ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)343-AS/343/2022/52
ޕަބްލިޝްކުރި ތާރީޚް: 21 ޖޫން 2022
ޕަބްލިޝްކުރި ގަޑި: 14:31
ސުންގަޑި: 29 ޖޫން 2022 13:00
އަރިއަތޮޅު އުތުރުބުރީ ބޮޑުފޮޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އއ.ބޮޑުފޮޅުދޫ ބައު އިންޖީނުގެ އިމާރާތް އެޕާރޓްމަންޓަކަށް ބަދަލުކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެފަރާތެއް ހޯދުމާއި ގުޅޭ:

އިޢުލާނު

 

އއ.ބޮޑުފޮޅުދޫ ބައު އިންޖީނުގެ އިމާރާތް އެޕާރޓްމަންޓަކަށް ބަދަލުކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެފަރާތެއް ހޯދުމާއި ގުޅޭ:

އއ.ބޮޑުފޮޅުދޫ ބައު އިންޖީނުގެ އިމާރާތް އެޕާރޓްމަންޓަކަށް ބަދަލުކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެފަރާތެއް  ހޯދުމަށް ބޭނުންވެއްޖެއެވެ. މިގޮތުން ތިރީގައި ބަޔާންކުރެވިފައިވާ މަސައްކަތްތަކާއި ތަކެތީގެ އަގުބަޔާންކޮށް ޕްރޮޕޯސަލް ހުށަހެޅުއްވުމަށް ދަންނަވަމެވެ.

                                                                       

ބައު އިންޖީންގެ މަރާމާތު މަޢުލޫމާތު ޝީޓް

 

1. ފުރާޅުގައިވާ ޓިނުނަގައި އާދައިގެ އައުޓިނު ޖެހުން.

2. ކޭބަލްޓީވީ ރޫމް ފިޔަވައި މުޅި އިމާރާތުގެ ތަޅުންގަނޑު އަލުން އެޅުން.

3. އިމާރާތުގެ ފާރުގައިވާ ބާތަކާއި ރެނދުތައް ބެއްދުން.

4. އިމާރާތުގެ އެތެރޭގައި ތެޅުމުގައި، އެވަރެޖް ކޮލިޓިއެއްގެ  މުށީޖަހައި، މުއްޓާ ގުޅުންހުރި އެންމެހާ ކަންކަން ނިންމުން.

5. އިމާރާތުގެ އެތެރެއާއި ބޭރުފެންޑާ އަދި އަސްކަނީ، ރާވާސީލިންގ ބޭނުންކޮށްެގެން ސީލިންކޮށް، ސީލިންގާ ގުޅުންހުރި އެންމެހާ ކަންކަން ނިންމުން.

7. އިމާރާތުގައި ހެދެގެންދާ ދެކޮޓަރީގައި ކައުންސިލްގެ ލަފާގެ މަތިން އޮރިއެންޓް ބްރޭނޑްގެ 04 ފަންކާ ހަރުކުރުން.

8. ދެކޮޓަރީގައި ކައުންސިލުން ކަނޑައަލާ 2 ދިމާއެއްގައި އޭސީ 02 ސޮކެޓް ބެހެއްޓުން.

9. ކައުންސިލުން ކަނޑައަލާ 2 ދިމާއެއްގައި 02 އެމަޖެންސީ ލައިޓް ބެހެއްޓުން.

10. އިމާރާތުގެ އެތެރޭގައިވާ ދެރޫމުގައި 2 ލެޑްލައިޓް، ކިޗަން އޭރިޔާގައި 3 ލެޑް ޑައުން ލައިޓް އަދި ފެންޑާގައި 3 ލެޑް ޑައުން ލައިޓް ހަރުކުރުން.

11.  ކޮންމެ ކޮޓަރިއެއްގައި ކައުންސިލުން ކަނޑައަޅާ ތަންތާގައި ޖުމްލަ 4 ސޮކެޓް ހަރުކުރުން.

12. އިމާރާތުގެ ފެންޑާގެ ގޮތުގައި ދޫކުރެވުނު ސަރަހައްދުގައި ތަޅުންއަޅައި އޮމާންކޮށް، ތަޅުމާގުޅުންހުރި އެންމެހާ ކަންކަން ކުރުން.

13. ކައުންސިލުން ކަނޑައަޅާ ތަނެއްގައި. ކައުންސިލުން ދޭ ނަމޫނާއަކާ އެއްގޮތަށް ނަމްބޯޑު ހަރުކުރުން.

14. ބަޔާން ކުރެވިފަވާ ލައިޓާއި ފަންކާ އަދި ސްވިޗް ހަރުކުރުމާއެކު ކަރަންޓް ވައިރިންނަށް ގެންނަންޖެހޭ އެންމެހާ ބަދަލެއްގެނެސް، ކަރަންޓް ވައިރިން އެޅުން.

