Public Information
Number: (IUL)405-A/2022/31
Published Date: 21 Jun 2022
Published Time: 09:23
Deadline: 23 Jun 2022 00:00
Secretariat of the Kunahandhoo Council, Hadhdhunmathi
Maldives
Maldives
ކުނިކޮއްޓަށް ކުނިގެންގޮސްދިނުމާއި ކުނިކޮށި ސާފްކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް
އިޢުލާން
ކޯޓޭޝަން ހޯދުމުގެ ދަޢުވަތު
ލ.ކުނަހަންދޫގެ ގޭގެއިން ކުނިނަގައިގެން ކުނިކޮއްޓަށް ގެންގޮސްދިނުމާއި ކުނިކޮށި ސާފްކޮށް ބަލަހައްޓައި ދޭނެ ފަރާތެއް ބޭނުން ވެއްޖެއެވެ. މި މަސައްކަތް ކުރުމަށް ކޯޓޭޝަން ހުށައެޅޭނީ ދިވެހިރާއްޖޭގެ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (19/2014) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.
މިމަސައްކަތަށް ކޯޓޭޝަން ހުށައަޅަން އެދޭ ފަރާތްތަކުން، 23 ޖޫން 2022 ވާ ބުރާސްފަތި ދުވަހުގެ 13:30އަށް މި ކައުންސިލަށް ހާޒިރުވެ މަސައްކަތުގެ ކޯޓޭޝަން ހުށައަޅައި ދެއްވުން އެދެމެވެ.
ކޯޓޭޝަނާއި ގުޅޭ މައުލޫމާތު
- މި މަސައްކަތަށް ކޯޓޭޝަން ހުށައެޅޭނީ ދިވެހިރާއްޖޭގެ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (19/2014) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.
- ކޮންމެ ވިޔަފާރިއަކަށް ހުށައެޅޭނީ 1 ކޯޓޭޝަނެވެ.
- ކުނިނެގުމަށް ހަމަޖެހިފައިވަނީ ލ.ކުނަހަންދޫގެ ގޭބަސީތަކުގެ ތެރެއިން ކައުންސިލުން ދައްކާ 44 ގޭބަސީއިންނެވެ.
- ގޭގެއިން ކުނިނަގައިގެން ކުނިކޮއްޓަށް ގެންދަން ވާނީ ކައުންސިލުން އަންގާ ގަޑިތަކެއްގައެވެ.
- ގޭގެއިން ކުނިނަގައިގެން ކުނިކޮއްޓަށް ގެންދާކުނި ނައްތާލަނީ ކައުންސިލުން އަންގާގޮތެއްގެ މަތިންނެވެ.
- ހަފްތާގެ ކޮންމެ ދުވަހަކު ގޭގެއިން ކުނި ނަގަންވާނެއެވެ.
- މި މަސައްކަތް ހަވާލުކުރެވޭނީ އެންމެ ކުޑައަގެއް ހުށައަޅާ ފަރާތްތަކަށެވެ.
- ކުނި ނަގަންވާނީ ބައިބައި ވަކިންނެވެ. (ބިއްލޫރި ،ދަޅު، ދަގަނޑު، އަންދާކުނި، ބަދިގޭ ކުނި ) އަދި ކުނި ކޮއްޓަށް ކުނި އަޅަންވާނީވެސް ބައިބައި ވަކިންނެވެ.
- ކުނިކޮށީގެ އެތެރެއާއި ކުނިކޮށީގެ ބޭރު ސަރަހައްދު ކޮންމެ ދުވަހަކު ސާފްކޮށް ބަލަހައްޓަން ވާނެއެވެ.
- ކުނިކޮއްޓަށް ގެންދެވޭ ކުނި ބައިބައި ވަކިން ބަހައްޓައި ކުނިކޮށްޓަށް ގެންދެވޭ އަންދާ ޒާތުގެ ކުނި ކޮންމެ ދުވަހަކު އަންދަން ވާނެއެވެ.
- ކުނި ކޮށީގެ އެތެރޭގެ ހުރިހާ އިމާރާތެއް ކޮންމެ ދުވަހަކު ސާފްކޮށް ބަލަހައްޓަން ވާނެއެވެ.
- މިމަސައްކަތަށް ކަޑައެޅިފައިވާ މުއްދަތަކީ މަސައްކަތް ފަށާތާރީހުން ފެށިގެން 30ސެޕްޓެމްބަރު 2022ގެ ނިޔަލަށް(4މަސް) ދުވަހެވެ. މި މުއްދަތުގެ ކުރިން ކައުންސިލުން އެހެން ގޮތަކަށް ބަދަލް ކުރަން ބޭނުންވެއްޖެ ނަމަ އެ ފަރާތަކަށް އެންގުމަށްފަހު އެގޮތަށް އަމަލުކުރެވޭނެއެވެ.
- މި މަސައްކަތަށް ހޮވޭ ފަރާތަކުން މަސައްކަތް ފަށަންވާނީ މި ކައުންސިލާއިއެކު ވެވޭ އެއްބަސްވުމެއްގައި ސޮއިކުރުމަށްފަހު އެ އެއްބަސްވުމުގައި ވާ ގޮތުގެ މަތިންނެވެ.
- އުޖޫރަ ދެވެނީ ކޮންމެ މީލާދީ މަހެއް ނިމުމުން ކައުންސިލަށް ބިލް ހުށައެޅުމުންނެވެ. އުޖޫރައިގެ ގޮތުގައި ދެވޭނީ ކޯޓޭޝަންގައި މަސައްކަތް ކޮއްދިނުމަށް މަހެއްގެ މައްޗައް ހުށައަޅާއަގެކެވެ.
ހުށައަޅަން ޖެހޭ ތަކެތި
- ކޯޓޭޝަން
- ވިޔަފާރި ރަޖިސްޓްރީގެ ކޮޕީއެއް
21 Jun 2022