ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)416-CAA/416/2022/80
ޕަބްލިޝްކުރި ތާރީޚް: 21 ޖޫން 2022
ޕަބްލިޝްކުރި ގަޑި: 13:52
ސުންގަޑި: 30 ޖޫން 2022 11:00
ހުވަދުއަތޮޅު ދެކުނުބުރީ މަޑަވެލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ

އަންދާސީ ހިސާބު ބޭނުންވެއްޖެ

 

ގދ. މަޑަވެލި ކައުންސިލް އިދާރާގެ ސެކިއުރިޓީ ބެލެހެއްޓުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝަވްޤުވެރިވާ ފަރާތްތަކުން، މި އިޢުލާނާއިއެކު އެޓޭޗް ކުރެވިފައިވާ "ހުވަދުއަތޮޅު ދެކުނުބުރީ މަޑަވެލި ކައުންސިލްގެ އިދާރާގެ ސެކިއުރިޓީ އައުޓްސޯސްކޮށްގެން ބެލެހެއްޓުމާއިބެހޭ މައުލޫމާތު ކަރުދާސް" ގައިވާ މަޢުލޫމާތަށް ބެއްލެވުމަށްފަހު، 30 ޖޫން 2022 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 މަޑަވެލި ކައުންސިލް އިދާރާއަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޑަވެލި ކައުންސިލްގެ އިދާރާގެ ސެކިއުރިޓީ ބެލެހެއްޓުމާއިބެހޭގޮތުން މިއިދާރާއިން ތައްޔާރުކޮށްފައިވާ "ހުވަދުއަތޮޅު ދެކުނުބުރީ މަޑަވެލި ކައުންސިލްގެ އިދާރާގެ ސެކިއުރިޓީ އައުޓްސޯސްކޮށްގެން ބެލެހެއްޓުމާއިބެހޭ މައުލޫމާތު ކަރުދާސް" ރަސްމީ ގަޑީގައި މިއިދާރާގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ.

މެއިލް ކުރައްވާ އަންދާސީ ހިސާބުތައް ގަޑިޖެހުމުގެ ކުރިން މިއިދާރާގެ : [email protected] މެއިލް އަށް މެއިލް ކުރެއްވުން އެދެމެވެ. ގަޑި ޖެހިގެން ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެއެވެ. މަޑަވެލި ކައުންސިލް އިދާރާގެ ސެކިއުރިޓީ ބެލެހެއްޓުމާއި ބެހިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންވާ ފަރާތްތަކުން ރަސްމީ ގަޑީގައި މިއިދާރާގެ 6840006 ނަމްބަރ ފޯނަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

 މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

21 ޖޫން 2022