ވަޒީފާގެ ފުރުޞަތު
ނަންބަރު: MTCC-HR/IU/2014/148
ޕަބްލިޝްކުރި ތާރީޚް: 23 ސެޕްޓެންބަރު 2014
ޕަބްލިޝްކުރި ގަޑި: 17:27
ސުންގަޑި: 30 ސެޕްޓެންބަރު 2014 15:00
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މުވައްޒަފުން ބޭނުންވެއްޖެ:

      މިކުންފުނީގެ ކޮންސްޓްރަކްޝަން އެންޑް ޕްރޮޖެކްޓްސް ޑިޕާރޓްމަންޓުގެ ތިރީގައި މިދަންނަވާ މަޤާމުތަކަށް މަސައްކަތަށް ޝައުޤުވެރިކަން ހުރުމާއެކު ހީވާގި ކަމާއެކު މަސައްކަތްކުރާ ޞިއްޙަތު ރަނގަޅު ދިވެހި މުވައްޒަފުން ބޭނުންވެއެވެ.

#

މަޤާމު

 

ޝަރުޠު

މުސާރަ

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް :

1

އެސިސްޓަންޓް ސުޕަވައިޒަރ

05

  • ޑިޕްލޮމާ އިން ކޮންސްޓްރަކްޝަން މެނޭޖްމަންޓް ނުވަތަ މިފަދަ ދާއިރާއެއްގައި މަސައްކަތް ކޮށްފައިވުން.     
  • 4-5 އަހަރު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން އަދި ގާބިލްކަން ހުރުން.  

4400.00ރ. އިން 5690.00 ރ.

ސައިޓުގައި މަސައްކަތް ހިނގަމުންދާ ގޮތް ބެލެހެއްޓުމާއި މިކަންކަމުގެ ލިޔެކިޔުމާއި ރިޕޯޓު ތައްޔާރުކުރުން. އަދި މިކަންކަމުގައި އަމަލީ ގޮތުން ބައިވެރިވުން.

2

އެސިސްޓަންޓް ސައިޓް އޮފިސަރ

23

  • ޖީ.ސީ.އީ އޭލެވެލް އާއެކު މިފަދަ ދާއިރާއަކުން 1 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ހާސިލުކޮށްފައިވުން ނުވަތަ
  • ޖީ.ސީ.އީ އޯލެވެލް އާއެކު މިފަދަ ދާއިރާއަކުން 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ހާސިލްކޮށްފައިވުން.

 4400.00ރ. އިން 5050.00 ރ.

ސައިޓުގެ އެންމެހާ އިދާރީ މަސައްކަތް ކުރުން މިކަންކަމުގެ ލިޔެކިޔުން ބެލެހެއްޓުމާއި ރިޕޯޓު ތައްޔާރުކުރުން.

3

ޑްރެޖް މެކޭނިކް

03

  • ޑިޕްލޮމާ/އެޑްވާންސްޑް ސެޓުފިކެޓު އިން ހައިޑްރޯލިކް އިންޖިނިއަރިންގ.
  • ހައިޑްރޯލިކް އިންޖީން މަރާމާތު ކުރުމުގެ ތަޖުރިބާ ލިބިފައިވުން.

 

ދެ ފަރާތް އެއްބަސްވާ ގޮތުގެ މަތިން.

ޑްރެޖަރުގެ މެކޭނިކަލް މަރާމާތުގެ އެންމެހާ ކަންތައް ހިންގައި، ރާވައި އަދި ދުވަހުން ދުވަހަށް މި މަސައްކަތުގެ ކަންކަން ބަލަހައްޓައި މި މަސައްކަތުގައި އަމަލީ ގޮތުން ބައިވެރިވެ ކުރުން.

 

4

ޑްރެޖް އޮޕަރޭޓަރ

01

  • ޑްރެޖް އޮޕަރޭޓް ކުރުމުގެ ތަޖުރިބާ

 

4400.00ރ. އިން 5370.00 ރ.

އޮޕަރޭޝަނުން އަންގާ ގޮތުގެ މަތިން ޑްރެޖަރ އޮޕަރޭޓް ކުރުމާއި އަދި ޓްރާސްޕޯޓުގެ ގަވާއިދާ އެއްގޮތަށް އޮޕަރޭޓް ކުރުން.

5

ޑްރެޖް ކްރޫ

08

  • އަސާސީ ތަޢުލީމީ ފެންވަރު
  • ފަތަން ދަންނަ ކަނޑުމަތީގައި ގިނަވަގުތު މަސައްކަތުގައި އުޅެވޭ ހީވާގި މީހަކު ކަމުގައިވުން.

3850.00 ރުފިޔާ

ޑްރެޖަރ އޮޕަރޭޓް ކުރުމަށް އޮޕަރޭޓަރ އަށް ދޭންޖެހޭ އެހީތެރިކަން ދިނުން މީގެ އިތުރުން އޮޕަރޭޝަނަށް ބޭނުންވާ ކަންކަން ފުރިހަމަކުރުމާއި ޑްރެޖަރ ސާފުކޮށް ބެލެހެއްޓުން.

