ދިވެހިރާއްޖެ
މިރަށުގެ މަގުތަކާއި އިޖްތިމާޢި ސަރަހައްދު ތަކުގައި ޖަހާފައިވާ ބައްތިތައް މަރާމާތުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަމްބަރ: (IUL)280-PRO/INDIV/2022/27 (16 މޭ 2022) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން ޝައުޤުވެރިކަން ފާޅުކޮށްފައި ނުވާތީ އެއިޢުލާން ބާތިލްކޮށް އަލުން އެފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މިމަސައްކަތަށް ބޭނުންވާ ތަކެތި ދިނުމުން، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން މިއިދާރާއަށްދުރުވެ، މަޢުލޫމާތު ސާފްކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުންއެދެމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާއިރު ހުށަހަޅުއްވާ ފަރާތުގެ އައިޑީކާޑުގެ ކޮޕީއަކާއެކު ހުށަހެޅުއްވުންއެދެމެވެ. ބަދަލުގައި ބޭފުޅަކު ފޮނުއްވާ ނަމަ ބަދަލުގައި ފޮނުވާފަރާތުގެ ނަމާއި އެޑްރެސް އެނގޭގޮތަށް ހުށަހަޅާފަރާތުގެ ސިޓީއަކާއެކު ހުށަހެޅުއްވުންއެދެމެވެ.
- މަޢުލޫމާތު ސާފްކުރެއްވުމަށް ވަޑައިގަންނަވާނީ 2022 ޖޫން 23 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް ޅައިމަގު ކައުންސިލްގެ އިދާރާއަށެވެ.
- އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާނީ 2022 ޖޫން 29 ވާ ބުދަ ދުވަހުގެ 11:00 އަށް ޅައިމަގު ކައުންސިލްގެ އިދާރާއަށެވެ.
މަޢުލޫމާތު ސާފްކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށާއި ގަޑިޖެހިގެން ވަޑައިގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަވެސް މަޢުލޫމާތައްޓަކާ ދެންނެވީމެވެ.
އަންދާސީ ހިސާބު ހުށަހެޅުން:
އަންދާސީ ހިސާބު ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި އިޢުލާން ނަންބަރާއި ބިޑްކުރެވޭ މަސައްކަތް ލިޔެ، އެޑްރެސްކުރެވިފައި އޮންނަންވާނެއެވެ.
މިހެންވެމިކަން ޢާންމުކޮށް އެންގުމަށްޓަކާ އިޢުލާންކުރީމެވެ.