ކުއްޔަށް ހިފުން
ނަންބަރު: (IUL)455/1/2014/1007
ޕަބްލިޝްކުރި ތާރީޚް: 25 ސެޕްޓެންބަރު 2014
ޕަބްލިޝްކުރި ގަޑި: 16:42
ސުންގަޑި: 29 ސެޕްޓެންބަރު 2014 13:30
ކަސްޓަމްސް އިންޓެގްރިޓީ ކޮމިޝަން
ދިވެހިރާއްޖެ
މިކޮމިޝަނުގެ އޮފީސް ހިންގުމަށް ޢިމާރާތެއް ކުއްޔަށް ހިފުން

މިކޮމިޝަނަށް އޮފީސް ހިންގުމަށް ޢިމާރާތެއް ކުއްޔަށް ހިފަން ބޭނުންވެގެން ކުރި ނަންބަރު IUL)455/1/2014/1005)ފ(15 ސެޕްޓެންބަރު 2014) އިޢުލާނާ ގުޅިގެން ހުށަހެޅި އަގުތައް ބޮޑުކަމަށް ފެންނާތީ، އެ އިޢުލާން ބާޠިލު ކުރުމަށްފަހު، އަލުން އިޢުލާން ކުރަމެވެ.

މި ކޮމިޝަނުގެ އޮފީސް ހިންގުމަށް 2500 އާއި 3500 އަކަފޫޓާ ދެމެދުގެ ތަނެއް ކުއްޔަށް ހިފުމަށް ބޭނުންވެއެވެ. ވީމާ، މިފަދަ ތަނެއް ކުއްޔަށް ދޫކުރެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 29 ސެޕްޓެންބަރު 2014 ވާ ހޯމަ ދުވަހުގެ 13:30 އަށް ތިރީގައި ދެވިފައިވާ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް މިކޮމިޝަނަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި 29 ސެޕްޓެންބަރު 2014 ވާ ހޯމަ ދުވަހުގެ 13:30 ގެ ފަހުން ހުށަހަޅާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

ކުއްޔަށް ދޫކުރާ އިމާރާތް ހުންނަންވީ ރަށް

މާލެ

ކުއްޔަށް ދޫކުރާ ޢިމާރާތާބެހޭ ތަފުސީލު

  • ޢިމާރާތުގެ ބޮޑުމިން ބަޔާންކުރުން
  • ޢިމާރާތުގެ ކުރެހުން
  • ޢިމާރާތުގެ ފުރިހަމަ އެޑްރެސް
  • ޢިމާރާތް ހުރި ސަރަޙައްދު ބަޔާންކުރުން
  • ޢިމާރާތުގެ ކުލި ބަޔާންކުރުން (އަކަފޫޓަކަށް ޖެހޭ މިންވަރު އަދި ޖުމްލަ އަގު ހިމެނޭގޮތަށް)
  • ޢިމާރާތް ކުއްޔަށް ދެވޭނެ މުއްދަތު

ކުއްޔަށް ހިފަން ބޭނުންވާ ޢިމާރާތުގައި ހުންނަންޖެހޭ ކަންތައްތައް

  • ކުއްޔަށް ދޭ ތަނަށް މަގުމަތިން ވަކިން ވަދެވޭގޮތަށް ހުންނަންވާނެއެވެ.
  • ކުއްޔަށް ދެނީ 2 ވަނަ ފަންގިފިލައިން ފެށިގެން މަތީ ފަންގިފިލައެއް ނަމަ ޢިމާރާތުގައި ލިފްޓް ހުންނަންވާނެއެވެ.
  • ޢިމާރާތުގައި ބޭނުންކުރުމަށްޓަކައި ވަކި ކަރަންޓާއި ފެން މީޓަރު ހުންނަންވާނެއެވެ.
  • ޢިމާރާތް ހުންނަންވާނީ އެއަރކޮންޑިޝަން ކޮށްފައެވެ.
  • ކުއްޔަށް ދޫކުރާ ޢިމާރާތުގައި މަދުވެގެން 3 ފާޚާނާ ހުންނަންވާނެއެވެ.
  • ޢިމާރާތަކީ އޮފީސް ހިންގުމަށް ބޭނުންކުރެވޭ ގޮތަށް ކޮށްފައިވާ ޢިމާރާތަކަށް ވާންވާނެއެވެ.
  • ކުއްޔަށް ދޫކުރާ ޢިމާރާތުގެ ފާރުތަކުގައި ރެނދުލުމާއި، ކުލަފޭބުމާއި، ޓައިލްސްތައް ފެޅުން ފަދަ ކަމެއް ހުރެގެންނުވާާނެއެވެ.

ހުށަހަޅަންޖެހޭ އިތުރު މަޢުލޫމާތު

  • އަންދާސީހިސާބު ހުށަހަޅުއްވާއިރު، ކުއްޔަށް ދޫކުރާ ފަރާތާއި ޢިމާރާތާ ދެމެދު އޮތް ގުޅުން އެނގޭނޭ ފަދަ ލިޔުމެއް ހުށަހަޅަންވާނެއެވެ. އަދި ކުއްޔަށް ދޫކުރާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ހުށަހަޅަންވާނެއެވެ.
  • ކުންފުންޏަކުންނަމަ ކުންފުނީގެ ރަޖިސްޓްރޭޝަނުގެ ސެޓުފިކެޓު ހުށަހަޅުއްވަންވާނެއެވެ.
  • އަގު ހުށަހަޅުއްވަން ޖެހޭނީ ޖީ.އެސް.ޓީ އަދަދު ވަކިން އެނގޭގޮތަށެވެ.
  • އިމާރާތުގެ ސެކިއުރިޓީ، ސާފުކުރުން އަދި މެއިންޓެނަންސް އިމާރާތުގެ ވެރިފަރާތުން ހަމަޖައްސަވާނަމަ އެކަން ވަކިން އެނގޭގޮތަށް ހުށަހަޅުއްވަންޖެހޭނެއެވެ.

މި ބިޑާ ގުޅިގެން ޕޮއިންޓް ދެވޭނެގޮތް ތިރީގައި އެވަނީއެވެ.

  • އަގު: %55
  • ޢިމާރާތްކުރެވިފައިވާ ސަރަޙައްދު % 10
  • ޢިމާރާތުގެ ޢުމުރު:        % 10
  • އޮފީސް ހިންގުމަށް އެކަށީގެންވާ މިންވަރު: %25
25 ސެޕްޓެންބަރު 2014