ބީލަން
ނަންބަރު: (IUL)332-ADHR/332/2022/52
ޕަބްލިޝްކުރި ތާރީޚް: 22 ޖޫން 2022
ޕަބްލިޝްކުރި ގަޑި: 11:40
ސުންގަޑި: 30 ޖޫން 2022 00:00
މާލެއަތޮޅު ދިއްފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަށުގެ އެކިސަރަޙައްދު ތަކުގައިހުރި ރައްޔިތުންގެ ރުއްތައް ވަރުވާއަށް ދޫކުރުން

ރަށުގެ އެކިސަރަޙައްދު ތަކުގައިހުރި ރައްޔިތުންގެ ރުއްތައް ވަރުވާއަށް ދޫކުރުން

  1. ރަށުގެ އެކިސަރަޙައްދު ތަކުގައިހުރި ރައްޔިތުންގެ ރުއްތައް ވަރުވާއަށް ދޫކުރުމަށް ބޭނުންވެއެވެ. ވީމާ، މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ދައުވަތު މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
  2. ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުން ކުރިޔަށްދާނީ 22 ޖޫން 2022 ން 30 ޖޫން 2022 އަށް، ބަންދުނޫން ކޮންމެ ދުވަހަކު 9:30 ން 13:30 ށެވެ. ރަޖިސްޓްރީ ކުރެވޭނީ މިއިދާރާގެ ނަމްބަރު:6640071 ފޯނާ ގުޅައިގެންނެވެ.
  3. ބީލަމުގައި ރަޖިސްޓްރީވެވޭނީ ކ. ދިއްފުށީގެ ރަށްވެހިންނަށެވެ.
  4. މިމަސައްކަތާއި ގުޅޭ އެންމެހައި ލިޔެކިއުންތައް 22 ޖޫން 2022 ން ފެށިގެން ސޮފްޓް ކޮޕީ ފޯމެޓްގައި މި އިދާރާއިން ލިބެން ހުންނާނެއެވެ. އަދި ބީލަމާއި ގުޅިގެން ދޫކުރެވޭ އެންމެ ފަހުގެ މައުލޫމާތުތައް މިއިދާރާއިން ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ.
  5. ޕްރޮޖެކްޓާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ، 30 ޖޫން 2022 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް މެއިލް ކުރަންވާނެއެވެ.
  6. ބީލަން ހުށަހެޅުމާއި، ބީލަން ހުޅުވުން އޮންނާނީ 03 ޖުލައި 2022 ވާ އާދީއްތަ ދުވަހުގެ 11:00 ގައި މި އިދާރާގެ މީޓިންގ ހޯލްގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ.
  7. އިތުރު މައުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

މާލެއަތޮޅު ދިއްފުށި ކައުންސިލްގެ އިދާރާ

ސަލީމީހިގުން، ކ.ދިއްފުށި

ފޯން: 6640071

އީމެއިލް: [email protected]

22 ޖޫން 2022