ވަޒީފާގެ ފުރުޞަތު
ނަންބަރު: HRTD-MPL/2014/135
ޕަބްލިޝްކުރި ތާރީޚް: 23 ސެޕްޓެންބަރު 2014
ޕަބްލިޝްކުރި ގަޑި: 16:52
ސުންގަޑި: 30 ސެޕްޓެންބަރު 2014 16:00
މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
ދިވެހިރާއްޖެ
ޑިރެކްޓަރ

މަޤާމު :

 ޑިރެކްޓަރ

ބޭނުންވާ އަދަދު :

01

 

މުސާރަ :

  1. 10226.00 ރުފިޔާ (ދިހަ ހާސް ދުއިސައްތަ ސައްބީސް ރުފިޔާ) އިތުރުގަޑީގައި މަސައްކަތް ކުރަން ޖެހިއްޖެނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

 

ސަރވިސް އެލަވަންސް :

4020.00 ރުފިޔާ (ހަތަރުހާސް ވިހި ރުފިޔާ)

އޮފީސް :

މޯލްޑިވްސް ޕޯސްޓް ލިމިޓެޑް

ޑިޕާރޓްމަންޓް :

ކޯޕަރޭޓް ސާރވިސަސް ޑިވިޝަން/ފައިނޭންސް އެންޑް އެކައުންޓްސް ސެކްޝަން

 

ތަޢުލީމީ ފެންވަރާއި މަޤާމުގެ ޝަރުތު :

  • އޭސީސީއޭ ހާސިލުކޮށްފައިވުން ނުވަތަ ފައިނޭންސް އެންޑް އެކައުންޓްސް ދާއިރާއިން މާސްޓަރސް ޑިގްރީ ހާސިލުކޮށްފައި ވުމާއެކު 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.
  • ގިނަ ވަގުތު މަސައްކަތުގައި އުޅެވޭ ފަރާތަކަށްވުން
  • ވޭތުވެދިޔަ 05 އަހަރު ޖިނާޢީ އަޚުލާޤީ އެއްވެސް ކުށެއް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން ނުވަތަ އެފަދަ ކުށެއްގެ މައްސަލައެއް ހުށަހެޅި ބަލަމުންދާ މީހަކު ކަމުގައި ނުވުން 

 

ހުށަހަޅަންޖެހޭ ލިޔުންތައް :

  • މަޤާމަށް އެދި ހުށަހަޅާ ސިޓީ ތަޢުލީމީ ސެޓުފިކެޓުތަކާއެކު (ސިޓީގައި އިޢުލާން ނަންބަރު ހިމެނުއްވުން)
  • މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ވަޒީފާ އަދާކުރައްވާނަމަ ނުވަތަ ވަޒީފާއެއް އަދާކުރައްވާފައިވާނަމަ އެންމެ ފަހުން އަދާކުރި ވަޒީފާ އެނގޭނެ ރަސްމީ ލިޔުން

ސުންގަޑި :

މި މަޤާމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 30 ސެޕްޓެންބަރު 2014 ވާ އަންގާރަ ދުވަހުގެ 16:00 ގެ ކުރިން ޕޯސްޓް ބިލްޑިންގގެ ރިސެޕްޝަނަށް ސިޓީ ފޮނުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު :

މި މަޤާމަށް އެދި ސިޓީ ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު އަދި ލިޔެކިޔުންތައް ހަމަނުވާ ފަރާތްތަކުގެ ސިޓީތައް ބާޠިލު ކުރެވޭނެއެވެ. އަދި އިންޓަވިއުއަށް ދެންނެވޭނީ ވަޒީފާއަށް އެދި ސިޓީ ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓު ކުރެވޭ ފަރާތްތަކަށެވެ. ސިޓީ އެޑްރެސްކުރައްވާނީ:

މެނޭޖިންގ ޑިރެކްޓަރ

މޯލްޑިވްސް ޕޯސްޓް ލިމިޓެޑް

މާލެ، ދިވެހިރާއްޖެ

ފޯން: 3009271، 3009272، 3009273، 3009274

ފެކްސް: 3321559

23 ސެޕްޓެންބަރު 2014