ބީލަން
ނަންބަރު: (IUL)230-AHI/230/2022/40
ޕަބްލިޝްކުރި ތާރީޚް: 22 ޖޫން 2022
ޕަބްލިޝްކުރި ގަޑި: 14:12
ސުންގަޑި: 18 ޖުލައި 2022 13:00
މާޅޮސްމަޑުލު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބ.ހޮރުބަދޫ ބިންމަތީފަރު ފަޅުގައި މެރިކަލްޗަރ ފާމެއް ތަރައްޤީކުރާނެ ފަރާތެއް ހޯދުން

ޕްރޮޕޯސަލް ހުށަހެޅުމުގެ ދައުވަތު

ބ.ހޮރުބަދޫ ބިންމަތީފަރު ފަޅުގައި މެރިކަލްޗަރ ފާމެއް ތަރައްޤީކުރާނެ ފަރާތެއް ހޯދުން

                     ބ.ހޮރުބަދޫ ބިންމަތީފަރު ފަޅުގައި މެރިކަލްޗަރ ފާމެއް ތަރައްޤީކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމަށް އެދި ހުޅުވާލަމެވެ.

                    ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 29 ޖޫން 2022 ވާ ބުދަ ދުވަހުގެ 13:30ގެ ކުރިން މިއިދާރާއަށް ވަޑައިގެން ނުވަތަ [email protected] އަށް އީމެއިލް ކުރައްވައިގެން ބީލަމުގައި ރަޖިސްޓްރީވުމަށްފަހު، 18 ޖުލައި  2022 ވާ ހޯމަ ދުވަހުގެ 13.00 އަށް މިކައުންސިލަށް ވަޑައިގެން ޕްރޮޕޯސަލް ހުށަހެޅުއްވުމަށް ދަންނަވަމެވެ.

  • §        ބީލަން/ޕްރޮޕޯސަލް ހުށަހަޅާ ފަރާތްތަކުން ސަމާލުކަން ދޭންވީ ބައެއް ނުކުތާތައް:

1-      ބީލަމަށް ރަޖިސްޓްރީވުމަށް އެދޭ ސޯލް ޕްރޮޕަރިއޭޓަރޝިޕް، ޕާޓްނަރޝިޕް ނުވަތަ ކުންފުންނިތަކުން އެފަރާތުގެ ވިޔަފާރީގެ ނަން، ރަޖިސްޓްރީ ނަންބަރު، ގުޅޭނެ ނަންބަރު އަދި އީމެއިލް އެޑްރެސް، ބީލަމުގައި ރަޖިސްޓްރީވާއިރު ނުވަތަ [email protected]  އީ-މެއިލް މެދުވެރިކޮށް ފޮނުއްވަންވާނެއެވެ.

2-      ބީލަން/ޕްރޮޕޯސަލް ހުށަހަޅާ ފަރާތުގެ ބަދަލުގައި އެހެން ފަރާތަކުން ވަޑައިގަންނަވާނަމަ، އެމީހަކީ އެވިޔަފާރީގެ ފަރާތުން ކަނޑައަޅާފައިވާ ފަރާތެއްކަން އެނގޭނެފަދަ ލިޔުމެއް ނުވަތަ ބޯޑު ރިޟޮލިއުޝަނެއް ހުށަހަޅަންވާނެއެވެ.

3-      މި ބީލަމާއިގުޅޭގޮތުން  އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ،  29 ޖޫން 2022 ވާ ބުދަ ދުވަހުގެ 13:30ގެ ކުރިން، މިއިދާރާއަށް ލިޔުމުން ހުށަހަޅުއްވާ ނުވަތަ އީމެއިލް މެދުވެރިކޮށްނަމަ[email protected]  އަށް ހުށަހެޅުއްވުން އެދެމެވެ. ފޯނުން މައުލޫމާތު ދިނުމަށް ހަމަޖެހިފައިނުވާ ވާހަކަވެސް ދަންނަވަމެވެ.

4-      ބީލަން/ޕްރޮޕޯސަލް ހުޅުވުން އޮންނާނީ  18  ޖުލައި 2022 ވާ ހޯމަ ދުވަހުގެ 13:05 ގައި މާޅޮސްމަޑުލު ދެކުނުބުރީ އަތޮޅު ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައި، ބީލަން/ޕްރޮޕޯސަލް ހުށަހެޅި އެންމެހާ ފަރާތްތަކުގެ ހާޒިރުގައެވެ. ބީލަން/ޕްރޮޕޯސަލްތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީ އުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

                      މިހެންވެ މިކަން އާއްމުކޮށް އަންގާ އިއުލާން ކުރީމެވެ.

                      22 ޛުލްޤައިދާ  1443

22 ޖޫން 2022