މަސައްކަތް
ނަންބަރު: GS141/MIS/2022/05
ޕަބްލިޝްކުރި ތާރީޚް: 22 ޖޫން 2022
ޕަބްލިޝްކުރި ގަޑި: 16:33
ސުންގަޑި: 28 ޖޫން 2022 13:00
ހިންމަފުށީ ސްކޫލް
ދިވެހިރާއްޖެ
އެކްޓިވިޓީ ޔުނީފޯމް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމާއިބެހޭ

ހިންމަފުށީ ސްކޫލް

ކ.ހިންމަފުށި،/ ދިވެހިރާއްޖެ.

    ނަންބަރު: GS141/MIS/2022/05

  އިޢުލާން

 

 

  އެކްޓިވިޓީ ޔުނީފޯމް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމާއިބެހޭ

މިސްކޫލްގެ ދަރިވަރުންގެ އެކްޓިވިޓީ ޔުނީފޯމް މިސްކޫލުންދޭ ނަމޫނާ އާއި އެއްގޮތަށް ތައްޔާރުކޮށް ފޯރުކޮށްދޭނެ ފަރާތެއް ބޭނުންވެއެވެ.

 

މިމަސައްކަތް ކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 2022 ޖޫން 28 ވާ އަންގާރަ ދުވަހުގެ 13:00 އަށް މިސްކޫލަށް  ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2022 ޖޫން 30 ވާ ބުރާސްފަތި ދުވަހު 13:00 އަށް މިސްކޫލަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

 މައުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީ ހިސާބު ބަލަނުގަނެވޭނެއެވެ.

ބީލަން ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ( ޤާނޫނު ނަންބަރު 2014/18 ) އަދި އަމިއްލަ ފަރުދުންގެ ވިޔަފާރިޤާނޫނު ނަންބަރު:2014/19 ) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ

އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތުގެ ބަދަލުގައި އެހެން ފަރާތަކުން އަންދާސީހިސާބު ހުށަހަޅުއްވާނަމަ އަންދާސީހިސާބު ހުށަހަޅާ ވެރިފަރާތުގެ ސިޓީއަކާއިއެކު ހުށަހަޅުއްވާ ފަރާތް ދުރުވެދެއްވުން އެދެމެވެ.

 

  • އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ: ރަސްމީ ގަޑީގައި 6640585 ފޯނާއި ގުޅުއްވުމުން މަޢުލޫމާތު ސާފުވެލައްވާނެއެވެ. ވީމާ މިކަން އާންމުކޮށް އަންގާ އިޢުލާން ކުރަމެވެ.

 

 

22  ޒުލްޤައިދާ 1443

22 ޖޫން 2022

22 ޖޫން 2022