ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)219-MS/1/2022/11
ޕަބްލިޝްކުރި ތާރީޚް: 23 ޖޫން 2022
ޕަބްލިޝްކުރި ގަޑި: 14:16
ސުންގަޑި: 11 އޮގަސްޓް 2022 12:00
މޯލްޑިވްސް މީޑިއާ ކައުންސިލް
ދިވެހިރާއްޖެ
މޯލްޑިވްސް މީޑިއާ ކައުންސިލުން ދޭ، ނޫސްވެރިކަމުގެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން

މޯލްޑިވްސް މީޑިއާ ކައުންސިލުން ދޭ، ނޫސްވެރިކަމުގެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުޞަތު 2022 ޖޫން 23 ވާ ބުރާސްފަތި ދުވަހުން ފެށިގެން ހުޅުވައިލައިފީމެވެ. އިނާމު ދިނުމަށް ކަނޑައެޅިފައިވާ ކެޓަގަރީތަކާއި ދާއިރާތަކަކީ:  

ކެޓަގަރީތައް:

1. ނޫސްމަޖައްލާ ކެޓަގަރީ

2. ބްރޯޑްކާސްޓިންގ ކެޓަގަރީ

ދާއިރާތައް:

(1) ތަޙްޤީޤީ ނޫސްވެރިކަން

(2) ދެމެހެއްޓެނިވި ތަރައްޤީ އާއި އިޖުތިމާޢީ

(3) ސިޔާސީ

(4) ޝަރުޢީ އަދި ޤާނޫނީ

(5) ވިޔަފާރިއާއި އިޤުތިޞާދު

(6) ކުޅިވަރު

(7) ފޮޓޯ ޖާރނަލިޒަމް

(8) ވީޑިއޯ ޖާރނަލިޒަމް

(9) ގްރެފިކްސް އާއި އިލެސްޓްރޭޝަންސް

(10) ފީޗަރ

(11) އުންމީދީ ނޫސްވެރިޔާ

(12) އަހަރުގެ އެންމެ މޮޅު ނޫސްވެރިޔާ

މި އިނާމުތަކަށް ކުރިމަތިލާނީ ނޫސްވެރިކަމުގެ އިނާމަށް ނަން ހުށަހަޅާ ފޯމު، އުންމީދީ ނޫސްވެރިޔާގެ އިނާމަށް ނަން ހުށަހަޅާ ފޯމު އަދި އަހަރުގެ އެންމެ މޮޅު ނޫސްވެރިޔާގެ އިނާމަށް ނަން ހުށަހަޅާ ފޯމުންނެވެ. މި ތިން ފޯމާއި، މާކުސް ދިނުމުގައި ބަލާނެ މިންގަނޑުތައް ކަނޑައަޅާފައިވާ ޖަދުވަލުތަކާއެކު، "މޯލްޑިވްސް މީޑިއާ ކައުންސިލުން ދޭ ނޫސްވެރިކަމުގެ އިނާމު ދިނުމުގެ އުސޫލު" މި އިޢުލާނާއެކު އާންމުކޮށްފައިވާނެއެވެ.

ވީމާ، މި އިނާމުތަކަށް ކުރިމަތިލާ ފަރާތްތަކުން 2022 އޮގަސްޓް 11 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 12:00 ގެ ކުރިން، އިނާމަށް އެދި މި ކައުންސިލަށް ފޯމު ހުށަހެޅުއްވުން އެދެމެވެ. މިކަމާ ގުޅޭ އިތުރު މައުލޫމާތު، މިކައުންސިލުގެ 3003995/7967919 ނަންބަރު ފޯނުން ލިބޭނެއެވެ.

  23  ذُوالْقَعْدَة  1443

23 ޖޫން 2022