ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)383/383/2022/62
ޕަބްލިޝްކުރި ތާރީޚް: 23 ޖޫން 2022
ޕަބްލިޝްކުރި ގަޑި: 09:13
ސުންގަޑި: 17 ޖުލައި 2022 14:00
ކޮޅުމަޑުލު ވިލުފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޖަމްޢިއްޔާ ޖަމާޢަތްތަކުން ޖަމާޢަތުގެ ފައިދާއަށް ހިންގާ މަޝްރޫއުތަކަށް ފައިސާގެ އެހީއަށް އެދި ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން

މިރަށުގައި ހަރަކާތްތެރިވާ ޖަމްޢިއްޔާ ޖަމާޢަތްތަކުން ޖަމާޢަތުގެ ފައިދާއަށް ހިންގާ މަޝްރޫއުތަކާއި ހަރަކާތްތައް ހިންގުމަށް ފައިސާގެ އެހީއަށް އެދި ޕްރޮޕޯސަލް ހުށަހެޅުމަށް ހުޅުވާލަމެވެ. އެހީއަށް އެދި ހުށަހެޅޭނީ ޤާނޫނު ނަންބަރު 1/2003 (ޖަމްޢިއްޔާތަކާބެހޭ ޤާނޫނު) އާއި، އެ ޤާނޫނުގެ ދަށުން ހެދިފައިވާ ޤަވާޢިދުތަކާއި އެއްގޮތަށް ރަޖިސްޓްރީކޮށް ހިންގަމުންދާ ޖަމްޢިއްޔާ ޖަމާޢަތްތަކަށް އެކަންޏެވެ. މި ފިޔަވަހީގައި އެހީ ދިނުމަށް ހަމަޖެހިފައި ވަނީ 02 (ދޭއް) ކެޓަގަރީ އަކަށް ބަހާލައިގެންނެވެ. އެގޮތުން ކެޓަގަރީ ތަށް ބެހިފައިވާ ގޮތުގެ މައުލޫމާތު ތިރީގައި އެވަނީއެވެ.

ކެޓަގަރީ

ދާއިރާތަށް

އެހީގެ މިންވަރު

ކެޓަގަރީ 1

އުމްރާނީ ތަރައްޤީ

-/50،000 (ފަންސާސް ހާސް ރުފިޔާ)

ކެޓަގަރީ 2

އެހެނިހެން ދާއިރާތަށް

-/50،000 (ފަންސާސް ހާސް ރުފިޔާ)

ޕްރޮޕޯސަލް ހުށަހެޅުމުގެ ސުންގަޑިއަކީ 2022 ޖުލައި 17 ވަނަ ދުވަހުގެ 14:00 އަށެވެ. ޖަމާޢަތުގެ ފައިދާއަށް ހުށަހެޅޭ މަޝްރޫއުތަކަށް ޕްރޮޕޯސަލް ހުށަހަޅާނީ، އެކަމަށްޓަކައި ކައުންސިލުން އެކުލަވާލާފައިވާ އުޞޫލުގައިވާ ފޯމެޓާއި އެއްގޮތަށް، އޭގައިވާ ލިޔުންތަކާއެކުގައެވެ.

މިކަމާގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވެލައްވާ ފަރާތްތަކުން ސަރުކާރު ބަންދުނޫން ދުވަސްތަކުގެ ރަސްމީގަޑީގައި މިއިދާރާގެ ނަންބަރު 6780701/7977727 އަށް ގުޅުއްވުން އެދެމެވެ.

23 ޖޫން 2022