަރިތަވުން.

އޮފީސް މަސައްކަތް ކުރުމުގެ ހުނަރު އަދި ގިނަ ކަންތައްތައް އެއްފަހަރާ ކުރިއަށް ގެންދިޔުމުގެ ޤާބިލުކަން އަދި ޓީމެއްގައި މަސައްކަތް ކުރުމުގެ ހުނަރު ލިބިފައިވުން.

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް : ކުންފުނީގައި ކަނޑައެޅިފައިވާ އުސޫލާ އެއްގޮތަށް ސަޕްލައިއަށް ބޭނުންވާ ތަކެތި ހޯދުމުގައި ކުރަންޖެހޭ އެންމެހާ ކަންތައް ކުރުމާއި މިކަމާ ބޭހޭ އިދާރީ ލިޔެކިޔުންތައް ފުރިހަމައަށް ބެލެހެއްޓުން

 

މަޤާމު: އެސިސްޓަންޓް އޮޕަރޭޝަންސް އޮފިސަރ

ބޭނުންވާ އަދަދު: 01    

ވަޒީފާގެ ބާވަތް: ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓުގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރުގެ ނަތީޖާއަށް ބެލުމަށްފަހު)  

ޑިޕާރޓްމަންޓް: ޓްރާންސްޕޯރޓް ފޯރ މޯލްޑިވްސް

ޢަސާސީ މުސާރަ: 4400.00ރ.

ސަރވިސް އެލަވަންސް: 1000.00ރ.

އެހެނިހެން އެލަވަންސް/އިނާޔަތް : އިތުރުގަޑީގެ ފައިސާ، ރިޓަޔަމަންޓް ޕެންޝަން ސްކީމް، މެޑިކަލް އިންޝޫރަނސް

މަސައްކަތް ކުރަންޖެހޭ ތަން: ހުޅުމާލެ/މާލެ  ނުވަތަ ވިލިނގިލި/މާލެ ފެރީ ޓަރމިނަލް -  ޓްރާންސްޕޯރޓް ފޯރ މޯލްޑިވްސް

ޝަރުޠު                           

- ޖީ.ސީ.އީ އޯލެވެލް (03 މާއްދާއިން ފާސްވެފައިވުން)

- މި މަޤާމުގެ މަސްއޫލިއްޔަތު އުފުލުމަށް ބޭނުންވާ ފަދަ ދާއިރާއަކުން ތަޖުރިބާ އަދި ޤާބިލުކަންހުރި ފަރާތްތަކަށް އިސްކަންދެވޭނެ.      

- މައިކްރޮސޮފްޓް އޮފީސް ޕެކޭޖްތަކަށް ފަރިތަވުން.

- ކަސްޓަމަރުންނަށް އިހުތިރާމާއެކު މުޢާމަލާތު ކުރުމުގެ ހުނަރު ލިބިފައިވުން.

- މަސައްކަތަށް ޝައުޤުވެރިކަން ހުރުމާއެކު ހީވާގި ކަމާއެކު މަސައްކަތްކުރާ ޞިއްޙަތު ރަނގަޅު މީހަކު ކަމުގައިވުން.    

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް: އޮޕަރޭޝަނުން އަންގާ ގޮތުގެ މަތިން އޮޕަރޭޝަންސްގެ އެންމެހާ މަސައްކަތް ކުރުން އަދި މިކަމާ ބެހޭ ލިޔެކިޔުން ބެލެހެއްޓުން.

 

މަޤާމު:  އެސިސްޓަންޓް ސޭލްސް އޮފިސަރ

ބޭނުންވާ އަދަދު: 01    

ވަޒީފާގެ ބާވަތް: ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓުގެގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރުގެ ނަތީޖާއަށް ބެލުމަށްފަހު)  

ޑިޕާރޓްމަންޓް: ސޭލްސް އެންޑް މާރކެޓިންގް ޑިޕާރޓްމަންޓް

ޢަސާސީ މުސާރަ: 4400.00ރ. – 5370.00ރ.

ސަރވިސް އެލަވަންސް: 1000.00ރ.

