ޢާންމު މަޢުލޫމާތު
ނަންބަރު: 480/IUL/2022/45
ޕަބްލިޝްކުރި ތާރީޚް: 26 ޖޫން 2022
ޕަބްލިޝްކުރި ގަޑި: 17:18
ސުންގަޑި:
29 ޖޫން 2022 23:59
ދިވެހިރާއްޖޭގެ ބާ ކައުންސިލު
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީއަށް މެންބަރުން ހޮވުމަށް ބާއްވާ އިންތިޚާބު 2022 ގެ ދެވަނަ ބުރުގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވެފައިވާ ފަރާތްތަކުގެ ވަގުތީ ދަފުތަރަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލުން
2 ޖުލައި 2022 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރުން ހޮވުމަށް ބާއްވާ އިންތިޚާބުގެ ދެވަނަ ބުރުގައި ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ފަރާތްތަކުގެ ވަގުތީ ދަފުތަރު މި އިޢުލާނާއެކު ޢާންމުކޮށްފީމެވެ.
ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ފަރާތްތަކުގެ ވަގުތީ ދަފުތަރާ ގުޅިގެން އެއްވެސް ޝަކުވާއެއްވާނަމަ، އެ ޝަކުވާއެއް ތިރީގައިވާ ލިންކުގައިވާ ފޯމު މެދުވެރިކޮށް، 29 ޖޫން 2022 ވާ ބުދަ ދުވަހުގެ 23:59 ގެ ކުރިން ހުށަހެޅުއްވުން އެދެމެވެ.
ޝަކުވާ ފޯމް ލިންކް: https://forms.office.com/r/tjjNyEVwHd
26 ޖޫން 2022