ވަޒީފާގެ ފުރުޞަތު
ނަންބަރު: 188-CSRD-IUL/2022/51
ޕަބްލިޝްކުރި ތާރީޚް: 26 ޖޫން 2022
ޕަބްލިޝްކުރި ގަޑި: 23:17
ސުންގަޑި: 07 ޖުލައި 2022 13:00
ސިވިލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
ރަށު ކައުންސިލްގެ އިދާރާތަކުގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް މީހުން ހޯދުމަށް

އިޢުލާނު

 

މަޤާމް:

ސެކްރެޓަރީ ޖެނެރަލް

މަޤާމުގެ ގިންތި:

ދާއިމީ (މަޤާމަށް މުވައްޒަފު އައްޔަން ކުރެވޭނީ 5 އަހަރު ދުވަހުގެ މުއްދަތަށް)

މަޤާމުގެ ރޭންކް:

ZV7-3 ނުވަތަ ZV7-4

މަޤާމުގެ ކްލެސިފިކޭޝަން:

ސެކްރެޓަރީ ޖެނެރަލް

މަޤާމު ނަންބަރު

-

މަޤާމުގެ މުސާރަ:

-/9,300 ރުފިޔާ (މަހަކު) ZV7-3

-/8,835 ރުފިޔާ (މަހަކު) ZV7-4

އެގްޒެކެޓިވް އެލަވަންސް:

-/6,800 ރުފިޔާ (މަހަކު) ZV7-3

-/6،450 ރުފިޔާ (މަހަކު) ZV7-4

މަޤާމު އޮތް އިދާރާ:

މަޤާމު އޮތް ރަށު ކައުންސިލްތަކުގެ އިދާރާތަކާއި ވަޒީފާ އަދާކުރަންޖެހޭ ތަނާއި، އިޢުލާނު ކުރެވޭ މަގާމުގެ އަދަދު މި އިޢުލާނާއެކުގައި ހިމަނާފައި ވާނެއެވެ.

އެހެނިހެން ޢިނާޔަތްތައް:

1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސްފަރުވާގެ ޚިދުމަތް.

2. ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

ސެކްރެޓަރީ ޖެނެރަލްގެ މަޤާމަކީ ކައުންސިލްގެ އިދާރާގެ އިދާރީ ހިންގުމުގެ އެންމެ އިސް މަޤާމަށް ވާތީ ސެކްރެޓަރީ ޖެނެރަލް ގެ މަޤާމު އަދާކުރާ ފަރާތްތަކަށް ވަޒީފާއާ ބެހޭ ޤާނޫނުގެ 34 މާއްދާގެ (ހ) ގެ 4 ވަނަ ނަންބަރުގެ ދަށުން އިތުރުގަޑީގެ ފައިސާ އެއް ނުލިބޭނެއެވެ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1. ދިވެހި ސިވިލް ސަރވިސްގެ ގަވާއިދު 2014 ގެ ދަށުން ކައުންސިލް އިދާރާތަކުގެ އެންމެ އިސް އިދާރީ މުވައްޒަފުގެ ހައިސިއްޔަތުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރުން.

2. ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 126 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ މަސްއޫލިއްޔަތުތައް އަދާކުރުން.

3. ގަވާއިދު ނަންބަރު R-20/2017 (ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު) ގެ 2.03 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މަސްއޫލިއްޔަތުތައް އަދާކުރުން.