އެހެނިހެން އެލަވަންސް/އިނާޔަތް : އިތުރުގަޑީގެ ފައިސާ، ރިޓަޔަމަންޓް ޕެންޝަން ސްކީމް، މެޑިކަލް އިންޝޫރަންސް

މަސައްކަތް ކުރަންޖެހޭ ތަން: ސޭލްސް އެންޑް މާރކެޓިންގް ޑިޕާރޓްމަންޓް/ހ.ސޯމިލް

ޝަރުޠު                    

- ޖީ.ސީ.އީ އޭލެވެލް އާއެކު 1 އަހަރު މަސައްކަތުގެ ތަޖުރިބާ މި ދާއިރާއިން ލިބިފައިވުން ނުވަތަ

- ޖީ.ސީ.އީ އޯލެވެލް އާއެކު 2 އަހަރު މަސައްކަތުގެ ތަޖުރިބާ މި ދާއިރާއިން ލިބިފައިވުން

- މި މަޤާމުގެ މަސްއޫލިއްޔަތު އުފުލުމަށް ބޭނުންވާ ފަދަ ދާއިރާއަކުން ތަޖުރިބާ އަދި ޤާބިލުކަންހުރި ފަރާތްތަކަށް އިސްކަންދެވޭނެ.      

- މައިކްރޮސޮފްޓް އޮފީސް ޕެކޭޖްތަކަށް ފަރިތަވުން.

- ކަސްޓަމަރުންނަށް އިހުތިރާމާއެކު މުޢާމަލާތު ކުރުމުގެ ހުނަރު ލިބިފައިވުން.

- މަސައްކަތަށް ޝައުޤުވެރިކަން ހުރުމާއެކު ހީވާގި ކަމާއެކު މަސައްކަތްކުރާ ޞިއްޙަތު ރަނގަޅު މީހަކު ކަމުގައިވުން.    

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް:ޑިޕާރޓްމަންޓުގެ ސޭލްސްގެ އެންމެހާ މަސައްކަތް ކުރުން؛ ކަސްޓަމަރުންނަށް ޕްރޮޑަކްޓުތަކުގެ މަޢުލޫމާތު ފޯރޮކޮށް ދިނުން އަދި ފަރުވާތެރިކަމާއެކު ދުވަހުން ދުވަހަށް ލިބޭ ސޭލްސް ބެލެހެއްޓުން. 

 

މަޤާމު: އެސިސްޓަންޓް ސޭލްސް އޮފިސަރ

ބޭނުންވާ އަދަދު: 01    

ވަޒީފާގެ ބާވަތް: ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓުގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރުގެ ނަތީޖާއަށް ބެލުމަށްފަހު)  

ޑިޕާރޓްމަންޓް: ޓްރާންސްޕޯރޓް ފޯރ މޯލްޑިވްސް

އަސާސީ މުސާރަ: 4400.00ރ.

ސަރވިސް އެލަވަންސް: 1000.00ރ.

އެހެނިހެން އެލަވަންސް/އިނާޔަތް : އިތުރުގަޑީގެ ފައިސާ، ރިޓަޔަމަންޓް ޕެންޝަން ސްކީމް، މެޑިކަލް އިންޝޫރަންސް

މަސައްކަތް ކުރަންޖެހޭ ތަން: ހުޅުމާލެ/މާލެ ނުވަތަ ވިލިނގިލި/މާލެ ފެރީ ޓަރމިނަލް -  ޓްރާންސްޕޯރޓް ފޯރ މޯލްޑިވްސް

ޝަރުޠު                    

- ޖީ.ސީ.އީ އޯލެވެލް (ހިސާބު ނުވަތަ އެކައުންޓްސް އިން ފާސްވެފައިވުން)

- މި މަޤާމުގެ މަސްޢޫލިއްޔަތު އުފުލުމަށް ބޭނުންވާ ފަދަ ދާއިރާއަކުން ތަޖުރިބާ އަދި ޤާބިލުކަންހުރި ފަރާތްތަކަށް އިސްކަންދެވޭނެ.      

- މައިކްރޮސޮފްޓް އޮފީސް ޕެކޭޖްތަކަށް ފަރިތަވުން.

- ކަސްޓަމަރުންނަށް އިހުތިރާމާއެކު މުޢާމަލާތު ކުރުމުގެ ހުނަރު ލިބިފައިވުން.

މަސައްކަތަށް ޝައުޤުވެރިކަން ހުރުމާއެކު ހީވާގި ކަމާއެކު މަސައްކަތްކުރާ ޞިއްޙަތު ރަނގަޅު މީހަކު ކަމުގައިވުން.    

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް: އޮޕަރޭޝަނުން އަންގާ ގޮތުގެ މަތިން ފެރީ ޓިކެޓުތަށް އިޝޫކޮށް، ކަސްޓަމަރުންނަށް ފެރީ ޓިކެޓާބެހޭ ޚިދުމަތް ފޯރޮކޮށްދިނުން އަދި ފަރުވާތެރިކަމާއެކު ދުވަހުން ދުވަހަށް ލިބޭ ސޭލްސް ބެލެހެއްޓުން.

