ވަޒީފާގެ ފުރުޞަތު
ނަންބަރު: 188-SHRD/IUL/2014/62
ޕަބްލިޝްކުރި ތާރީޚް: 18 ސެޕްޓެންބަރު 2014
ޕަބްލިޝްކުރި ގަޑި: 13:56
ސުންގަޑި: 02 އޮކްޓޫބަރު 2014 14:30
ސިވިލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
ހިއުމަން ރިސޯސް އޮފިސަރ

ހިއުމަން ރިސޯސް އޮފިސަރ

މަޤާމު:

އެމް.އެސް 2

ރޭންކް:

ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ކްލެސިފިކޭޝަން:

ހިއުމަން ރިސޯސް އޮފިސަރ

ޑިވިޜަން:

-/6295 ރުފިޔާ

މުސާރަ:

-/2000 ރުފިޔާ

ސަރވިސް އެލަވަންސް:

-/3000 ރުފިޔާ

ލިވިންގ އެލަވަންސް

އެހެން ވަޒީފާއެއް އަދާކުރުން މަނާކުރާތީ ދޭ އެލަވަންސް: 2203/25 ރުފިޔާ

އެހެނިހެން އެލަވަންސް:

އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

އޯވަރޓައިމް އެލަވަންސް:

01

ބޭނުންވާ އަދަދު:

  1. ހިއުމަން ރިސޯސް މެނޭޖްމެންޓުގެ ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

ތަޢުލީމާއި ތަޖުރިބާ:

 

  1. ސިވިލް ސަރވިސްގެ ވަޒީފާތަކުގެ ކްލެސިފިކޭޝަން ސިސްޓަމް އާއި ގްރޭޑިންގ ސިސްޓަމް އެކުލަވާލުމާއި، ސިވިލް ސަރވިސްގެ ވަޒީފާތަށް އިވެލުއޭޓް ކުރުމުގެ މަސައްކަތް ބެލެހެއްޓުމާއި ހިންގުން. 
  2. ސިވިލް ސަރވިސްގެ ވަޒީފާތަކުގެ މުސާރައާއި އިނާޔަތްތަކުގެ އޮނިގަނޑު އެކުލަވާލުމާއި، ސިވިލް ސަރވިސްގައި ހިމެނޭ އިދާރީ އަދި ފަންނީ މަޤާމުތަކާއި އެހެނިހެން މަޤާމުތަކުގެ ޝަރުޠުތަކުގެ އޮނިގަނޑު އެކުލަވާލައި މުރާޖަޢާ ކުރުމުގެ މަސައްކަތް ކުރުމާއި ބެލެހެއްޓުން.
  3. ސިވިލް ސަރވިސްގައި ހިމެނޭ އޮފީސްތަކުގެ އިދާރީ އޮނިގަނޑު މުރާޖަޢާ ކުރުމުގެ މަސައްކަތް ކުރުމާއި ބެލެހެއްޓުން.
  4. ސެކްޝަނުގެ އެހެން ޔުނިޓުތަކުގެ މުވައްޒަފުންނާއެކު ޓީމެއްގެ ގޮތުގައި މަސައްކަތް ކުރުން އަދި އެ ޔުނިޓުތަކުގެ މަސައްކަތްތަކުގައި އެހީތެރިވެދިނުން.
  5. ޙަވާލުވެފައިވާ މަސައްކަތްތަކާ ގުޅިގެން އަދާކުރަންޖެހޭ އެހެނިހެން މަސްއޫލިއްޔަތުތައް އަދާކުރުން.
  6. ކޮމިޝަނުގެ އިދާރާގެ މަސައްކަތްތަކުގެ ތެރެއިން ސެކްރެޓަރީ ޖެނެރަލް ހަވާލުކުރާ މަސައްކަތްތައް ކުރުން.

މަޤާމުގެ މަސްއޫލިއްޔަތު:

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚު:

02 އޮކްޓޫބަރު 2014 ވާ ބުރާސްފަތި ދުވަހުގެ މެންދުރު ފަހު 14:30 ގެ ކުރިން ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާގެ (ހ. ވެލާނާގެ 12 ވަނަ ފަންގިފިލާ)

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު
  2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި، މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  4. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނަ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  5. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ).

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ތަޢުލީމާއި ތަމްރީނު (ކަނޑައެޅިފައިވާ އިންސައްތަ: %38)
  • މަސައްކަތުގެ ތަޖުރިބާ (ކަނޑައެޅިފައިވާ އިންސައްތަ: %8)
  • އިންޓަވިއު އަދި ޕްރެޒެންޓޭޝަން (ކަނޑައެޅިފައިވާ އިންސައްތަ: %54)    

އިންޓަވިއު އަދި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު 2014 އޮކްޓޫބަރު 08 އާއި 2014 އޮކްޓޫބަރު 16 އާ ދެމެދު މާލޭގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

 

 

 

 

 

 

 

 

 

 

 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3307302 ނުވަތަ 3307307 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 3303648 އެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ. އިތުރު މަޢުލޫމާތު މި ކޮމިޝަންގެ ވެބްސައިޓް http://www.csc.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ.

23 ޛުލްޤަޢިދާ 1435

18 ސެޕްޓެންބަރު 2014