(ނޯޓް: މަސްއޫލިއްޔަތުތަކުގެ ތަފްޞީލު މި އިޢުލާނާއެކު އެޓޭޗްކޮށްފައި)

މަޤާމުގެ ޝަރުޠުތައް:

ކެޓަގަރީ 1 (ZV7-3)

1. މެނޭޖްމަންޓް، އެޑްމިނިސްޓްރޭޝަން، ގަވަރނަންސް، އަރބަން ސްޓަޑީސް، ސޯޝަލް ސައިންސް ނުވަތަ ކޮމިއުނިޓީ ޑިވެލޮޕްމަންޓްގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުން ދަށްވެގެން ލެވެލް 7 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު؛

ސަރުކާރުގައި، ނުވަތަ ޕަބްލިކް ނުވަތަ ޕްރައިވެޓް ސެކްޓަރގައި، ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމްޢިއްޔާ ނުވަތަ ޖަމާޢަތެއްގައި މަދުވެގެން 3 އަހަރުދުވަހު މަސައްކަތްކޮށް، ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް ކަނޑައަޅާފައިވާ މަޤާމުގެ މަސައްކަތާގުޅޭ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

2. މެނޭޖްމަންޓް، އެޑްމިނިސްޓްރޭޝަން، ގަވަރނަންސް، އަރބަން ސްޓަޑީސް، ސޯޝަލް ސައިންސް ނުވަތަ ކޮމިއުނިޓީ ޑިވެލޮޕްމަންޓްގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުން ދަށްވެގެން ލެވެލް 9 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު؛

ސަރުކާރުގައި، ނުވަތަ ޕަބްލިކް ނުވަތަ ޕްރައިވެޓް ސެކްޓަރގައި، ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމްޢިއްޔާ ނުވަތަ ޖަމާޢަތެއްގައި މަދުވެގެން 1 އަހަރުދުވަހު މަސައްކަތްކޮށް، ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް ކަނޑައަޅާފައިވާ މަޤާމުގެ މަސައްކަތާގުޅޭ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

3. ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުން ދަށްވެގެން ލެވެލް 7 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު؛

ސަރުކާރުގައި، ނުވަތަ ޕަބްލިކް ނުވަތަ ޕްރައިވެޓް ސެކްޓަރގައި، ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމްޢިއްޔާ ނުވަތަ ޖަމާޢަތެއްގައި މަދުވެގެން 4 އަހަރުދުވަހު މަސައްކަތްކޮށް،  ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް ކަނޑައަޅާފައިވާ މަޤާމުގެ މަސައްކަތާގުޅޭ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

4. ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުން ދަށްވެގެން ލެވެލް 9 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު؛

ސަރުކާރުގައި، ނުވަތަ ޕަބްލިކް ނުވަތަ ޕްރައިވެޓް ސެކްޓަރގައި، ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމްޢިއްޔާ ނުވަތަ ޖަމާޢަތެއްގައި މަދުވެގެން 2 އަހަރުދުވަހު މަސައްކަތްކޮށް، ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް ކަނޑައަޅާފައިވާ މަޤާމުގެ މަސައްކަތާގުޅޭ ތަޖުރިބާ ލިބިފައިވުން.

ކެޓަގަރީ 2 (ZV7-4)

1. މެނޭޖްމަންޓް، އެޑްމިނިސްޓްރޭޝަން، ގަވަރނަންސް، އަރބަން ސްޓަޑީސް، ސޯޝަލް ސައިންސް ނުވަތަ ކޮމިއުނިޓީ ޑިވެލޮޕްމަންޓްގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުން ދަށްވެގެން ލެވެލް 5 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު؛

ސަރުކާރުގައި، ނުވަތަ ޕަބްލިކް ނުވަތަ ޕްރައިވެޓް ސެކްޓަރގައި، ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމްޢިއްޔާ ނުވަތަ ޖަމާޢަތެއްގައި މަދުވެގެން 5 އަހަރުދުވަހު މަސައްކަތްކޮށް، ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް ކަނޑައަޅާފައިވާ މަޤާމުގެ މަސައްކަތާގުޅޭ ތަޖުރިބާ ލިބިފައިވުން.

