ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)MHCL-HRM/MHCL/2022/5
ޕަބްލިޝްކުރި ތާރީޚް: 20 ޖޫން 2022
ޕަބްލިޝްކުރި ގަޑި: 15:57
ސުންގަޑި: 27 ޖޫން 2022 14:00
މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
މި ކުންފުނީގެ 'ސީނިއާރ އޮފިސާރ،އައި.ސީ.ޓީ' ގެ މަގާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައި ކުންފުނީގެ ފަރާތުން 13 ޖޫން 2022 ގައި ކޮށްފައިވާ ނަންބަރު (IUL)MHCL-HRM/1/2022/13 އިޢުލާންގެ މުއްދަތު އިތުރުކޮށް އަލުން ހުޅުވާލަމެވެ.

ވަޒީފާގެ ފުރުޞަތު

މަޤާމު:

ސީނިއަރ އޮފިސަރ، އައި.ސީ.ޓީ

ބޭނުންވާ އަދަދު:

01 (އެކެއް)

މުސާރައާއި ޢިނާޔަތްތައް:

11,850 - 14,550 ރުފިޔާއާ ދެމެދު

ފެންވަރު ނުވަތަ ޝަރުތު:

  • ސޮފްޓްވެއާރ އިންޖިނިއަރިންގ، ނުވަތަ ސޮފްޓްވެއާރ ޑިވެލޮޕްމެންޓް ނުވަތަ ކޮމްޕިއުޓާރ ސައިންސް، ނުވަތަ އިންފޮމޭޝަން ޓެކްނޮލޮޖީ އާއި ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 1 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
  • މައިކްރޮސޮފްޓް އޮފީސް ޕެކޭޖް ބޭނުން ކުރަން އެނގުން.
  • ދިވެހި ބަހުންނާއި އިނގިރޭސި ބަހުން ފަރިތަކަމާއެކު މުޢާމަލާތު ކުރަން އެނގުން.
  • ވޭތުވެދިޔަ 5 އަހަރު ޖިނާއީ ކުށެއް ސާބިތުވެފައިވާ މީހަކު ކަމުގައިނުވުން ނުވަތަ އެފަދަ ކުށެއް ހުށަހެޅި ބަލަމުންދާ މީހަކު ކަމުގައި ނުވުން.
  • ގިނަވަގުތު މަސައްކަތުގައި އުޅެވޭ އަދި އެހެން މުވައްޒަފުންނާ ގުޅިގެން މަސައްކަތް ކުރެވޭ ފަރާތަކަށްވުން.

މަސްއޫލިއްޔަތު:

  • ސޮފްޓްވެއަރތަކާއި ކޮމްޕިއުޓަރތަކަށް ދިމާވާ މައްސަލަތައް ބަލައި ހައްލުކުރުމާއި، މުވައްޒަފުންނަށް ދިމާވާ އެކިއެކި މައްސަލަތަކުގައި ދޭންޖެހޭ އައި.ޓީ ސަޕޯޓް ދިނުން
  • އޮފީހުގައި ޑިވަލޮޕްކުރެވޭ ސޮފްޓްވެއަރތަކާއި، އެހެނިހެން ސޮފްޓްވެއަރތައް ޓެސްޓްކުރުމާއި، ހޯސްޓްކުރުން އަދި އިންސްޓޯލްކުރުން.
  • ލައިސަންސް ހޯދަންޖެހޭ ސޮފްޓްވެއަރތައް އައިޑެންޓިފައި ކުރުމާއި، އޮފީހުގެ މަސައްކަތަށް ބޭނުންކުރެވިދާނެ ފްރީ ސޮފްޓްވެއަރތަކުގެ މަޢުލޫމާތު މެނޭޖްމަންޓަށް ދިނުން.
  • އޮފީހުގެ މުވައްޒަފުންގެ އައިޓީ ސްކިލްސް ޑިވަލޮޕް ކުރުމަށް ކުރަންޖެހޭ މަސައްކަތުގައި ބައިވެރިވުމާއި، ތަމްރީން ދިނުން.
  • އޮފީހުގެ ހާޑްވެއަރ އަދި ނެޓްވަރކް ޓްރަބްލްޝޫޓްކުރުމާއި ޖެހޭ މައްސަލަތައް ޙައްލުކުރުން.
  • އޮފީހުން ކުރިއަށްގެންދާ ޚާއްސަ މަސައްކަތްތަކުގައި ބައިވެރިވުމާއި އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިއެހެން ކަންތައްތައް ކުރުން
  • ބޭނުންކުރަންޖެހޭ ޑޭޓާބޭސް ޚިދުމަތްތަކަށް އަންނަ ބަދަލާއި އެއްގޮތަށް ޑޭޓާބޭސްތައް ބަދަލުކޮށް ޑޭޓާބޭސްގެ ބެކްޕްނެގުން
  • ·         ވެބްސަރވަރތައް ބެލެހެއްޓުމާއި ޑާޓާބެސް ސަރވަރތައް އަޕްޑޭޓްކޮށް އެމަސައްކަތްކުރުން.

މަސައްކަތުގެ ވަގުތު:

މި ކޯޕަރޭޝަންގެ ރަސްމީ ގަޑި (ހެނދުނު 08:00 އިން މެންދުރުފަހު 15:00 އަށް)

(ހަމަޖެހޭ ގޮތެއްގެ މަތީން އިތުރު ގަޑީގައި މަސައްކަތް ކުރަންޖެހިއްޖެ ނަމަ މަސައްކަތް ކުރާގޮތަށް)

ހުށައަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދި ހުށައަޅާ ފޯމް (މި ފޯމު ކޯޕަރޭޝަންގެ އޮފީހުންނާއި ވެބްސައިޓް www.mhcl.mv އިން ލިބިވަޑައިގަންނަވާނެއެވެ.)
  • މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮފީ
  • އަދާކުރައްވާފައިވާ ނުވަތަ އަދާކުރައްވަމުން ގެންދަވާ ވަޒީފާއާ ގުޅޭ މަޢުލޫމާތު އެނގޭނެ ރަސްމީ ލިޔުމުގެ ކޮޕީ

ސުން ގަޑި:

ވަޒީފާއަށް އެދި ހުށަހަޅުއްވާ އެޕްލިކޭޝަން ފޯމު 27 ޖޫން 2022 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑަށް ހުށައެޅުއްވުން އެދެމެވެ. އީމެއިލް މެދުވެރިކޮށް އެޕްލިކޭޝަން ފޯމް ހުށަހަޅުއްވާނަމަ، ފުރިހަމަ ކުރެވިފައިވާ އެޕްލިކޭޝަން ފޯމާއި އެހެނިހެން  ލިޔެކިޔުންތަށް ކަނޑައެޅިފައިވާ ސުންގަޑީގެ ކުރިން [email protected] އަށް ފޮނުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނުގެ މުއްދަތު ހަމަވާތާ ރަސްމީ 10 ދުވަހުގެ ތެރޭގައި މި މަޤާމަށް ޝޯޓްލިސްޓްވާ ފަރާތްތަކަށް  އެންގޭނެއެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3011000 އަށެވެ.

20 ޖޫން 2022