ބީލަން
ނަންބަރު: (IUL)327-C/327/2022/158
ޕަބްލިޝްކުރި ތާރީޚް: 23 ޖޫން 2022
ޕަބްލިޝްކުރި ގަޑި: 23:53
ސުންގަޑި: 06 ޖުލައި 2022 13:00
ފާދިއްޕޮޅު ނައިފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނައިފަރު ކައުންސިލްގެ އިދާރާއަށް ޕީ.ވީ.ސީ ކާޑް ޕްރިންޓްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

 

ނައިފަރު ކައުންސިލްގެ އިދާރާއަށް ޕީ.ވީ.ސީ ކާޑް ޕްރިންޓްކޮށްދިނުމުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މި ޚިދުމަތް ފޯރުކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، ބީލަމުގައި ބައިވެރިވެ، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

ބީލަމުގައި ރަޖިސްޓްރީ ވުން

ބީލަމުގައި ރަޖިސްޓްރީ ވުމުގެ މުއްދަތު:

23 ޖޫން 2022 އިން 5 ޖުލައި 2022 (13:00) އަށް

މަޢުލޫމާތު ސާފުކުރުން:

23 ޖޫން 2022 އިން 5 ޖުލައި 2022 (13:00) އަށް

ގުޅޭނެ ނަންބަރ:

6620126 އަދި 6620163

އީމެއިލް އެޑްރެސް:

[email protected]

ރަޖިސްޓްރޭޝަން ފީ:

-/100 (އެއްސަތޭކަ) ރުފިޔާ

ނޯޓް: ފައިސާ ދެއްކުމަށް ފަހު، ވިޔަފާރީގެ ނަން، އީމެއިލް އެޑްރެސް އަދި ވެރިފަރާތުގެ މަޢުލޫމާތު 7988627 އަށް ވައިބަރ އަށް ނުވަތަ [email protected] އީމެއިލް އަށް ފޮނުވަން ވާނެއެވެ.  

ފައިސާ ދެއްކުން:

އިންޓަރނެޓް ބޭންކިން މެދުވެރިކޮށް

އެކައުންޓް ނަން: 1370 Revenue 1

އެކައުންޓް ނަންބަރ: 7705700335001

ޕްރީބިޑް މީޓިންގ:

މި ބިޑާއި ގުޅިގެން ޕްރީބިޑް މީޓިންގ އެއް ނޯންނާނެ.

 

ބީލަން ހުށަހެޅުން

ބީލަމުގައި ހުށަހެޅުމުގެ ސުން ގަޑި:

6 ޖުލައި 2022 ، ބުދަ (13:00) އަށް

ބީލަން ހުށަހެޅުމުގެ މީޓިން އޮންނާނެ ތަން:

ފާދިއްޕޮޅު ނައިފަރު ކައުންސިލްގެ އިދާރާ | އެމް.ޕީ.ބީ

ބީލަން ހުށަހަޅާއިރު:

  • ހުށަހަޅާ ބީލަން އޮންނަންވާނީ ބަންދުކޮށްފައިވާ ސިޓީ އުރައެއްގައެވެ.
  • ސިޓީ އުރާގެ ބޭރުގައި " ނައިފަރު ކައުންސިލްގެ އިދާރާއަށް ޕީ.ވީ.ސީ ކާޑް ޕްރިންޓްކޮށްދިނުމުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ބީލަން" ލިޔެފައި އޮންނަންވާނެއެވެ.
  • ބީލަންތައް ކެނޑުމަށް ހަމަޖެހިފައިވަނީ، ބީލަން ހުށަހަޅާ ފަރާތްތަކުގެ ޙާޟިރުގައެވެ.
  • ބީލަން ހުށަހެޅޭނީ، ކަނޑައެޅިފައިވާ ވަގުތުގައި، ނައިފަރު ކައުންސިލްގެ އިދާރާއަށް ދުރުވެ، ބީލަން ހުށަހެޅުމުގެ މީޓިން ގައި ބައިވެރިވެގެންނެވެ.

ބީލަމުގައި ބައިވެރިވެވޭ ފަރާތްތައް:

މި ބީލަމުގައި ރަޖިސްޓްރީވުމަށް ފައިސާ ދައްކާފައިވާ ފަރާތަކަށް ނޫނީ އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތެއް ނޯންނެއެވެ.

 

23 ޖޫން 2022