 ނުވަތަ

2. ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުން ދަށްވެގެން ލެވެލް 5 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު؛

ސަރުކާރުގައި، ނުވަތަ ޕަބްލިކް ނުވަތަ ޕްރައިވެޓް ސެކްޓަރގައި، ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމްޢިއްޔާ ނުވަތަ ޖަމާޢަތެއްގައި މަދުވެގެން 6 އަހަރުދުވަހު މަސައްކަތްކޮށް، ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް ކަނޑައަޅާފައިވާ މަޤާމުގެ މަސައްކަތާގުޅޭ ތަޖުރިބާ ލިބިފައިވުން.

 

 

މަޤާމަށް ޝަރުތު ހަމަކުރުން:

މި މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ކެޓަގަރީ 2 (ZV7-4) ގެ ޝަރުތު ހަމަވާ ފަރާތްތަކަށް ފުރުސަތުދެވޭނީ ކެޓަގަރީ 1 (ZV7-3) ގެ ޝަރުތު ހަމަވާ ފަރާތެއް ކުރިމަތިލާފައި ނުވާނަމަ ނުވަތަ ކެޓަގަރީ 1 އިން ޝަރުތު ހަމަވާ ފަރާތެއް ވަޒީފާއަށް ނުހޮވޭނަމައެވެ.

ސެކްރެޓަރީ ޖެނެރަލްއަށް އައްޔަންކުރެވޭ ފަރާތާ މާލީޒިންމާދާރުވެރިޔާގެ މަސްއޫލިއްޔަތު ހަވާލުކުރުން:

ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގައިވާ ގޮތުގެމަތިން، މި މަޤާމަށް ޢައްޔަނުކުރާ ފަރާތަކީ އިދާރާގެ މާލީ ޒިންމާދާރުވެރިޔާގެ މަސްއޫލިއްޔަތު އަދާކުރާ ފަރާތްކަމަށްވާތީ، މިނިސްޓްރީ އޮފް ފިނޭންސްގެ މާލިއްޔަތާބެހޭ ނަންބަރު 13-E1/CIR/2021/21 (17 ޖޫން 2021) ސަރކިއުލަރގައި ބަޔާންކޮށްފައިވާ "ދައުލަތުގެ މާލިއްޔަތާ ގުޅުންހުރި މަސައްކަތްތަކާ ގުޅޭގޮތުން ދެވޭ އިމްތިހާނުތައް"، މި މަޤާމަށް މުވައްޒަފު ޢައްޔަނުކުރާ ތާރީޚުން ފެށިގެން 3 މަސް ދުވަހުގެ ތެރޭގައި ފުރިހަމަކުރަންވާނެއެވެ.

އަސާސީ ޝަރުޠުގައި ހިމެނޭ މަޤާމުގެ މަސައްކަތާ ގުޅޭ ތަޖުރިބާ ބަލާނެ މިންގަނޑު:

1. ސެކްރެޓަރީ ޖެނެރަލްގެ މަޤާމުގެ އަސާސީ ޝަރުޠުގައި ހިމެނޭ މަޤާމުގެ މަސައްކަތާ ގުޅޭ ތަޖުރިބާ ކަމުގައި ބަލާނީ "ލޯކަލް ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމުތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ އުޞޫލު 2021" ގެ 9.1 ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، "ވަޒީފާއަށް ކުރިމަތިލާ ފަރާތުން އަދާކޮށްފައިވާ މަޤާމުތަކުގައި ކޮށްފައިވާ މަސައްކަތާއި މަސްއޫލިއްޔަތުތައް" އެޑްމިނިސްޓްރޭޝަން ނުވަތަ މެނޭޖްމަންޓުގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކަމުގައި ވާނަމައެވެ.

2. އެޑްމިނިސްޓްރޭޝަން އާ ގުޅޭ މަސައްކަތުގެ ތަޖުރިބާގެ ގޮތުގައި ބަލާނީ، ހުށަހަޅާ މަސައްކަތުގެ ތަޖުރިބާގެ ލިޔުމުގައި އެއްވެސް އިދާރީ މަސައްކަތެއް ކޮށްފައިވާ ކަމުގައި ބަޔާންކޮށްފައިވާ ނަމައެވެ. އިދާރީ މަސައްކަތުގެ ގޮތުގައި، ރިޕޯޓު ހެދުމާއި، ރެކޯޑު ބެލެހެއްޓުމާއި، ސިޓީ ލިޔުންފަދަ ކަންތައްތައް ހިމެނެއެވެ.