15. ކައުންސިލުން އަނގާ ގޮތެއްގެ މަތިން އިމާރާތުގެ ފާރުތަކުގައި ދެކުލައަކުން ކުލަލުމައި ދޮރުފަތްތަކުގައި ކައުންސިލުން ކަނޑައަޅާ ދަވާދެއްލައި ކުލައާއި ދަވާދުގެ އެންމެހާ ކަންކަން ނިންމުން.

16. އިމަރާތުގެ ތެރޭގައި ހަދާ ދެކޮޓަރީގެ ހުޅަނގުފަރާތު ބިތުފާރުގައި ތިން ކަނީގެ ދެކުޑަދޮރު ބައިންދައި ދޮރާއި ގުޅުންހުރި އެންމެހާ ކަންކަން ނިންމުން.

17. އިމާރާތުގައިވާ އެންމެހާ ކުޑަދޮރުތައް މަރާމާތުކޮށް ދަވާދުލައި ކުޑަދކޮރުތަކާގުޅޭ އެންމެހާ މަރާމާތުގެ ކަންކަން ނިންމުން.

18 އިރުމަތީފަރާތު މައިމަގަަށްވާގޮތަށް ގޯތިން ހުސްކޮށް އޮތް ތަނުގައި ތަޅުންއަޅައި ތަޅުޟާއި ގުޅުންހުރި އެންމެހާ ކަންކަން ނިންމުން.

އިމާރާތުގައި ބަހައްތަންޖެހޭ އެންމެހާ ބޮޑުދޮރުތަކެއް ( ލަކުޑި ދޮރު ) ބަހައްޓައި، ބޮޑު ދޮރާއި ގުޅުންހުރި އެންމެހާ ކަންކަން ނިންމުން.

19. އިމާރާތުގެ ފުރާޅުގެ ދެފަރާތުން އަސްކަނީގައި ދިޔަދޮވި އަރުކޮށް . ފެންފައިބާހޮޅި ހަރުކޮށް، ހޮޅިން ފައިބާ ފެން ބިމަށް ހިނދޭނެ ގޮތަށް، ހޮޅި ބިމަށް ބާލާފައިވާ ދިމާއިން ކާނެއް ހަދައި، ކާނު ބަހައްޓާ ތަނުގެ އަށިއަށް 3 ފޫޓް 3 ފޫޓޫގެ ވަޅުގަނޑެއް ކޮނެ، ވަޅަށް އަކިރި ނުވަތަ އޮށްގާ އަޅައި، އޭގެމަތީގައި ކާނު ބެހެއްޓުން.

20. އިމާރާތުގެ ޗާރޓުގައި ފާހަގަކޮށްފައިވާ ތަނުގައި ފާހަގަކޯށްފައިވާ މިންގަނޑަށް ދެފާޚާނާ ހަދައި ފާޚާނާގެ ތަޅުމާއި ފާރުތަކުގައި މުށިޖަހައި، ފާޚާނާއާގުޅުން ހުރި އެންމެހާ ކަންކަން ކުރުން.

21. ފާޚާނާއާ ގުޅިގެން އަޅަންޖެހޭ ފެންވައިރިންގެ އެންމެހާ ކަންކަމާއި، ފާޚާނާ ހޮޅި މަގުމަތީ ހޮޅިއާގުޅުވުމަށް އަޅަންޖެހޭ ހޮޅިއެޅުމާއި ހޮޅިއާގުޅުންހުރި އެންމެހާކަންކަން ނިންމުން.

22. އިމާރާތުގައި ކައުންސިލުން ދޭޑިޒައިނަކަށް، ކައުންސިލުންދޭ މިންގަނޑަކަށް ނަންބޯޑު ހަދައި ހަރުކޮށް ނިންމުން.

                                 

މިކަމަށް ޝައުޤުވެރުވެލައްވާ ފަރާތްތަކުން މަސައްކަތްކޮށްދޭނެ އަގު ބަޔާންކޮށް 2022 ޖޫން 29ވާ ބުދަ ދުވަހުގެ 13:00ގެ ކުރިން މި އިދާރާއަށް ޕްރޮޕޯސަލް ހުށައެޅުއްވުމަށް ދަންނަވަމެވެ. މިގޮތުން ހުށައެޅޭ ޕްރޮޕޯޝަލްތައް ކެނޑުން އޮންނާނީ ހުށައަޅާ ފަރާތްތަކުގެ ހާޒިރުގައި 2022 ޖޫން 29ވާ ބުދަ ދުވަހުގެ 13:00ގައި ބޮޑުފޮޅުދޫ ކައުންސިލްގެ އިދާރާގައެވެ. ބަދަލުގައި ބޭފުޅުން ފޮނުވާ ފަރާތްތަކުން، ކޮންފަރާތަކުން ފޮނުވާ ބޭފުޅެއްކަން އެނގޭނެ ލިޔުމަކާއެކު ބަދަލުގައި ބޭފުޅަކު ފޮނުވިދާނެއެވެ. އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6660900 ނަންބަރާއެވެ.

ވީމާ، މިކަން އެންގުމަށްޓަކައި އާއްމުކޮށް އިޢުލާންކުރަމެވެ.

21 ޖޫން 2022

21 ޖޫން 2022