   

މަޤާމު:ފޯރކްލިފްޓް އޮޕަރޭޓަރ

ބޭނުންވާ އަދަދު: 01

ވަޒީފާގެ ބާވަތް: ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓުގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރުގެ ނަތީޖާއަށް ބެލުމަށްފަހު)  

ޑިޕާރޓްމަންޓް: ސޭލްސް އެންޑް މާކެޓިންގ ޑިޕާރޓްމަންޓް

ޢަސާސީ މުސާރަ: 4400.00 ރ - 5370.00ރ.

ސަރވިސް އެލަވަންސް: 1000.00ރ.

އެހެނިހެން އެލަވަންސް/އިނާޔަތް : އިތުރުގަޑީގެ ފާއިސާ / އެޑިއުކޭޝަން އެލަވަންސް/ރިޓަޔަމަންޓް ޕެންޝަން ސްކީމް

މަސައްކަތް ކުރަންޖެހޭ ތަން: ސޭލްސް އެންޑް މާކެޓިންގ ޑިޕާރޓްމަންޓް/އެމްޓީ.ސީ.ސީ ސޯމިލް

ޝަރުޠު                     

- ފޯރކްލިފްޓް އޮޕަރޭޓު ކުރުމުގެ ލައިސަންސް ލިބިފައިވުން.

- ގިނަ ކަންތައްތައް އެއްފަހަރާ ކުރިއަށް ގެންދިޔުމުގެ ޤާބިލުކަން އަދި ޓީމެއްގައި މަސައްކަތް ކުރުމުގެ ހުނަރު ލިބިފައިވުން.

- މަސައްކަތަށް ޝައުޤުވެރިކަން ހުރުމާއެކު ހީވާގި ކަމާއެކު މަސައްކަތްކުރާ ޞިއްޙަތު ރަނގަޅު މީހަކު ކަމުގައިވުން.    

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް : ޓްރާންސްޕޯޓުގެ ގަވާއިދާ އެއްގޮތަށް ޑިޕާރޓްމަންޓުގެ މުދާ އަރުވައި ބޭލުމުގެ މަސައްކަތުގައި ފޯކްލިފްޓް އޮޕަރޭޓްކުރުން އަދި ވެހިކަލްގެ މެއިންޓެނަންސް މަސައްކަތް އަދި ސާފުކޮށް ވެހިކަލް ބެލެހެއްޓުން.

 

މަޤާމު: އޮޕަރޭޓަރ

ބޭނުންވާ އަދަދު: 03    

ވަޒީފާގެ ބާވަތް:ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓުގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރުގެ ނަތީޖާއަށް ބެލުމަށްފަހު)    

ޑިޕާރޓްމަންޓް: ޓްރާންސްޕޯރޓް ފޯރ މޯލްޑިވްސް

އަސާސީ މުސާރަ ރޭންޖް: 4400.00ރ. 

ސަރވިސް އެލަވަންސް: 1000.00ރ.

އެހެނިހެން އެލަވަންސް: އިތުރުގަޑީގެ ފައިސާ، ޓްރިޕް އެލަވަންސް، ރިޓަޔަރމަންޓް ޕެންޝަން ސްކީމް، މެޑިކަލް އިންޝޫރަންސް

މަސައްކަތް ކުރަންޖެހޭ ތަން: ކުންފުނިން ކަނޑައަޅާ އުޅަނދެއްގައި

ޝަރުޠު:                  

- ފެރީ/ދޯނި ފަހަރު ދުއްވުމުގެ ލައިސަންސް ލިބިފައިވުން. (ލައިސަންސް C, E, F  ކެޓަގަރީ)

- ކަނޑުމަތީ މަސައްކަތުގައި ގިނަވަގުތު އުޅެވޭ ފަތަންދަންނަ މީހަކު ކަމުގައިވުން.

- އޮޕަރޭޓަރ މަސައްކަތުގައި ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ.

- ކަސްޓަމަރުންނަށް އިހުތިރާމާއެކު މުޢާމަލާތު ކުރުމުގެ ހުނަރު ލިބިފައިވުން.

- މަސައްކަތަށް ޝައުޤުވެރިކަން ހުރުމާއެކު ހީވާގި ކަމާއެކު މަސައްކަތްކުރާ ޞިއްޙަތު ރަނގަޅު މީހަކު ކަމުގައިވުން.    

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް : ކުންފުނީގެ ކަނޑައަޅާ އުޅަނދެއްގެ އިސް މީހެއްގެ ގޮތުގެ ޒިންމާނަގައި، ކުންފުނިން އަންގާ ޝެޑިއުލާ އެއްގޮތަށް ފަޅުވެރިންނާއި، ޕެސެންޖަރުންނާއި މުދަލާއި އުޅަނދުގެ ސަލާމަތްތެރިކަމާއެކު ދަތުރުކުރުން.