3. މެނޭޖްމަންޓް އާ ގުޅޭ މަސައްކަތުގެ ތަޖުރިބާގެ ގޮތުގައި ބަލާނީ، ހުށަހަޅާ މަސައްކަތުގެ ތަޖުރިބާގެ ލިޔުމުގައި ހިންގުމުގެ އެއްވެސް މަސައްކަތެއް ކޮށްފައިވާ ކަމުގައި ބަޔާންކޮށްފައިވާ ނަމައެވެ. އަދި، ހިންގުމުގެ މަސައްކަތުގެ ތަޖުރިބާގެ ގޮތުގައި، އިދާރާއެއް ނުވަތަ އިދާރާއެއްގެ ޑިޕާޓްމަންޓެއް، ޑިވިޜަނެއް، ސެކްޝަނެއް، ޔުނިޓެއް ނުވަތަ އެ ތަނެއްގެ އޮނިގަނޑުގައި ހިމެނޭ އެފަދަ ބައެއް ހިންގާ ބެލެހެއްޓުމާއި، އެ ބައެއްގެ މަސައްކަތާ ގުޅޭ ކަންކަމުގައި ޖަވާބުދާރީ ވުމުގެ ޒިންމާއާ ވަގުތީ ގޮތުން ނުވަތަ ދާއިމީ ގޮތެއްގައި ޙަވާލުވެ ހުންނަ މުއްދަތުތައް ބަލާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2022 ޖުލައި 7 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން، ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. 

މަޤާމަށް އެދި ހުށަހަޅަންޖެހޭ ލިޔުންތައް:

 

1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުގެ ތިރީގައިވާ ލިންކުން އަދި ކައުންޓަރުން ލިބެންހުންނާނެއެވެ.)   

https://www.csc.gov.mv/Policy/Index/20

2. ލޯކަލް ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ އިޤްރާރު. (އިޤްރާރު ތިރީގައިވާ ލިންކުން ލިބެންހުނާނެއެވެ.)

https://www.csc.gov.mv/Policy/Index/20

3. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).

4. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑުގެ ކޮޕީއެއް ހުށަހެޅެން ނެތް ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސްގެ ކޮޕީއެއް.

5. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.

6. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ، ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.

(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

7. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިނުމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ) ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމްޢިއްޔާ ނުވަތަ ޖަމާޢަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ).

(ބ) ދައުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމްޢިއްޔާ ނުވަތަ ޖަމާޢަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، "ލޯކަލް ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ އުޞޫލު 2021 (ދެވަަނަ އިޞްލާޙް)" ގެ ޖަދުވަލު 9 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • އަސާސީ ޝަރުޠު ހަމަވުން: %30
  • އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު: %5
  • އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ: %5
  • އިމްތިހާނު: %25
  • އިންޓަރވިއު އާއި ޕްރެޒެންޓޭޝަން: %35

އިންޓަރވިއު އާއި ޕްރެޒެންޓޭޝަން އަދި އިމްތިހާނު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު، އިމްތިހާނު އަދި ޕްރެޒެންޓޭޝަން ހުށަހެޅުން އޮންނާނީ، 01 އޮގަސްޓު 2022 އިން 25 އޮގަސްޓު 2022 އާ ދެމެދުއެވެ. އިމްތިހާނު އޮންނާނީ ސިވިލް ސަރވިސް ކޮމިޝަނުން ކަނޑައަޅާ ތަނެއްގައެވެ. އިންޓަރވިއު އަދި ޕްރެޒެންޓޭޝަން ކުރިއަށް ގެންދެވޭނީ "ވީޑިއޯ ކޮންފަރެންސް" މެދުވެރިކޮށެވެ. ވުމާއެކު، އެ މުއްދަތުގައި އިމްތިހާނު އަދި އިންޓަރވިއު އާއި ޕްރެޒެންޓޭޝަން އަށް ތައްޔާރުވެގެން ތިބުމަށްވެސް ދަންނަވަމެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން:

