ދިވެހިރާއްޖެ
`
މިނިސްޓްރީ އޮފް ހޯމްއެފެއާޒް
މާލެ، ދިވެހިރާއްޖެ
ނަންބަރު: IUL 10-F/10/2022/117
އިޢުލާން
މި މިނިސްޓްރީގެ ލޯންޗަށް 2 (ދޭއް) އިންޖީނު (ސްޕެސިފިކޭޝަންސް:Outbound engine 300HP with propeller, Power assist unit and complete installation) ވިއްކާ، އެ 2 (ދޭއް) އިންޖީނު އިންސްޓޯލް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ، މި ބީލަމުގައި ބައިވެރިވެލައްވަން ޝައުގުވެރިވާ ފަރާތްތަކަކުން 23 ޖޫން 2022 ވާ ބުރާސްފަތި ދުވަހުގެ 12:00 އަށް މިނިސްޓްރީ އޮފް ހޯމްއެފެއާޒް/ވެލާނާގެ 10 ވަނަ ފަންގިފިލާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރައްވާ 28 ޖޫން 2022 ވާ އަންގާރަ ދުވަހުގެ 13:00އަށް މިނިސްޓްރީ އޮފް ހޯމްއެފެއާޒް/ވެލާނާގެ 10 ވަނަ ފަންގިފިލާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މި މިނިސްޓްރީ އިން ހޯދުމަށް ބޭނުންވާ 2 (ދޭއް) އިންޖީނާއި ގުޅޭ ޓީ.އޯ.އާރް މި އިޢުލާނާއި އެއްކަރުދާސް ކުރެވިފައިވާނެއެވެ.