ބީލަން
ނަންބަރު: (IUL)297/297/2022/66
ޕަބްލިޝްކުރި ތާރީޚް: 26 ޖޫން 2022
ޕަބްލިޝްކުރި ގަޑި: 14:54
މިލަދުންމަޑުލު ދެކުނުބުރީ ވެލިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގާޑިޔާ ހިންގާނެ ފަރާތެއް ހޯދުމާއިގުޅޭ

އިޢުލާން

 ގާޑިޔާ ހިންގާނެ ފަރާތެއް ހޯދުމާއިގުޅޭ

                 8 ޖުލައި 2022 އިން 12 ޖުލައި 2022 އަށް 3 ގާޑިޔާ ހިންގަން ބިން ކުއްޔަށް ހިފާނެ ފަރާތެއް ބޭނުންވެއެވެ.

-          ގާޑިޔާ ދިނުމަށް ކަނޑައެޅިފައިވާ ސަރަޙައްދުތައް:

  •      އަތިރިއާގެ އިރުމަތިން އޮތް ސަރަޙައްދު
  •      ކުޑަކުދިންގެ ޕާކް ސަރަޙައްދު
  •      ކުރީގެ ފާރޮށިގެ އިން ސަރަޙައްދު

-          އެންމެ ދިގު މުއްދަތަކަށް ގާޑިޔާ ހިންގޭނީ 20 ޖުލައި 2022 ގެ ނިޔަލަށެވެ.

-          ބިމުގެ ބޮޑު މިން: 400 އަކަފޫޓް

-          ބިމުގެ ފެށޭ ކުލި: -/320 (ތިން ސަތޭކަ ވިހިރުފިޔާ)

-          ބިޑް އެވޯޑް ކުރެވޭނީ އެންމެ ބޮޑު އަގު ހުށަހަޅާ ފަރާތްތަަށް، ސަރަޙައްދުތައް ހުރި ތަރުތީބުންނެވެ.

-          ހުށަހަޅަން ޖެހޭ ލިޔުންތައް

  •         ކޮމްޕެނީ/ އަމިއްލަ ފަރުދުންގެ ވިޔަފާރި ރެޖިސްޓްރީގެ ކޮޕީ
  •         ކޮމްޕެނީއެއްނަމަ ބޯޑް އޮފް ޑިރެކްޓަރޒް އެނގޭނެ ލިޔުމެއް
  •         ކެންޓީން/ ގާޑިޔާ ގައި ޚިދުމަތް ދިނުމަށް ޕްލޭންކުރާގޮތުގެ ޕްރޮޕޯސަލް (އަގު ހިމެނޭގޮތަށް)

  ވީމާ، މި ކަމަށް ޝައުޤުވެރިކަން ހުރި ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ދުވަސްތަކާއި، ގަޑިތަކުގައި މިއިދާރާއަށް ހާޟިރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

ތަން

ދުވަސް

ތާރީޚު

ގަޑި

އަންދާސީހިސާބު ހުށަހެޅުން

ނ.ވެލިދޫ ކައުންސިލް އިދާރާ

ހޯމަ

04 ޖުލައި 2022

11:00

މިމަސައްކަތަށް އެދި ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަމްބަރު 2014/19) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. އަދި މިކަމަށް އެދި ހުށަހަޅާ ފަރާތަކީ ވެލިދޫ ކައުންސިލަށް އެއްވެސް ފައިސާއެއް ދައްކަންޖެހި ނުދައްކަވާ އޮތް ފަރާތަކަށް ވެގެންނުވާނެއެވެ.

ކުރިން މިކަމަށްކުރެވިފައިވާ އިޢުލާނަށް އެކަށީގެންވާ ތަރުޚީބެއް ލިބިފައިނުވާތީ އެ އިޢުލާންވަނީ ބާތިލްކުރެވިފައެވެ.

           މިހެންވެމިކަން ޢާންމުކޮށް އަންގައި އިޢުލާންކުރީމެވެ.

26 ޖޫން 2022