ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)343-AS/343/2022/53
ޕަބްލިޝްކުރި ތާރީޚް: 21 ޖޫން 2022
ޕަބްލިޝްކުރި ގަޑި: 14:31
ސުންގަޑި: 29 ޖޫން 2022 13:30
އަރިއަތޮޅު އުތުރުބުރީ ބޮޑުފޮޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އއ.ބޮޑުފޮޅުދޫ ކައުންސިލްގެ ރެންޓަލްސް އިމާރާތް މަރާމާތުކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެފަރާތެއް ހޯދުމާއި ގުޅޭ:

އިޢުލާނު

 

އއ.ބޮޑުފޮޅުދޫ ކައުންސިލްގެ ރެންޓަލްސް އިމާރާތް މަރާމާތުކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެފަރާތެއް ހޯދުމާއި ގުޅޭ:

އއ.ބޮޑުފޮޅުދޫ ކައުންސިލްގެ ރެންޓަލްސް އިމާރާތް މަރާމާތުކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެފަރާތެއް  ހޯދުމަށް ބޭނުންވެއްޖެއެވެ. މިގޮތުން ތިރީގައި ބަޔާންކުރެވިފައިވާ މަސައްކަތްތަކާއި ތަކެތީގެ އަގުބަޔާންކޮށް ޕްރޮޕޯސަލް ހުށަހެޅުއްވުމަށް ދަންނަވަމެވެ.

     

ރެންޓަލްސްބައި މަރާމާތުގެ ތަފްސީލް

1. ރެންޓަލްސްބައިގެ މަގުމަތީފާރު ތަޅާލައި، އެތެރޭން ފާރެއްރާނައި ދެފުށުން ސިމެންތި ޖަހައި ، ކުލަލައި ފާރާގުޅޭ އެންމެހާ ކަންކަން ނިންމުން.

2. ރާނާ ފާރުގައި، ކައުންސިލުން ކަނޑައަޅާ ސަރަހައްދެއްގައި 7 ފޫޓު އުސް ، 6 ފޫޓު ފުޅާ، ދެފަޅި ލަކުޑި ދޮރެއް ހަރުކޮށް ، ތަޅުލައި ، ދޮރާއި ގުޅުންހުރި އެންމެހާ ކަންކަން ނިންމުން.

3. އިމާރާތުގެ އަސްކަންޏާ ދިމާއިން މަގަށް ދިޔަތޮއި ހަރުކޮށް ދިޔަދޮތްވާ ގުޅުންހުރި އެންމެހާ ކަންކަން ނިންމުން. މިމަސައްކަތުގެ ބައެއްގެ ގޮތުގައި ދިޔަދޮވިން ގެންބިމަށް ބޭލުމަށް 3 އިންޗީގެ ހޮޅުއެއް ހަރުކޮށް، އެހޮޅިންފައިބާ ފެން، ބިމަށް ހިނދޭނެ ގޮތަށް، ހޮޅި ބިމަށް ބާލާފައިވާ ދިމާއިން ކާނެއް ހަދައި، ކާނު ބަހައްޓާ ތަނުގެ އަށިއަށް 3 ފޫޓް 3 ފޫޓޫގެ ވަޅުގަނޑެއް ކޮނެ، ވަޅަށް އަކިރި ނުވަތަ އޮށްގާ އަޅައި، އޭގެމަތީގައި ކާނު ބެހެއްޓުން.

4. އިމާރާތުގެ އެތެރޭގައި ތެޅުމުގައި، އެވަރެޖް ކޮލިޓިއެއްގެ  މުށީޖަހައި، މުއްޓާ ގުޅުންހުރި އެންމެހާ ކަންކަން ނިންމުން.

5. އިމާރާތުގެ އެތެރެއާއި ބޭރުފެންޑާ އަދި އަސްކަނީ، ރާވާސީލިންގ ބޭނުންކޮށްެގެން ސީލިންކޮށް، ސީލިންގާ ގުޅުންހުރި އެންމެހާ ކަންކަން ނިންމުން.

6. ކައުންސިލުން ކަނޑައަލާ 2 ދިމާއެއްގައި 10 އިންޗީގެ 2 އެގްޒޯސް ބެހެއްޓުން.

7. އިމާރާތުގެ އެތެރޭގައި ކައުންސިލްގެ ލަފާގެ މަތިން އޮރިއެންޓް ބްރޭނޑްގެ 02 ފަންކާ ހަރުކުރުން.

8. ކައުންސިލުން ކަނޑައަލާ 2 ދިމާއެއްގައި އޭސީ 02 ސޮކެޓް ބެހެއްޓުން.

9. ކައުންސިލުން ކަނޑައަލާ 2 ދިމާއެއްގައި 02 އެމަޖެންސީ ލައިޓް ބެހެއްޓުން.

10. އިމާރާތުގެ އެތެރޭގައި ލެޑް ޑައުން ލައިޓްގެ 04 ލައިޓް އަދި ބޭރުގައި 02 ލައީޓް ހަރުކުރުން.

11.  ކައުންސިލުން ކަނޑައަލާ 5 ދިމާއެއްގައި ދެސކެޓުން ސެސޮކެޓުން 10 ސޮކެޓް ހަރުކުރުން.

12. އިމާރާތުގެ ފެންޑާގެ ގޮތުގައި ދޫކުރެވުނު ސަރަހައްދުގައި ތަޅުންއަޅައި އޮމާންކޮށް، ތަޅުމާގުޅުންހުރި އެންމެހާ ކަންކަން ކުރުން.

13. ކައުންސިލުން ކަނޑައަޅާ ތަނެއްގައި. ކައުންސިލުން ދޭ ނަމޫނާއަކާ އެއްގޮތަށް ނަމްބޯޑު ހަރުކުރުން.

14. ބަޔާން ކުރެވިފަވާ ލައިޓާއި ފަންކާ އަދި ސްވިޗް ހަރުކުރުމާއެކު ކަރަންޓް ވައިރިންނަށް ގެންނަންޖެހޭ އެންމެހާ ބަދަލެއްގެނެސް، ކަރަންޓް ވައިރިން އެޅުން.                                      

 

މިކަމަށް ޝައުޤުވެރުވެލައްވާ ފަރާތްތަކުން މަސައްކަތްކޮށްދޭނެ އަގު ބަޔާންކޮށް 2022 ޖޫން 29ވާ ބުދަ ދުވަހުގެ 13:30ގެ ކުރިން މި އިދާރާއަށް ޕްރޮޕޯސަލް ހުށައެޅުއްވުމަށް ދަންނަވަމެވެ. މިގޮތުން ހުށައެޅޭ ޕްރޮޕޯޝަލްތައް ކެނޑުން އޮންނާނީ ހުށައަޅާ ފަރާތްތަކުގެ ހާޒިރުގައި 2022 ޖޫން 29ވާ ބުދަ ދުވަހުގެ 13:30ގައި ބޮޑުފޮޅުދޫ ކައުންސިލްގެ އިދާރާގައެވެ. ބަދަލުގައި ބޭފުޅުން ފޮނުވާ ފަރާތްތަކުން، ކޮންފަރާތަކުން ފޮނުވާ ބޭފުޅެއްކަން އެނގޭނެ ލިޔުމަކާއެކު ބަދަލުގައި ބޭފުޅަކު ފޮނުވިދާނެއެވެ. އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6660900 ނަންބަރާއެވެ.

ވީމާ، މިކަން އެންގުމަށްޓަކައި އާއްމުކޮށް އިޢުލާންކުރަމެވެ.

21 ޖޫން 2022

21 ޖޫން 2022