 

މަޤާމު:  ބަސް ކޮންޑަކްޓަރ

ބޭނުންވާ އަދަދު: 01

ޑިޕާރޓްމަންޓް: ޓްރާންސްޕޯރޓް ފޯރ މޯލްޑިވްސް

އަސާސީ މުސާރަ: 3850.00ރ.

ސާރވިސް އެލަވަންސް: 1000.00ރ.

އެހެނިހެން އެލަވަންސް/އިނާޔަތް : އިތުރުގަޑީގެ ފައިސާ /ރިޓަޔަމަންޓް ޕެންޝަން ސްކީމް/މެޑިކަލް އިންޝޫރަންސް

މަސައްކަތް ކުރަންޖެހޭ ތަން: ހުޅުމާލެ ބަސް ސަރވިސް/ ޓްރާންސްޕޯރޓް ފޯރ މޯލްޑިވްސް

ޝަރުޠު                    

- ގްރޭޑް 10 ގެ ފެންވަރު (ހިސާބު ނުވަތަ އެކައުންޓްސް ފާސްވެފައިވުން)

- ފައިސާއާއި މުޢާމަލާތު ކުރުމުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ.

- މަސައްކަތަށް ޝައުޤުވެރިކަން ހުރުމާއެކު ހީވާގި ކަމާއެކު މަސައްކަތްކުރާ ޞިއްޙަތު ރަނގަޅު މީހަކު ކަމުގައިވުން.    

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް : އޮޕަރޭޝަނުން އަދި އޮޕަރޭޓަރ އަންގާ ގޮތުގެ މަތިން ދަތުރުގެ އެންމެހާ ކަންތައް ބަލަހައްޓައި ފަސިންޖަރުންގެ ޓިކެޓް ކަންތައް ބެލެހެއްޓުން މީގެ އިތުރުން ބަސް ސާފުތާހިރުކޮށް ބެލެހެއްޓުން.   

 

މަޤާމު: ސެކިއުރިޓީ އޮފިސަރ

ބޭނުންވާ އަދަދު: 05

ވަޒީފާގެ ބާވަތް:ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓުގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރުގެ ނަތީޖާއަށް ބެލުމަށްފަހު)  

ޑިޕާރޓްމަންޓް: ޓްރާންސްޕޯރޓް ފޯރ މޯލްޑިވްސް

މުސާރަ: 3850.00ރ.

ސަރވިސް އެލަވަންސް: 1000.00ރ.

އެހެނިހެން އެލަވަންސް/އިނާޔަތް: އިތުރުގަޑީގެ ފައިސާ، ރިޓަޔަރމަންޓް ޕެންޝަން ސްކީމް،މެޑިކަލް އިންޝޫރަންސް

މަސައްކަތް ކުރަންޖެހޭ ތަން: ހުޅުމާލެ/މާލެ ނުވަތަ ވިލިނގިލި/މާލެ ފެރީ ޓަރމިނަލް- ޓްރާންސްޕޯރޓް ފޯރ މޯލްޑިވްސް

ޝަރުޠު                     

- ގްރޭޑް 10 ގެ ފެންވަރު

- މި މަޤާމުގެ މަސްއޫލިއްޔަތު އުފުލުމަށް ބޭނުންވާ ފަދަ ދާއިރާއަކުން ތަޖުރިބާ އަދި ޤާބިލުކަންހުރި ފަރާތްތަކަށް އިސްކަންދެވޭނެ.      

- ކަސްޓަމަރުންނަށް އިޙުތިރާމާއެކު މުޢާމަލާތު ކުރުމުގެ ހުނަރު ލިބިފައިވުން.

- މަސައްކަތަށް ޝައުޤުވެރިކަން ހުރުމާއެކު ހީވާގި ކަމާއެކު މަސައްކަތްކުރާ ޞިއްޙަތު ރަނގަޅު މީހަކު ކަމުގައިވުން.

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް : ކުންފުނީގެ ފެރީ ޓާރމިނަލް ތަކުގެ ސެކިއުރިޓީ ބެލެހެއްޓުމާއި އަދި މިފަދަ ތަންތަނުގެ ޚިދުމަތް ހޯދާ ފަރާތްތަކަށް އެންމެ އެދެވޭ ގޮތަކަށް އެހީތެރިވުން. 

