ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)417-ESMS/417/2022/58
ޕަބްލިޝްކުރި ތާރީޚް: 21 ޖޫން 2022
ޕަބްލިޝްކުރި ގަޑި: 14:38
ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ގދ.ހޯނޑެއްދޫގައި ވަގުތީގޮތުން މަގުބަންދު ކުރުމާއިބެހޭ ޤަވާއިދަށް ޢަމަލުކުރަން ފެއްޓުމާއިގުޅޭ؛
2013 ވަނަ އަހަރު ފާސްކޮށް ގެޒެޓްކޮށްފައިވާ ހުވަދުއަތޮޅު ދެކުނުބުރި ހޯނޑެއްދޫގައި ވަގުތީ ގޮތުން މަގު ބަންދުކުރުމާބެހޭ ޤަވާޢިދުގެ 9 ވަނަ މާއްދާގެ (ނ) އިސްލާޙްކޮށް މަގު ބަންދުކުރުމުގެ ފީ ނެގުމަށް ހޯނޑެއްދޫ ކައުންސިލްގެ 4 ވަނަ ދައުރުގެ 59 ވަނަ ޢާންމު ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައިވާތީ ދަންނަވަމެވެ. 2022 ޖޫން 08 ވަނަ ދުވަހުން ފެށިގެން މަގުމަތީގައި އެއްވެސް މަސައްކަތެއްކުރާނަމަ އެޤަވާއިދުގައި ބަޔާންކޮށްފައިވާ ފީ ކައުންސިލަށް ދެއްކުމަށްފަހު ކައުންސިލުން ދޫކުރާ މަގު ބަންދުކުރުމުގެ ބޯޑް ބަހައްޓައިގެން މަގުމަތީގެ މަސައްކަތްތައް ކުރިއަށްގެންދެވުން އެދެމެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
21 ޖޫން 2022