މަސައްކަތް
ނަންބަރު: (IUL)370-ESMS SC/370/2022/18
ޕަބްލިޝްކުރި ތާރީޚް: 23 ޖޫން 2022
ޕަބްލިޝްކުރި ގަޑި: 12:12
ސުންގަޑި:
06 ޖުލައި 2022 13:30
ނިލަންދެއަތޮޅު އުތުރުބުރީ ފީއަލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ފ.ފީއަލީ މެޖިސްޓްރޭޓް ކޯޓްގެ އައު ޢިމާރާތުގެ މަސައްކަތް
ބީލަން ހުށަހެޅުމުގެ ދަޢުވަތު |
ފ.ފީއަލީ މެޖިސްޓްރޭޓް ކޯޓްގެ އައު ޢިމާރާތުގެ މަސައްކަތް
- ފ.ފީއަލީ މެޖިސްޓްރޭޓް ކޯޓްގެ އައު ޢިމާރާތް އެޅުމުގެ މަސައްކަތައް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
- މި މަސައްކަތް ކުރުމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާ ބީލަން ފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
- މި ބީލަމުގައި ބައިވެރިވުމަށް -/1000 ރުފިޔާ ( އެއްހާސް ރުފިޔާ ) ގެ ނޮން-ރިފަންޑަބަލް ރެޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހޭނެއެވެ. ފައިސާ ބަލައިގަންނާނީ 23 ޖޫން 2022 އިން 03 ޖުލައި 2022 އަށް، ބަންދު ނޫން ކޮންމެ ދުވަހެއްގެ 08:30 އިން 13:30 އަށް ފ.ފީއަލީ ކައުންސިލް އިދާރާއިންނެވެ. އަދި ފައިސާ ދެއްކުމަށްފަހު، ބީލަމަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތުގެ ނަމާއި އެޑްރެސް، ގުޅޭނެ ނަންބަރާއި އީ-މެއިލް އެޑްރެސް އަދި ފައިސާ ދެއްކި ރަސީދުގެ ކޮޕީ ތިރީގައިވާ އީމެއިލް އެޑްރެހަށް ފޮނުވަންވާނެއެވެ.
- މި މަސައްކަތާއި ބެހޭ އެންމެހައި ލިޔެކިޔުންތައް ގެޒެޓުގައި ޝާޢިއުކުރެވިފައިވާނެއެވެ. އެގޮތުން މި ބީލަމާ ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތައް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ.
- މި ބީލަމާގުޅޭގޮތުން ތައްޔާރުކުރެވިފައިވާ އެންމެހައި ލިޔެކިޔުންތައް ސޮފްޓްކޮޕީ ފޯރމެޓުގައި، ބީލަމަށް ރަޖިސްޓްރީކުރެވޭ ފަރާތްތަކުގެ އީމެއިލްއަށް ފޮނުވޭނެއެވެ.
- މި ޕްރޮޖެކްޓާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 04 ޖުލައި 2022 ވާ ހޯމަދުވަހުގެ 12:00 ގެ ކުރިން، ތިރީގައިވާ އީމެއިލް އެޑްރެހަށެވެ.
- މި ޕްރޮޖެކްޓްގެ ބިޑް ސެކިޔުރިޓީގެ ގޮތުގައި، ހުށަހަޅާ އަގުގެ 0.05 އިންސައްތަ ހުށަހަޅަން ޖެހޭނެއެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުން ފެށިގެން 90 ދުވަހެވެ.
- ބިޑް ހުޅުވުން އޮންނާނީ 06 ޖުލައި 2022 ވާ ބުދަ ދުވަހުގެ 13:30 ގައި މި އިދާރާގެ ކޮންފަރެންސް ހޯލްގައެވެ. ބިޑުތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކޮށްފައެވެ. އަދި ބޭރުގައި ބީލަމަށް ދީފައިވާ ނަން، ހުޅުވަން ކަނޑައަޅާފައިވާ ތާރިޚާއި ވަޤުތު އަދި ބިޑު ހުށަހަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.
- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑާއިގަންނަވާނެއެވެ.
ނިލަންދެއަތޮޅު އުތުރުބުރީ ފީއަލީ ކައުންސިލްގެ އިދާރާ
އަމީނީމަގު، ފ.ފީއަލީ، ދިވެހިރާއްޖެ.
ފޯން: 6740012، 7666594
އީމެއިލް: [email protected]
ކޮޕީ: [email protected] , [email protected]
1443 K 23
23 ޖޫން 2022
23 ޖޫން 2022