މަސައްކަތް
ނަންބަރު: Q10C-A/2022/20
ޕަބްލިޝްކުރި ތާރީޚް: 23 ޖޫން 2022
ޕަބްލިޝްކުރި ގަޑި: 14:59
ސުންގަޑި: 30 ޖޫން 2022 13:00
ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ވެހިކަލް ޕާރކް ކުރާނެ ޢިމާރާތެއް ހެދުމަށް

އިޢުލާން

ވެހިކަލް ޕާރކް ކުރާނެ ޢިމާރާތެއް ހެދުމާއި ގުޅޭ(.)

ވެހިކަލް ޕާރކު ކުރުމަށް ކޯޓުގެ ގޯތިތެރޭގައި ޢިމާރާތެއް ހެދުމަށް ބޭނުންވެއެވެ. މިމަސައްކަތާއި ގުޅޭ މަޢުލޫމާތު ޝީޓް މިއިޢުލާނާއި އެޓޭޗްކުރެވިފައިވާނެއެވެ. މަސައްކާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކަށް މަޢޫލޫމާތު ދިނުން 29 ޖޫން 2022 ވާ ބުދަ ދުވަހުގެ 13:00 ގައި މިކޯޓުގައި އޮންނާނެއެވެ.

ވީމާ، މިމަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 30 ޖޫން 2022 ވާ ބުދަ ދުވަހުގެ 13:00ގެ ކުރިން މިކޯޓުގެ އީ-މެއިލް [email protected]  އަށް ކޯޓޭޝަން އީމެއިލް ކޮށްދެއްވުން އެދެމެވެ.

މިކޯޓުގެ ނަންބަރު Q10C-A/2022/20 އިޢުލާނާއި ގުޅިގެން ދެވޭ މަޢުލޫމާތު ޝީޓް

(ވެހިކަލް ޕާރކް ކުރާނެ ޢިމާރާތެއް ހެދުމަށް)

  1. ޢިމާރާތުގެ މިންތައް
  • ޕާރކިންގ އޭރިއާގެ މިންތައް ހިމެނޭ ކުރެހުމެއް އެނެކްސް 1 ގައި ހިމެނިފައިވާނެއެވެ.
  1. ތަނބު
  • ތަނބުޖެހުމަށް ކުރެހުމުގައި ދައްކާފައިވާ ކޮންމެތަނެއްގައި ތަނބުޖަހަންވާނެއެވެ. ތަނބުޖަހާނީ 10mm ގެ 4 ދަގަނޑުލައްވާ 304.8mm އިން ރިންގް އަޅައިގެންނެވެ. ތަނބުތަކަށް ކޮންކްރިޓް އަޅާނީ ފާރުރޭނުމަށްފަހުގައެވެ. ކޮންކްރީޓްގަނޑާ ފާރުގެގާތަށް ރަނގަޅަށް ގުޅުވާލަންވާނެވެ. އަދި ކޮލަމްތައް އެޅުމުގެ ކުރިން 1.5 އިންޗި ފުންމިނަށް ލޯވަޅު ތޮރުފުމަށްފަހު، އެންކަރ ކްރެސްޓް ފަދަ ކެމިކަލެއް ބޭނުންކޮށްގެން ކޮލަމްގެ ދަގަނޑުތައް އިންދާ މިހާރުހުރި ކޮލަމްތަކުގެ ދަގަޑުތަކާއި ރަނަގަޅަށް ގުޅުވާލަންވާނެއެވެ.
  • ޕާރކިންގ އޭރިއާގެ މޫނުމައްޗަށް ވާގޮތަށް 3 އިންޗީގެ ދެ އެސްލޯން ހޮޅި ހަރުކޮށް 10mmގެ ދަގަނޑު ލައްވައި ކޮންކުރީޓް ކުރުން. ހޮޅި ހަރުކުރަން ރަނގަޅު ކޮންކުރީޓް ބުޑެއް އަޅަންވާނެއެވެ.
  1. މަތީބެރި
  • މަތީބެރި އަޅާނީ 10mm ގެ 2 ދަގަނޑުލައްވާ 304.8mm އިން ރިންގް އަޅައިގެންނެވެ. މަތީބެރި އަޅާއިރު ތަނބުތަކުގަ ދަގަނޑާއި ބެރީގެ ދަގަނޑު ރަގަޅަށް ގުޅުވަން ވާނެއެވެ. އަދި ބެރި އަޅަންވާނީ 6 އިންޗީ ބޯމިނަށެވެ.
  1. ރޭނުން
  • ވަށާފާރުގެ އުތުރު ފަރާތާއި ދެކުނު ފަރާތުގެ ފާރުގެ މަތިން ފާރު ރޭނުން.
  • ރާނާނީ 5 އިންޗީގެ ހޯލޯބްލޮކް ގަލުންނެވެ. ރޭނުމަށް ބޭނުންކުރާނީ ލޮނުގެ އަސަރު ނުހުންނަ ދޮންވެލިންނެވެ.