6

ޓަގް ބޯޓް ކްރޫ

02

  • އަސާސީ ތަޢުލީމީ ފެންވަރު
  • ފަތަން ދަންނަ ކަނޑުމަތީގައި ގިނަވަގުތު މަސައްކަތުގައި އުޅެވޭ ހީވާގި މީހަކު ކަމުގައިވުން.

3850.00 ރުފިޔާ

ޓަގް އޮޕަރޭޓް ކުރުމަށް އޮޕަރޭޓަރ އަށް ދޭންޖެހޭ އެހީތެރިކަން ދިނުން މީގެ އިތުރުން އޮޕަރޭޝަނަށް ބޭނުންވާ ކަންކަން ފުރިހަމަކުރުމާއި ޓަގު ސާފުކޮށް ބެލެހެއްޓުން.

7

ހޭންޑީ ޕާރސަން

05

  • މަސައްކަތަށް ޝައުޤުވެރިކަން ހުރުމާއެކު ހީވާގި ކަމާއެކު މަސައްކަތްކުރާ ޞިއްޙަތު ރަނގަޅު މީހަކު ކަމުގައިވުން.     
  • ކޮންސްޓްރަކްޝަން ދާއިރާގައި މަސައްކަތް ކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ.

3850.00 ރުފިޔާ

ސައިޓުން އަންގާ ގޮތުގެ މަތިން ޕްރޮޖެކްޓް މަސައްކަތުގެ އެކިއެކި މަސައްކަތް ކުރުން.

 

ވަޒީފާގެ ބާވަތް: ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓުގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރުގެ ނަތީޖާއަށް ބެލުމަށްފަހު)  

ޑިޕާރޓްމަންޓް: ކޮންސްޓްރަކްޝަން އެންޑް ޕްރޮޖެކްޓްސް މެނޭޖަމަންޓް ޑިޕާރޓްމަންޓް

މަސައްކަތް ކުރަންޖެހޭ ތަން: ކުންފުނިން ހިންގާ އެކި ޕްރޮޖެކްޓް ސައިޓްތަކުގައި.

އެހެނިހެން އެލަވަންސް/އިނާޔަތް: 

އެޑިއުކޭޝަނަލް /ޓެކްނިކަލް އެލްވަންސް، އޯފް ރެސިޑެންޝަލް އެލަވަންސް، ހުރުމާއި ކެޔުން، އިތުރުގަޑީގެ ފައިސާ، ރިޓަޔަރމަންޓް ޕެންޝަން ސްކީމް، މެޑިކަލް އިންޝޫރަންސް (މަޤާމުތަކަށް ކަޑައެޅިފައިވާ)

 

އެހެނިހެން:                

މި މަސއްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތްކަށް އިސްކަންދެވޭނެ.

ޕްރޮޖެކްޓް ސައިޓްތަކުގައި ދިރިއުޅުއްވަމުން ގެންދަވާ ފަރާތްތަކަށް އިސްކަންދެވޭނެ.

 

       ވީމާ، މި މަޤާމުތަކަށް އެދިވަޑައިގަންނަވާ ފަރާތްތަކުން 30 ސެޕްޓެންބަރު 2014ވަނަ ދުވަހުގެ 15:00 ގެ ކުރިން އެމް.ޓީ.ސީ.ސީ ހެޑް އޮފީހަށް "ޖޮބް އެޕްލިކޭޝަން ފޯމު" ފުރިހަމަ ކުރެއްވުމަށްފަހު، ފޯމާއެކު ލިބިވަޑައިގެންފައިވާ ސެޓުފިކެޓުތަކުގެ އަސްލާ އެއްގޮތް ކޮޕީ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ އަދި ޕާސްޕޯޓް ސައިޒްގެ ފޮޓޯއެއް ހުށެހެޅުއްވުން އެދެމެވެ. މި ތަކެތި ފެކްސް އަދި އީމެއިލް އިންވެސް ގަބޫލު ކުރެވޭނެއެވެ. މި ފޯމު ކުންފުނީގެ ހިއުމަން ރިސޯރސަސް ޑިޕާރޓްމަންޓުން ލިބެން ހުންނާނެއެވެ. އަދި ކުންފުނީގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވޭނެއެވެ.

ފެކްސް ނަންބަރު: 3221 332

އީމެއިލް: [email protected]

 

ނޯޓް:

  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިނުވާ ސެޓުފިކެޓު ހުށަހަޅާފައިވާނަމަ، އިންޓަވިއުއަށް ހާޒިރުވާންވާނީ ސެޓުފިކެޓުތަކުގެ އަސްލާ އެކުގައެވެ.)
  • މި މަޤާމަށް މުވައްޒަފުން ހޮވާނީ ތަޢުލީމީ ސެޓުފިކެޓުތަކާއި މަސައްކަތު ތަޖުރިބާ އަދި އިންޓަވިއުއަށް ބަލައި އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކަށެވެ.
  • އިންޓަވިއު އަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓު ކުރެވޭ ފަރާތްތަކަށެވެ.
  • ވަޒީފާ ހަމަޖެއްސުމުގައި ކުށުގެ ރިކޯޑަށް ބަލާނެއެވެ.

 

28 ޛުލްޤަޢިދާ 1435

23 ސެޕްޓެންބަރު 2014