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހާއި 15 ދުވަސް ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

 

އިތުރު މަޢުލޫމާތު ހޯދުން:

މި އިޢުލާނާ ގުޅިގެން ނުވަތަ މަޤާމަށް އެދެންވީ ގޮތާއި ގުޅޭ ގޮތުން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 7207307 އަށެވެ. ނުވަތަ، އީ-މެއިލް ކުރާނީ [email protected] އަށެވެ. ލޯކަލް ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ އުޞޫލު 2021 (ދެވަނަ އިޞްލާޙް) އަދި އެ އުޞޫލާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ (https://www.csc.gov.mv/Policy/Index/20) މި ލިންކުން ލިބެން ހުންނާނެއެވެ.

 

 
 

 

 

 

 

#

މަޤާމު އޮތް އިދާރާތައް /ވަޒީފާ އަދާކުރަންޖެހޭ ތަން

ބޭނުންވާ އަދަދު

1

ތިލަދުންމަތީ އުތުރުބުރީ ކެލާ ކައުންސިލްގެއިދާރާ / ހއ. ކެލާ

1

2

ތިލަދުންމަތީއުތުރުބުރީ އުތީމު ކައުންސިލްގެ އިދާރާ / ހއ. އުތީމު

1

3

ތިލަދުންމަތީދެކުނުބުރީ ނައިވާދޫ ކައުންސިލްގެ އިދާރާ / ހދ. ނައިވާދޫ

1

4

ތިލަދުންމަތީދެކުނުބުރީ ހިރިމަރަދޫ ކައުންސިލްގެ އިދާރާ / ހދ. ހިރިމަރަދޫ

1

5

ތިލަދުންމަތީދެކުނުބުރީ ނޮޅިވަރަމު ކައުންސިލްގެ އިދާރާ / ހދ. ނޮޅިވަރަމު

1

6

ތިލަދުންމަތީދެކުނުބުރީ ކުރިނބި ކައުންސިލްގެ އިދާރާ / ހދ. ކުރިނބި

1

7

ތިލަދުންމަތީދެކުނުބުރީ ނޭކުރެންދޫ ކައުންސިލްގެ އިދާރާ / ހދ. ނޭކުރެންދޫ

1

8

މިލަދުންމަޑުލުއުތުރުބުރީ ފޯކައިދޫ ކައުންސިލްގެ އިދާރާ / ށ. ފޯކައިދޫ

1

9

މިލަދުންމަޑުލުއުތުރުބުރީ ނަރުދޫ ކައުންސިލްގެ އިދާރާ / ށ. ނަރުދޫ

1

10

މިލަދުންމަޑުލު އުތުރުބުރީމަރޮށީކައުންސިލްގެއިދާރާ /ށ. މަރޮށި

1

11

މިލަދުންމަޑުލު އުތުރުބުރީޅައިމަގު ކައުންސިލްގެ އިދާރާ / ށ.ޅައިމަގު

1

12

މިލަދުންމަޑުލު ދެކުނުބުރީ ހެނބަދޫކައުންސިލްގެ އިދާރާ / ނ. ހެނބަދޫ

1

13

މިލަދުންމަޑުލުދެކުނުބުރީ މިލަދޫ ކައުންސިލްގެ އިދާރާ / ނ. މިލަދޫ

1

14

މިލަދުންމަޑުލުދެކުނުބުރީ މަގޫދޫ ކައުންސިލްގެ އިދާރާ / ނ. މަގޫދޫ

1

15

މިލަދުންމަޑުލުދެކުނުބުރީ ހޮޅުދޫ ކައުންސިލްގެ އިދާރާ / ނ. ހޮޅުދޫ

1

16

މިލަދުންމަޑުލުދެކުނުބުރީ ފޮއްދޫ ކައުންސިލްގެ އިދާރާ / ނ. ފޮއްދޫ

1

17

މާޅޮސްމަޑުލުއުތުރުބުރީ ރަސްގެތީމު ކައުންސިލްގެ އިދާރާ / ރ. ރަސްގެތީމު

1

18

މާޅޮސްމަޑުލުއުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ / ރ. މާކުރަތު

