ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)7-HRCE/1/2014/90
ޕަބްލިޝްކުރި ތާރީޚް: 23 ސެޕްޓެންބަރު 2014
ޕަބްލިޝްކުރި ގަޑި: 12:46
ސުންގަޑި: 13 އޮކްޓޫބަރު 2014 14:00
އޮޑިޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
ސީނިއަރ އޮފިސަރ، އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީ (ގްރޭޑް 1)

ސީނިއަރ އޮފިސަރ، އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީ (ގްރޭޑް 1)

މަޤާމު

1

ބޭނުންވާ އަދަދު

އޮޑިޓަރ ޖެނެރަލްގެ އޮފީސް

މަސައްކަތް ކުރަންޖެހޭ ތަން

އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީ

ޔުނިޓް

-/9,000 (ނުވަހާސް) ރުފިޔާ

މުސާރަ

  1. ސަރވިސް އެލަވަންސް: ހާޒިރުވާ ދުވަހަކަށް -/230 (ދުއިސައްތަ ތިރީސް ރުފިޔާ)
  2. ޓެކްނިކަލް އެލަވަންސް: ޑިގްރީ ހާސިލުކޮށްފައިވާނަމާ -/1000 (އެއްހާސް ރުފިޔާ) އެޑްވާންސް ޑިޕްލޮމާ ހާސިލުކޮށްފައިވާނަމަ -/750 (ހަތްސަތޭކަ ފަންސާސް) ރުފިޔާ

ޢިނާޔަތް

  1. ފުރަތަމަ ޑިގްރީ (އެމް.އެން.ކިއު.އެފް ލެވެލް 7) ހާސިލުކޮށްފައި ވުމާއެކު އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން 1 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން ނުވަތަ
  2. އެޑްވާންސް ޑިޕްލޮމާ (އެމް.އެން.ކިއު.އެފް ލެވެލް 6) ހާސިލުކޮށްފައި ވުމާއެކު އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން 5 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން ނުވަތަ
  3. އަދި އިންޓަވިއުގައި މި މަސައްކަތަށް ޤާބިލު މީހެއްކަން ސާބިތުކޮށްދިނުން.

އަސާސީ ޝަރުޠު

  1. މި އޮފީހުގައި އަދާކުރާ ވަޒީފާ ފިޔަވައި އިތުރު އެހެން އެއްވެސް ވަޒީފާއެއް އަދާނުކުރުމާއި އަދި މި އޮފީހުގައި އަދާކުރާ ވަޒީފާއާ މަސްލަހަތު ފުށުއަރާފަދަ އެއްވެސް އަމިއްލަ މަސައްކަތެއް ނުކުރުން.
  2. ދައުލަތުގެ ނުވަތަ އަމިއްލަ އެއްވެސް ކުންފުންޏެއްގައި އިސްކޮށް ޙަރަކާތްތެރިނުވުން، އަދި އެފަދަ ކުންފުންޏެއްގެ ބޯޑެއްގެ ޑިރެކްޓަރެއް ކަމުގައި ނުވުން.
  3. އަމިއްލަ ނަމުގައި އެއްވެސް ވިޔަފާރިއެއް ކުރާ މީހަކު ކަމުގައި ނުވުން.
  4. ސަރުކާރު ހިއްސާވާ ނުވަތަ އަމިއްލަ އެއްވެސް ކުންފުންޏެއްގެ މެޖޯރިޓީ ޝެއަރހޯލްޑަރެއް ކަމުގައި ނުވުން.
  5. މި އޮފީހުގެ އެއްވެސް މުވައްޒަފަކާ ޢާއިލީގޮތުން ގާތްގުޅުމެއް ހުރި މީހަކު ކަމުގައި ނުވުން.

