ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)268/2022/26
ޕަބްލިޝްކުރި ތާރީޚް: 23 ޖޫން 2022
ޕަބްލިޝްކުރި ގަޑި: 12:54
ސުންގަޑި: 07 ޖުލައި 2022 14:00
ތިލަދުންމަތީ ދެކުނުބުރީ ނޭކުރެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލަށް ރައްޔިތުންގެ ހިޔާލު ހޯދުމަށް ހުޅުވާލުމާއި ގުޅޭ

ހދ.ނޭކުރެންދޫ އިން ބަންޑާރަގޯތި ދޫކުރުމަށްޓަކައި މިކައުންސިލުން އެކުލަވާލާފައިވާ އުޞޫލް "ހދ.ނޭކުރެންދޫއިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމާއިބެހޭ އުޞޫލު " އަށް ރައްޔިތުންގެ ހިޔާލު ހޯދުމަށް އާންމުކޮށް ޢިއުލާން ކުރަމެވެ.

ވީމާ، މިހާރު ތައްޔާރުކުރެވިފައިވާ އުސޫލަށް އެއްވެސް ހިޔާލެއް ހުށަހަޅަން ބޭނުންފުޅުވާނަމަ 07 ޖުލައި 2022 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ  ކުރިން މި އިދާރާއަށް ސިޓީއަކުން ހުށަހެޅުއްވުން އެދި ދެންނެވީމެވެ.

މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

23 ޖޫން 2022