މަސައްކަތް
ނަންބަރު: (IUL)475/475/2022/90
ޕަބްލިޝްކުރި ތާރީޚް: 20 ޖޫން 2022
ޕަބްލިޝްކުރި ގަޑި: 16:30
ސުންގަޑި: 19 ޖުލައި 2022 11:00
މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
މޯލްޑިވްސް ޕޮލިޓެކްނިކް މާލެ ކެމްޕަސްގެ މަރާމާތުގެ މަސައްކަތް ކޮށްދޭނޭ ފަރާތެއް ބޭނުންވެއްޖެ

 މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން

  މާލެ، ދިވެހިރާއްޖެ

 

އިއުލާން ނަމްބަރު: (IUL)475/475/2022/90

އިއުލާން

 "މޯލްޑިވްސް ޕޮލިޓެކްނިކް މާލެ ކެމްޕަސްގެ މަރާމާތުގެ މަސައްކަތް ކޮށްދޭނޭ ފަރާތެއް ބޭނުންވެއްޖެ"

ދިވެހި ސަރުކާރުން ވަރލްޑްބޭންކުގެ އެހީއާއެކު ތަންފީޒުކުރަން ހަމަޖެހިފައިވާ 'މޯލްޑިވްސް: އެންހާންސިންގ އެމްޕްލޯއިބިލިޓީ އެންޑް ރެޒިލިއަންސް އޮފް ޔޫތް' ޕްރޮޖެކްޓުގެ ފަރާތުން މޯލްޑިވްސް ޕޮލިޓެކްނިކް މާލެ ކެމްޕަސްގެ މަރާމާތުގެ މަސައްކަތް ކޮށްދޭނޭ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

 

މައުލޫމާތު ސާފުކުރުން:

މި މަސައްކަތް ކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އިތުރު މައުލޫމާތު ސާފުކުރުމަށް 18 ޖުލައި 2022 ވާ ބުދަ ދުވަހުގެ ހެނދުނު0900ގެ ކުރިން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

 

ބިޑް އުސޫލު:

މި ތަކެތި ސަޕްލައިކޮށްގިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ބޭނުން ކުރައްވަންޖެހޭ ބިޑް އުސޫލު މި އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ. މި ބިޑް އުސޫލުގައި ހުރިހާ މައުލޫމާތެއް އެކުލެވިފައިވާނެއެވެ. ބިޑް އުސޫލު [email protected]  އަށް އީމެއިލް ކުރެއްވުމުންވެސް ލިބިވަޑައިގަންނަވާނެއެވެ.

 

މައުލޫމާތު ބައްދަލުވުން:

މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ސައިޓް ބެލުމަށް އަދި މައުލޫމާތު ސާފުކުރުމަށް 29 ޖޫން 2022 ވާ ބުދަ ދުވަހު ހެދުނު 1100 އަށް މޯލްޑިވްސް ޕޮލީޓެކްނިކް މާލެ ކެމްޕަހަށް ވަޑައިގެން ދެއްވުން އެދެމެވެ. މައުލޫމާތު ބައްދަލުވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބް ބަލައިގަންނަގޮތަކަށް ހަމަޖެހިފައި ނުވެއެވެ.

 

އަންދާސީ ހިސާބު ހުށައެޅުން:

ޝައުޤުވެރިވެލައްވާ ފަރާތްތަކުން 19 ޖުލައި 2022 ވާ ބުދަ ދުވަހުގެ ހެނދުނު 11:00 އަށް މޯލްޑިވްސް ޕޮލިޓޭކްނިކް މާލެ ކެންޕަހަށް، ބިޑް އުސޫލުގައި ބަޔާން ކުރެވިފައިވާ ލިޔެކިޔުންތައް ހިމެނޭގޮތަށް ބިޑް ޑޮކިޔުމަންޓްސް އަދި ބިޑް ސެކިއުރިޓީ ހުށަހެޅުއްވުން އެދެމެވެ. ސުންގަޑީގެ ފަހުން ބިޑްތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

މައުލޫމާތު ބައްދަލުވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިގަންނަގޮތަކަށް ހަމަޖެހިފައި ނުވެއެވެ.

ބިޑް ސެކިއުރިޓީ

ބިޑް ސެކިއުރިޓީގެ ގޮތުގައި ބަލައިގަތުމަށް ހަމަޖެހިފައިވަނީ 30,000.00 (ތިރީސް ހާސް) ދިވެހި ރުފިޔާއެވެ. ބިޑް ސެކިއުރިޓީ ހުށަހަޅަން ޖެހޭ ގޮތުގެ ތަފްސީލް ބިޑިން ޑޮކިޔުމަންޓްގައި އެކުލެވިގެން ވާނެއެވެ. 

 

 

އަންދާސީ ހިސާބުތަށް ބަލާނެ މިންގަނޑު:

މި ތަކެތި ސަޕްލައިކޮށްދޭނޭ ފަރާތެއް ހޮވުމުގައި އަމަލުކުރެވޭނީ ވަރލްޑް ބޭންކުގެ އުސޫލް "ވޯލްޑް ބޭންކު ޕްރޮކިއަރމަންޓް ރެގިއުލޭޝަންސް ފޯރ އައި.ޕީ.އެފް ބޮރޯވާރސް ޕްރޮކިއުމަންޓް އިން އިންވެސްޓްމަންޓް ޕްރޮޖެކްޓް ފައިނޭންސިންގ: ގުޑްސް، ވޯކްސް، ނަން-ކޮންސަލްޓިންގ އެންޑް ކޮންސަލްޓިންގ ސާރވިސަސް، އޮގަސްޓް 2018 " ގައި ވާ ގޮތުގެ މަތިންނެވެ.

 

ހުށަހަޅުއްވާ އަންދާސީ ހިސާބު އެޑްރެސް ކުރައްވާނީ ތިރީގައިވާ ފަރާތަށެވެ:

ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓް (ޕީ.އެމް.ޔޫ)

މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން

މުހައްމަދު މަނާން، ޕްރޮކިޔުމަންޓް ސެޕްޝަލިސްޓް

އީމެއިލް : [email protected]

ފޯން: 3026975/ 3026982

ވެބްސައިޓް: www.meeryproject.mohe.gov.mv

20 ޖޫން 2022