ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ.
ފެމިލީ ކޯޓަށް ބޭނުންވާ 04 (ހަތަރެއް) ސީލިންގ މައުންޓް އެއަރކޮންޑިޝަނަރ އަދި 03 (ތިނެއް) ވޯލްމައުންޓް އެއަރކޮންޑިޝަނަރ ސަޕްލައިކޮށް، އަމިއްލަ ތަކެތީގައި ހަރުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)146-A3/1/2022/39 (22 ޖޫން 2022) އިޢުލާނާއި ގުޅިގެން އެކަށީގެންވާ އަދަދަކަށް މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގެންފައިނުވާތީ، އެއިޢުލާން ބާތިލުކޮށް ދެވަނަ ފަހަރަށް އެފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2022 ޖޫން 29 ވަނަ ދުވަހުގެ 13:30 އަށް މި ކޯޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2022 ޖުލައި 06 ވަނަ ދުވަހުގެ 10:00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކޮށް އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާނީ ފެމިލީކޯޓުގެ (ޖަސްޓިސް ބިލްޑިންގގެ ފުރަތަމަ ފަންގިފިލާ) ކޮންފަރެންސް ރޫމަށެވެ.