ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)GS-01/GS-01/2022/22
ޕަބްލިޝްކުރި ތާރީޚް: 27 ޖޫން 2022
ޕަބްލިޝްކުރި ގަޑި: 13:11
ސުންގަޑި: 04 ޖުލައި 2022 13:00
ބ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ

(IUL)GS-01/GS-01/2022/22:ނަމްބަރ

އިޢުލާން

ބ. އަތޮޅު ތައުލީމީ މަރުކަޒަށް އޮފީސް ޕާޓިޝަން ގަތުމާއި ބެހޭ

 މި ސްކޫލުން ދޭ މައުލޫމާތާއި އެއްގޮތައް މި ސްކޫލަށް އޮފީސް ޕާޓިޝަން ގަންނަން ބޭނުންވެއެވެ. ވީމާ، މިތަކެތި މި މަރުކަޒަށް ވިއްކުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 2022 ޖުލައި 04 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން މިކަމާގުޅޭ މައުލޫމާތު ކަރުދާސް ނަންގަވާ އަދި ބީލަމުގައި ބައިވެރިވާ ފަރާތްތައް މި މަރުކަޒުގައި ރެޖިސްޓަރ ވާންވާނެއެވެ. މިބީލަމުގައި ބައިވެރިވެވޭނީ ބީލަމުގައި ބައިވެރިވާން ރަޖިސްޓަރވި ފަރާތްތަކުގެ ތެރެއިން އިކޮނޮމިކް މިނިސްޓްރީން ވިޔަފާރި ކުރުމުގެ ހުއްދަ ދީފައިވާ ފަރާތްތަކަށެވެ. 

 މިކަމާގުޅޭ މައުލޫމާތު ކަރުދާސް އަދި އަންދާސީ ހިސާބު ހުށަހަޅާ ފޯމު މި މަރުކަޒުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. މިކަމާގުޅޭގޮތުން އިތުރު މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން 7975456 އަށް ގުޅުއްވާ އަދި ލިޔުމަކުން އެކަމަށް އެދި ހުށަހެޅުއްވުން އެދެމެވެ. އީމެއިލްގެ ޒަރީއާއިންވެސް ރަޖިސްޓަރ ކުރުމާއި އަދި މައުލޫމާތު ދިނުމުގެ އިންތިޒާމް މިދެންނެވި ނަންބަރަށް ގުޅުއްވުމުން ހަމަޖެހޭނެ ވާހަކަވެސް ދަންނަވަމެވެ.

 އަންދާސީ ހިސާބު ހުށަހެޅުމުގެ ސުންގަޑިއަކީ 2022 ޖުލައި 07 ވާ ބުރާސްފަތި ދުވަހު 13:00 އެވެ. އަދި އަންދާސީ ހިސާބުތައް ހުޅުވުމަށް ހަމަޖެހިފައިވަނީ ހަމަ މިދުވަހުގެ 13:05 ގައި މިސްކޫލްގެ ކޮންފަރެންސް ރޫމުގައެވެ.

                   ވީމާ، މިވާހަކަ މައުލޫމާތަށްޓަކައި އަންގާ އިއުލާން ކުރަމެވެ.

28 ޛުލްޤައިދާ  1443

27    ޖޫން   2022

27 ޖޫން 2022