 

މަޤާމު: ކްރޫ

ވަޒީފާގެ ބާވަތް:ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓުގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރުގެ ނަތީޖާއަށް ބެލުމަށްފަހު)  

ބޭނުންވާ އަދަދު: 03

ޑިޕާރޓްމަންޓް: ޓްރާންސްޕޯރޓް ފޯރ މޯލްޑިވްސް

ޢަސާސީ މުސާރަ: 3850.00ރ.

ސަރވިސް އެލަވަންސް: 1000.00ރ

އެހެނިހެން އެލަވަންސް/އިނާޔަތް :  އިތުރުގަޑީގެ ފައިސާ، ޓްރިޕް އެލަވަންސް، ރިޓަޔަމަންޓް ޕެންޝަން ސްކީމް، މެޑިކަލް އިންޝޫރަންސް

މަސައްކަތް ކުރަންޖެހޭ ތަން: ޓްރާންސްޕޯރޓް ފޯރ މޯލްޑިވްސް (ފެރީ /ލޯންޗްތަކުގައި)

ޝަރުޠު                     

- އަސާސީ ތަޢުލީމީ ފެންވަރު

- ފަތަންދަންނަ ކަނޑުމަތީގައި ގިނަވަގުތު މަސައްކަތުގައި އުޅެވޭ މީހަކު ކަމުގައިވުން.

- ކަސްޓަމަރުންނަށް އިޙުތިރާމާއެކު މުޢާމަލާތު ކުރުމުގެ ހުނަރު ލިބިފައިވުން.

- މަސައްކަތަށް ޝައުޤުވެރިކަން ހުރުމާއެކު ހީވާގި ކަމާއެކު މަސައްކަތްކުރާ ޞިއްޙަތު ރަނގަޅު މީހަކު ކަމުގައިވުން.   

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް : ކަނޑުގައި ދުއްވާ އުޅަނދުފަހަރަށް ހެދިފައިވާ ގަވާއިދާއި އުސޫލުތަކުގެ މަތިން ކުންފުނީގެ އުޅަނދުފަހަރު ދުއްވުމުގައި އެ އުޅަނދެއްގެ އޮޕަރޭޓަރާއި ޕެސެންޖަރުންނަށް އެހީތެރިވުމާއި އެއްބާރުލުން ދިނުން އަދި އުޅަނދު ސާފުތާހިރުކޮށް ބެލެހެއްޓުން.

 

      ވީމާ، މި މަޤާމުތަކަށް އެދިވަޑައިގަންނަވާ ފަރާތްތަކުން 30 ސެޕްޓެންބަރު 2014 ވަނަ ދުވަހުގެ 15:00 ގެ ކުރިން އެމް.ޓީ.ސީ.ސީ ހެޑް އޮފީހަށް "ޖޮބް އެޕްލިކޭޝަން ފޯމު" ފުރިހަމަ ކުރެއްވުމަށްފަހު، ފޯމާއެކު ލިބިވަޑައިގެންފައިވާ ސެޓުފިކެޓުތަކުގެ އަސްލާ އެއްގޮތް ކޮޕީ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ އަދި ޕާސްޕޯރޓް ސައިޒްގެ ފޮޓޯއެއް ހުށެހެޅުއްވުން އެދެމެވެ. މި ތަކެތި ފެކްސް އަދި އީމެއިލް އިންވެސް ޤަބޫލު ކުރެވޭނެއެވެ. މި ފޯމު ކުންފުނީގެ ހިއުމަން ރިސޯރސަސް ޑިޕާރޓްމަންޓުން ލިބެން ހުންނާނެއެވެ. އަދި ކުންފުނީގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވޭނެއެވެ.

 

ފެކްސް ނަންބަރު: 3221 332

އީމެއިލް:[email protected]

 

ނޯޓް:

  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިނުވާ ސެޓުފިކެޓު ހުށަހަޅާފައިވާނަމަ، އިންޓަވިއުއަށް ހާޒިރުވާންވާނީ ސެޓުފިކެޓުތަކުގެ އަސްލާ އެކުގައެވެ.)
  • މި މަޤާމަށް މުވައްޒަފުން ހޮވާނީ ތަޢުލީމީ ސެޓުފިކެޓުތަކާއި މަސައްކަތު ތަޖުރިބާ އަދި އިންޓަވިއުއަށް ބަލައި އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކަށެވެ.
  • އިންޓަވިއު އަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓު ކުރެވޭ ފަރާތްތަކަށެވެ.
  • ވަޒީފާ ހަމަޖެއްސުމުގައި ކުށުގެ ރިކޯޑަށް ބަލާނެއެވެ.

27 ޛުލްޤަޢިދާ 1435

22 ސެޕްޓެންބަރު 2014