ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)266-A/266/2022/100
ޕަބްލިޝްކުރި ތާރީޚް: 23 ޖޫން 2022
ޕަބްލިޝްކުރި ގަޑި: 13:35
ސުންގަޑި:
30 ޖޫން 2022 14:00
ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ކަދުރު ދޫކުރުން
ސަޢޫދީ ޢަރަބިއްޔާގެ ސަރުކާރުން ދެއްވާފައިވާ ކަދުރުގެ ތެރެއިން ބާކީ ހުރި ކަދުރު ތިރީގައިވާ ބަޔާންކުރެވިފައިވާ ގޮތަށް ބެހުމަށް ވަނީ ހަމަޖެހިފައެވެ. ކުރިން ކަދުރު ބަލައި ނުދުރުވާ ގެތަކުގެ ތެރެއިން ކަދުރު ބަލައި އަންނަ ތަރުތީބުން ލިބިފައިވާ ކަދުރު ހުސްވަންދެން ކޮންމެ ގޭބިސީއަކަށް (ގެއަކަށް) 1 ޕަކެޓް ކަދުރެވެ.
- ތާރީޚް: 26 ޖޫން 2022 ން 30 ޖޫން 2022 އަށް
- ގަޑި: ކޮންމެ ދުވަހެއްގެ މެންދުރުފަހު: 13:00 ން 14:00 އަށް
- ކަދުރު ދޫކުރުމަށް ހަމަޖެހިފައިވާތަން: ކުޅުދުއްފުށީ ސިޓީ ކައުންސިލް އިދާރާގެ ކައުންޓަރ
ވީމާ، ކަދުރު ބޭނުންވާ ގޭބިސީތަކުން ކަދުރާއި ޙަވާލުވުމަށް، ޙަވާލުވާ ފަރާތުގެ އައިޑީ ކާޑު ހިއްޕަވައިގެން މިމުއްދަތުގައި ވަޑައިގެން ދެއްވުމަށް ދަންނަވަމަވެ. އަދި މިމުއްދަތުގެ ފަހުން ނުގެންދަވާ ހުންނަ ކަދުރު އިތުރަށް ބެހުމުގެ މަސައްކަތް ކުރިއަށް ނުގެންދާނެކަމުގައި ދަންނަވަމަވެ.
23 ޖޫން 2022