1

19

މާޅޮސްމަޑުލުއުތުރުބުރީ ރަސްމާދޫ ކައުންސިލްގެ އިދާރާ / ރ. ރަސްމާދޫ

1

20

މާޅޮސްމަޑުލުއުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާ / ރ. މަޑުއްވަރީ

1

21

މާޅޮސްމަޑުލުދެކުނުބުރީ ފުޅަދޫ ކައުންސިލްގެ އިދާރާ / ބ. ފުޅަދޫ

1

22

މާޅޮސްމަޑުލުދެކުނުބުރީ ފެހެންދޫ ކައުންސިލްގެ އިދާރާ / ބ. ފެހެންދޫ

1

23

މާޅޮސްމަޑުލުދެކުނުބުރީ ހިތާދޫ ކައުންސިލްގެ އިދާރާ / ބ. ހިތާދޫ

1

24

މާޅޮސްމަޑުލުދެކުނުބުރީ އޭދަފުށި ކައުންސިލްގެ އިދާރާ / ބ. އޭދަފުށި

1

25

މާޅޮސްމަޑުލުދެކުނުބުރީ ދޮންފަނު ކައުންސިލްގެ އިދާރާ / ބ. ދޮންފަނު

1

26

މާޅޮސްމަޑުލުދެކުނުބުރީ ކިހާދޫ ކައުންސިލްގެ އިދާރާ / ބ. ކިހާދޫ

1

27

މާޅޮސްމަޑުލުދެކުނުބުރީ ކަމަދޫ ކައުންސިލްގެ އިދާރާ / ބ. ކަމަދޫ

1

28

މާޅޮސްމަޑުލުދެކުނުބުރީ ކުޑަރިކިލު ކައުންސިލްގެ އިދާރާ / ބ. ކުޑަރިކިލު

1

29

މާލެއަތޮޅު ކާށިދޫކައުންސިލްގެ އިދާރާ / ކ. ކާށިދޫ

1

30

އަރިއަތޮޅުއުތުރުބުރީ މާޅޮހު ކައުންސިލްގެ އިދާރާ / އއ. މާޅޮސް

1

31

އަރިއަތޮޅުއުތުރުބުރީ މަތިވެރީ ކައުންސިލްގެ އިދާރާ / އއ. މަތިވެރި

1

32

އަރިއަތޮޅުދެކުނުބުރީ ފެންފުށީ ކައުންސިލްގެ އިދާރާ / އދ. ފެންފުށި

1

33

އަރިއަތޮޅުދެކުނުބުރީ ދިގުރަށު ކައުންސިލްގެ އިދާރާ / އދ. ދިގުރަށް

1

34

އަރިއަތޮޅުދެކުނުބުރީ މަންދޫ ކައުންސިލްގެ އިދާރާ / އދ. މަންދޫ

1

35

އަރިއަތޮޅުދެކުނުބުރީ ހަންޏާމީދޫ ކައުންސިލްގެ އިދާރާ / އދ. ހަންޏާމީދޫ

1

36

ފެލިދެއަތޮޅުފުލިދޫ ކައުންސިލްގެ އިދާރާ / ވ. ފުލިދޫ

1

37

ފެލިދެއަތޮޅުތިނަދޫ ކައުންސިލްގެ އިދާރާ / ވ. ތިނަދޫ

1

38

ފެލިދެއަތޮޅުފެލިދޫ ކައުންސިލްގެ އިދާރާ / ވ. ފެލިދޫ

1

39

ފެލިދެއަތޮޅުރަކީދޫ ކައުންސިލްގެ އިދާރާ / ވ. ރަކީދޫ

