މަސައްކަތް
ނަންބަރު: (IUL)231-AH/231/2022/30
ޕަބްލިޝްކުރި ތާރީޚް: 26 ޖޫން 2022
ޕަބްލިޝްކުރި ގަޑި: 14:23
ސުންގަޑި: 07 ޖުލައި 2022 13:00
ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އިދާރާއާއި، ފާދިއްޕޮޅު އަތޮޅުގޭގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

ފާދިއްޕޮޅު އަތޮޅުކައުންސިލް އިދާރާއާއި ފާދިއްޕޮޅު އަތޮޅުގޭގެ ސެކިއުރިޓީ، 01 އޯގަސްޓް 2022 އިން 31 ޖެނުއަރީ 2023 ގެ ނިޔަލަށް ބަލަހައްޓައިދޭން އެދިވަޑައިގަންނަވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލާފީމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން ފާދިއްޕޮޅު އަތޮޅުކައުންސިލް އިދާރާއަށް  ބިޑް ހުށަހެޅުއްވުން އެދެމެވެ. 

  ބިޑް ޑޮކިއުމަންޓްސް

ބިޑްގައި ބައިވެރިވުމަށް ބޭނުންފުޅުވާ ފަރާތްތަކުން ތިރީގައިވާ ލިންކް މެދުވެރިކޮށް ބިޑްގައި ރަޖިސްޓްރީވުން އެދެމެވެ.

ބިޑްގައި ރަޖިސްޓްރީވާ ފަރާތްތަކަށް ގޫގުލް ފޯރމް ސަބްމިޓް ކުރެއްވުމުން ބިޑް ޑޮކިއުމަންޓް ޑައުންލޯޑްކުރުމަށް ބޭނުންވާ ލިންކް ފެންނާނެއެވެ. ނުވަތަ އީމެއިލް މެދުވެރިކޮށް ބިޑް ޑޮކިއުމަންޓްސް މިއިދާރާއިން ފޯރުކޮށްދެވޭނެއެވެ.

https://forms.gle/UaRdpfofqBigm29WA

 

ޕްރީބިޑް މީޓިންގ

 03 ޖުލައި 2022 (އާދީއްތަ) ދުވަހުގެ 13:00 ގައި ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމުގައި

 

ބިޑް އޯޕަން މީޓިންގ

07 ޖުލައި 2022 (ބުރާސްފަތި) ދުވަހުގެ 13:00 ގައި ފާދިއްޕޮޅު އަތޮޅު ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައި

ބިޑް ހުށަހެޅޭނީ ބިޑްގައި ރަޖިސްޓްރީވެފައިވާ ފަރާތެއްގެ ނަމުގައެވެ. ބިޑްގައި ރަޖިސްޓްރީނުވާ ފަރާތްތަކަށް ޕްރީބިޑް މީޓިންގ އަދި ބިޑް އޯޕަން މީޓިންގގައި ބައިވެރި ނުވެވޭނެ ވާހަކަ ދެންނެވީމެވެ.

26 ޖޫން 2022