ކުއްޔަށް ދިނުން
ނަންބަރު: (IUL)248-ED/248/2022/56
ޕަބްލިޝްކުރި ތާރީޚް: 27 ޖޫން 2022
ޕަބްލިޝްކުރި ގަޑި: 13:42
ސުންގަޑި: 06 ޖުލައި 2022 13:00
ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލޮނުމަސް އެޅުމަށް ކުލީ ބިން ދޫކުރުމާއި ގުޅޭ

      ލޮނުމަސް އެޅުމުގެ މަސައްކަތް ކުރުމަށް ބަނދަރުގެ އިރުމަތީ ފަރާތުން އޮތް 1600 އަކަފޫޓުގެ 4 ކުލީ ބިން 01 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް ނިންމާފައިވާތީ، އެފުރުޞަތު ހުޅުވާލަމެވެ.

      ވީމާ، ލޮނުމަސް އެޅުމަށް ކުލީ ބިން ބޭނުންވާ ފަރާތްތަކުން  28 ޖޫން 2022 އިން 06 ޖުލައި 2022 ގެ ނިޔަލަށް ރަސްމީ ކޮންމެ ދުވަހަކު ހެނދުނު 09:00 ން މެންދުރުފަހު 13:00 އަށް މިއިދާރާއަށް ދުރުވެ މައުލޫމާތު ސާފުކުރެއްވުމަށްފަހު 19 ޖުލައި 2022 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 13:00 އަށް މިއިދާރާއަށް ދުރުވެ ޕްރޮޕޯސަލް ފޯމު ހުށަހެޅުއްވުން އެދެމެވެ. ލޮނުމަސް އެޅުމުގެ މަސައްކަތް ދެމެހެއްޓެނިވި ގޮތުގައި މިހާރުވެސް ކުރައްވާ ފަރާތްތަކަށް ބިން ދޫކުރުމުގައި އިސްކަން ދެވޭނެއެވެ.

      މިކަމަށް އެދި ހުށަހެޅުމަށް ކުންފުނި، ޕާޓްނަރޝިޕް، ލޯކަލް އިންވެސްޓްމަންޓް، ފަރުދީ ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކާއި، އަދި އަމިއްލަ ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ. ޕްރޮޕޯސަލް ފޯމު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ، އެކަން އެނގޭނެ އެތަނެއްގެ ރަސްމީ ސިޓީއަކާއި އެތަނެއްގެ ރަޖިސްޓަރީގެ ކޮޕީއެއް ގެންނަށް ވާނެއެވެ. މައުލޫމާތު ސާފު ނުކުރައްވާ ފަރާތްތަކުގެ ޕްރޮޕޯސަލް ފޯމު ބަލައެއް ނުގަނެވޭނެއެވެ.

      މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

27 ޖޫން 2022