ދިވެހިރާއްޖެ
(IUL)120-A/1/2022/44 ނަމްބަރު
އިޢުލާން
2022 ވަނަ އަހަރުގެ ނޮވެންބަރ/ޑިސެންބަރ ގައި ބޭއްވުމަށް ހަމަޖެހިފައިވާ ކެމްބްރިޖް އެސެސްމަންޓް އިންގްލިޝް އިމްތިޙާނުގެ ނޯމަލް އެންޓްރީ އެޕްލިކޭޝަން ދޫކުރުމާގުޅޭ:
2022 ވަނަ އަހަރުގެ ނޮވެންބަރ/ޑިސެންބަރ ގައި ބޭއްވުމަށް ހަމަޖެހިފައިވާ ކެމްބްރިޖް އެސެސްމަންޓް އިންގްލިޝް އިމްތިޙާނުގެ ނޯމަލް އެންޓްރީ އެޕްލިކޭޝަން ދޫކުރުމާއި ފައިސާ ބަލައިގަތުން 2022 ޖޫން 26 ވާ އާދިއްތަ ދުވަހުގެ ހެނދުނު 08:30 އިން ފެށިގެން 2022 އޮގަސްޓް 18 ވާ ބުރާސްފަތި ދުވަހުގެ 12:00ގެ ނިޔަލަށް މިޑިޕާޓްމަންޓުން ކުރިއަށް ގެންދާނެއެވެ.
އެޕްލިކޭޝަން ފޯމް މި ޑިޕާޓްމަންޓް ގެ ކައުންޓަރުންނާއި (ހ.އަސްރަފީވިލާ، ދެވަނަ ފަންގިފިލާ، މަޖީދީމަގު) އަދި ވެބްސައިޓް www.dpe.edu.mv އިން ލިބެން ހުންނާނެއެވެ. އޮންލައިން ކޮށް އެޕްލިކޭޝަން ފުރާނަމަ މެއިލް ކުރާނީ [email protected] އަށެވެ. އަދި ފައިސާ ދެއްކުމުގެ އިންތިޒާމް ހަމަޖެހިފައިވަނީ ބަނޑޭރި ޕޭ ޕޯޓަލް މެދުވެރިކޮށެވެ.
ފޯމު ދޫކުރުމާއި، ފޯމު ޗެކު ކުރުމާއި، ފައިސާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ 0830 ން 1330 އަށެވެ. ފޯމު ހުށަހަޅުއްވާ އިރު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލާއި ފޮޓޯކޮޕީ ގެންނެވުން އެދެމެވެ.
26 ޛުލްޤަޢިދާ 1443
26 ޖޫން 2022