1

40

މުލަކަތޮޅުރަތްމަންދޫ ކައުންސިލްގެ އިދާރާ / މ. ރަތްމަންދޫ

1

41

މުލަކަތޮޅު މުލަކުކައުންސިލްގެ އިދާރާ / މ. މުލައް

1

42

މުލަކަތޮޅު މުލީކައުންސިލްގެ އިދާރާ / މ. މުލި

1

43

މުލަކަތޮޅުނާލާފުށީ ކައުންސިލްގެ އިދާރާ  / މ.ނާލާފުށި

1

44

މުލަކަތޮޅުކޮޅުފުށީ ކައުންސިލްގެ އިދާރާ  / މ.ކޮޅުފުށި

1

45

މުލަކަތޮޅުމަޑުއްވަރީ ކައުންސިލްގެ އިދާރާ  / މ.މަޑުއްވަރީ

1

46

ނިލަންދެއަތޮޅުއުތުރުބުރީ ފީއަލީ ކައުންސިލްގެ އިދާރާ / ފ. ފީއަލި

1

47

ނިލަންދެއަތޮޅުއުތުރުބުރީ ދަރަނބޫދޫ ކައުންސިލްގެ އިދާރާ / ފ. ދަރަނބޫދޫ

1

48

ނިލަންދެއަތޮޅުދެކުނުބުރީ ރިނބުދޫ ކައުންސިލްގެ އިދާރާ / ދ. ރިނބުދޫ

1

49

ނިލަންދެއަތޮޅުދެކުނުބުރީ މާއެނބޫދޫ ކައުންސިލްގެ އިދާރާ / ދ. މާއެނބޫދޫ

1

50

ކޮޅުމަޑުލުވިލުފުށީ ކައުންސިލްގެ އިދާރާ / ތ. ވިލުފުށި

1

51

ކޮޅުމަޑުލުމަޑިފުށީ ކައުންސިލްގެ އިދާރާ / ތ. މަޑިފުށި

1

52

ކޮޅުމަޑުލުގުރައިދޫ ކައުންސިލްގެ އިދާރާ / ތ. ގުރައިދޫ

1

53

ކޮޅުމަޑުލު ވަންދޫކައުންސިލްގެ އިދާރާ / ތ. ވަންދޫ

1

54

ކޮޅުމަޑުލުހިރިލަންދޫ ކައުންސިލްގެ އިދާރާ / ތ. ހިރިލަންދޫ

1

55

ކޮޅުމަޑުލުގާދިއްފުށީ ކައުންސިލްގެ އިދާރާ / ތ. ގާދިއްފުށީ

1

56

ކޮޅުމަޑުލު އޮމަދޫކައުންސިލްގެ އިދާރާ / ތ. އޮމަދޫ

1

57

ހައްދުންމަތީމާބައިދޫ ކައުންސިލްގެ އިދާރާ / ލ. މާބައިދޫ

1

58

ހައްދުންމަތީކުނަހަންދޫ ކައުންސިލްގެ އިދާރާ / ލ. ކުނަހަންދޫ

1

59

ހުވަދުއަތޮޅުދެކުނުބުރީ ނަޑެއްލާ ކައުންސިލްގެ އިދާރާ / ގދ. ނަޑެއްލާ

1

60

ހުވަދުއަތޮޅުދެކުނުބުރީ ފަރެސްމާތޮޑާ ކައުންސިލްގެ އިދާރާ / ގދ. ފަރެސްމާތޮޑާ

1

61

ހުވަދުއަތޮޅުދެކުނުބުރީ ވާދޫ ކައުންސިލްގެ އިދާރާ / ގދ. ވާދޫ

1

26 ޖޫން 2022