ދިވެހިރާއްޖެ
ވ.ކެޔޮދޫ ޞިއްޙީމަރުކަޒުގައި ބޭނުންކުރަމުންދާ އެމްބިއުލާންސް މަރާމާތު ކުރުމަށް 2 ޖުލައި 2014 ވަނަ ދުވަހު ކުރި މިހޮސްޕިޓަލްގެ ނަންބަރު: IUL)VAH/J4-HC/2014/5) އިޢުލާން ބާޠިލުކޮށް، އަލުން މިދަންނަވާ މަރާމާތުކޮށް, އިންޖީނު އޯވަރހޯލް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
މޮޑެލް ނަންބަރު : |
NISSAN – KR-SKF2MN |
ޗެސިސް ނަންބަރު : |
SKF2MN-100112 |
އިންޖީނު / މޯޓަރު އުފެއްދި ކުންފުނި : |
NISSAN |
އިންޖީނު / މޯޓަރ ސީރިއަލް ނަންބަރު : |
RF-873291 |
އިންޖީނު / މޯޓަރ ކެޕޭޝިޓީ : |
1990.00 cc |
ބާވަތް : |
B1 |
ހަކަތަގެ ބާވަތް : |
DIESEL |
އުފުލޭ މީހުންގެ އަދަދު : |
06 |
ކުރަންހުރި މަރާމާތުތަކުގެ ތަފުސީލު :
- އިންޖީނު އޯވަރހޯލްކުރުން.
- އެއަރކޯން ސިސްޓަމް މަރާމާތު ކުރުން.
- އެމްބިއުލާންސްގެ އެތެރޭގެ ލައިޓް ކޮމްޕްލީޓް މަރާމާތު ކުރުން.
މި އިޢުލާނާ ގުޅޭގޮތުން މަޢުލޫމާތު ސާފުކުރުން އޮންނާނީ 1 އޮކްޓޫބަރު 2014 ވާ ބުދަ ދުވަހުގެ 10:00 ގައި ކެޔޮދޫ ޞިއްޙީމަރުކަޒުގައި ނުވަތަ ވ.އަތޮޅު ހޮސްޕިޓަލްގައެވެ. އަންދާސީހިސާބު ހުށަހެޅުމަށާއި، މަޢުލޫމާތު ސާފުކުރުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ، އަންދާސީހިސާބު ހުށަހަޅާ ފަރާތުގެ ސިޓީއަކާއެކު ފޮނުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ހާޒިރުނުވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
ވީމާ، މި މަރާމާތުތައް އަމިއްލަތަކެތީގައި ކޮށްދެއްވުމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން 7 އޮކްޓޫބަރު 2014 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން ކެޔޮދޫ ޞިއްޙީމަރުކަޒަށް ނުވަތަ ވ.އަތޮޅު ހޮސްޕިޓަލަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
23 ޛުލްޤަޢިދާ 1435