ސިމެންތި ޖެހުން

 ސިމެންތި ޖަހާނީ ފާރުގެ ދެފަރާތުންކުރެ ކޮންމެ ފަރާތެއްގައާއި 25mm ގެ ބޯމިނުގައެވެ. ތަންބުތަކާއި މަތީބެރީގައި ސިމެންތި ޖަހަންވާނީ ރަނގަޅަށް އޮލަސިމެންތި ތަތްކުރުމަށްފަހުގައަވެ.

  1. ތަޅުން އެޅުން
  • 4 އިންޗި ބޯމިނުގެ ތަޅުން އަޅަންވާނެއެވެ. ދަޅުން އެޅިފައި ހުންނަންވާނީ ޢިމާރާތުގެ މޫނުމައްޗަށްވާހެން ކަތިކުރެވިފައެވެ.
  • ތަޅުން އަޅަންވާނީ ހަމަބިމުން ފެށިގެން 1 ފޫޓް އުސްމިނުގައެވެ. ހަމަ ބިމުގެ ގޮތުގައި ބަލަންވާނީ މަގުމަތީ ލެވެލް އަށެވެ.
  1. ހިޔާކުރުން
  • ހިޔާކުރުމަށް ބޭނުންވާ ލައިސާޓް ޓިނާއި ލަކުޑި ކޯޓުން ފޯރުކޮށްދެވޭނެއެވެ. އަދި މިތަކެތި މަދުނަމަ އިތުރަށް ޓިނާއި ލަކުޑި ހޯދައި ހިޔާކުރަންވާނެއެވެ. އިތުރަށް ޓިނު ހޯދަން ޖެހޭނަމަ ހޯދަންވާނީ މިހާރުވެސް ހިޔާކުރުމަށް ބޭނުންކުރާ ކުލައިގެ ލައިސާޓް ޓިނެވެ.
  1. ސައިޑް ކެޕް އެޅުން
  • ޢިމާރާތުގެ އުތުރުފަރާތާއި ހުޅަނގު ފަރާތުގައި ލައިސާޓް ސައިޑް ކެޕް އަޅަންވާނެއެވެ.
  1. ދިޔަދޮވި ހަރުކުރުން
  • ދިޔަދޮވި ކޯޓުން ފޯރުކޮށްދެވޭނެއެވެ. އަދި ކޯޓުން ފޯރުކޮށްދޭ ދިޔަދޮވި ރަނގަޅުކޮށް ހަރުކުރަންވާނެއެވެ.
  1. ސިމެންތީގެ މަސައްކަތަށް ތަކެތި ބޭނުންކުރާނެގޮތް.
  • ކޮންކްރިޓް މަސައްކަތައް ބޭނުންކުރާނީ އަކިރި، ލޮނުގެ އަސަރު ނުހުންނަ ދޮންވެލި، ސިމެންތި އެވެ. ތަކެތި ބޭނުންކުރާނީ 1:2:3 ގެ ރޭޝިއޯއިންނެވެ.
  • ރޭނުމާއި ސިމެންތި ޖެހުމަށް ބޭނުންކުރާނީ ލޮނުގެ އަސަރު ނުހުންނަ ދޮންވެއްޔެވެ. ރޭނުމަށް ތަކެތި ބޭނުންކުރާނީ 1:5 ގެ ރޭޝިއޯއަށެވެ. ސިމެންތި ޖެހުމަށް ތަކެތި ބޭނުންކުރާނީ 1:4 ގެ ރޭޝިއޯއަށެވެ.
  1. އެހެނިހެން މަސައްކަތްތަކާއި، މަސައްކަތް ނިންމުމަށްޓަކައި އިތުރަށްކުރަންޖެހޭކަމަށް އަގުހުށަހަޅާފަރާތަށް ފާހަގަކުރެވޭ މަސައްކަތް:
  • ކުރެހުމުގައިވާ މިންތަކާއި މަސައްކަތްކުރުމާއިބެހޭ ގޮތުން ތައްޔާރު ކުރެވިފައިވާ މަޢުލޫމާތު ޝީޓުގައިވާ މަޢުލޫމާތާއި އެއްގޮތަށް މަސައްކަތް ކުރުމުގައި ކޮންމެހެން ހިމަނަންޖެހޭ އިތުރުކަންކަމުގެ ގޮތުގައި މަސައްކަތަށް އަގު ހުށަހަޅާފަރާތަށް ފާހަގަ ކުރެވޭ އެންމެހާ ކަންކަމުގެ އަގު ކޯޓޭޝަންގެ އެހެނިހެން މަސައްކަތްތަކުގެ ގޮތުގައި ހިމަނަންވާނެއެވެ. މަސައްކަތް ހަވާލުވުމަށްފަހު އެފަދަކަމެއް ފާހަކޮށްފިނަމަވެސް އެމަސައްކަތަކަށް އިތުރުއަގެއް ނުދެވޭނެއެވެ.
  1. އެޑްވާންސް ފައިސާ:
  • މި މަސައްކަތައް އެޑްވާންސް ފައިސާ ދޫކުރާގޮތަށް ހަމަޖެހިފައެއް ނުވެއެވެ.
  1. މަސައްކަތް ޙަވާލުކުރުމަށް ފަރާތެއް ކަނޑައެޅުމުގައިޕޮއިންޓްދެވޭނެގޮތް:
  • 70 ޕޮއިންޓް އަގަށް (އެންމެ ކުޑަ އަގު ހުށަހަޅާ ފަރާތަކަށް އެންމެ ގިނަ ޕޮއިންޓް)
  • 20 ޕޮއިންޓް މުއްދަތަށް (އެންމެ ކުރު މުއްދަތެއް ހުށަހަޅާ ފަރާތަކަށް އެންމެ ގިނަ ޕޮއިންޓް)
  • 10 ޕޮއިންޓް ތަޖުރިބާ އަށް (2018 ވަނަ އަހަރުން ފެށިގެން މިފަދަ މަސައްކަތް ނިންމާފައިވާކަމަށް ދައުލަތުގެ އިދާރާތަކުން ނުވަތަ ރަޖިސްޓްރީކޮށްފައިވާ ކުންފުނިތަކުން ދީފައިވާ އެންމެގިނަ ލިޔުން ހުށަހަޅާ ފަރާތަކަށް އެންމެގިނަ ޕޮއިންޓް.
  1. ކޯޓޭޝަން އާއިއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް
  • ކޯޓޭޝަން ހުށަހަޅުއްވާއިރު ކޯޓޭޝަންގައި މަސައްކަތުގެ މުއްދަތު ޖަހަންވާނެއެވެ.
  • ކޯޓޭޝަން ހުށަހަޅާ ފަރާތުގެ ޕްރޮފައިލް ހުށަހަޅަންވާނެއެވެ.
  • ވިޔަފާރީގެ ރަޖިސްޓްރީ ކޮޕީ
  • ކޯޓޭޝަން
  • ޖީ.އެސްޓީ އަށް ރަޖިސްޓްރީކޮށްފައިވާނަމަ ސެޓްފިކެޓްގެ ކޮޕީ
  • ކުންފުންޏެއް (ޕާރޓްނަރޝިޕެއް) ނަމަ ކުންފުނީގެ ރަޖިސްޓްރީގެ ކޮޕީ
  • އަމިއްލަ ފަރުދުންގެ ވިޔަފާރިއެއްނަމަ އިންވެސްޓްމަންޓްގެ ކޮޕީ
  • ތަޖުރިބާގެ ލިޔުންތައް ހުރިނަމަ ލިޔުންތަކުގެ ކޮޕީ
  1. ކޯޓޭޝަން ހުށަހެޅުން

މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2022 ޖޫން 30 ވާ ބުރާސްފަތި ދުވަހުގެ 13:00ގެ ކުރިން މިކޯޓުގެ އީ-މެއިލް [email protected]  އަށް އީމެއިލް ކޮށްދެއްވުން އެދެމެވެ.       

  1. ކޯޓޭޝަން ބާތިލުކުރުން
  • މިމަޢުލޫމާތު ޝީޓުގެ 13 ވަނަ ނުކުތާގައި ހިމެނޭ ލިޔެކިޔުމެއް މަދުން ހުށަހަޅާފައިވާނަމަ ކޯޓޭޝަން ބަލައެއް ނުގަނެވޭނެއެވެ.
  • އިޢުލާނުގައި ދެންނެވިފައިވާ މުއްދަތުގެ ފަހުން ލިބޭ ކޯޓޭޝަންތައް ބަލައެއް ނުގަނެވޭނެއެވެ.

ނޯޓް:

  • މާލިއްޔަތުގެ ޤަވާޢިދާއިއެއްގޮތަށް މިމަސައްކަތަށް ހޮވޭ ފަރާތަކާއި މިކޯޓާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކުރެވޭނެއެވެ.
  • މި މަސައްކަތުގެ އިތުރު މަޢުލޫމާތު ބޭނުންފުޅުނަމަ މިކޯޓުގެ ނަންބަރު 68401601 އަށް ގުޅުއްވުން އެދެމެވެ. އަދި ސައިޓަށް ވަޑައިގެން މަޢުލޫމާތު ސާފްކުރެއްވުމަށް ބޭނުންފުޅުވާނަމަ 29 ޖޫން 2022 ދުވަހުގެ 13:00އަށް މިކޯޓަށް ވަޑައިގެން ދެއްވުން އެދެމެވެ.
23 ޖޫން 2022