އެހެނިހެން ޝަރުޠު

  1. އޮފީހުގެ ނެޓްވަރކްގެ ކަންތަައްތައް ބެލެހެއްޓުމާއި ދިމާވާ މައްސަލަތައް ހައްލުކުރުން
  2. އޮފީހުގައި އޮޑިޓްކުރުމަށް ބޭނުންކުރެވޭ ޓީމްމޭޓް ސޮފްޓްވެއަރގެ ޓެކްނިކަލް މައްސަލަތައް ހައްލުކުރުން
  3. އޮފީހުގެ ހުރިހާ ސަރވަރ އެއް ބެލެހެއްޓުމުގެ އެންމެހައި ޒިންމާތައް އަދާކުރުން
  4. ހާޑްވެއަރ ޓްރަބްލްޝޫޓް ކުރުން
  5. އޮފީހުގެ އެންމެހައި ޑޭޓާތަކުގެ ބެކަޕް ނެގުމާއި އާކައިވް ކުރުން

މައިގަނޑު މަސްއޫލިއްޔަތުތައް

  1. ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ކައުންޓަރުންނާއި، އޮފީހުގެ ވެބްސައިޓް www.audit.gov.mv އިން ލިބެން ހުންނާނެއެވެ.)
  2. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައި).
  3. ވަކި ފަރާތަކަށް ޚިދުމަތްކުރުމަށް ބޮންޑެއްގައި ހުރި މުވައްޒަފެއްނަމަ، އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ވަޒީފާއަށް ހޮވިއްޖެ ހިނދެއްގައި މި އޮފީހަށް ބަދަލުވުމުގެ އިޢުތިރާޒެއް ނެތްކަމުގެ ލިޔުން.
  4. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ލިޔުން (މިލިޔުން ހުށަހަޅަންޖެހޭނީ އަސާސީ ޝަރުޠު ހަމަވެ، ސެޓުފިކެޓު ލިބިފައި ނުވާނަމައެވެ.)
  5. ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ، އަދާކުރައްވާ ނުވަތަ އަދާކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނޭ ރަސްމީ ލިޔުމެއް.
  6. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  7. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު ( ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެހާއެކު).

ހުށަހަޅަންޖެހޭ ލިޔުންތައް

13 އޮކްޓޫބަރު 2014 ވާ ހޯމަ ދުވަހު މެންދުރުފަހު 14:00 ގެ ކުރިން އޮޑިޓަރ ޖެނެރަލްގެ އޮފީހަށް (ޣާޒީ ބިލްޑިންގގެ 1 ވަނަ ފަންގިފިލާ).

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚާއި ގަޑި

1. މި މަޤާމަށް ހޮވޭ މުވައްޒަފު ހުންނާނީ 1 އަހަރުދުވަހުގެ ކޮންޓްރެކްޓެއްގައެވެ. އަދި މަސައްކަތަށް ރަނގަޅުނަމަ (މަސައްކަތުގެ ފެންވަރު ބެލުމަށްފަހު) ވަޒީފާ ދާއިމީކުރެވޭނެއެވެ.

ހ. މި މަޤާމަށް ހޮވޭ ފަރާތަކީ މިހާރު މި އޮފީހުގައި މަސައްކަތްކުރާ މުވައްޒަފެއްނަމަ، އެއް އަހަރު ދުވަހުގެ މަސައްކަތުގެ ފެންވަރު ބެލުމަށްފަހު މަސައްކަތަށް ރަނގަޅު ނޫންނަމަ ކުރިން ހުރި މަޤާމަށް ރުޖޫޢަކުރެވޭނެއެވެ.

ށ. މި މަޤާމަށް ހޮވޭ ފަރާތަކީ އޮފީހުން ބޭރުން އަންނަ ފަރާތެއްނަމަ، އެއް އަހަރު ދުވަހުގެ މަސައްކަތުގެ ފެންވަރު ބެލުމަށްފަހު މަސައްކަތަށް ރަނގަޅު ނޫންނަމަ ކޮންޓްރެކްޓް ނިމުމަކަށް ގެނެވޭނެއެވެ.

2. މި މަޤާމުގެ އިންޓަވިއު ޕްރޮސެސްއަށް ޝޯޓްލިސްޓު ކުރެވޭނީ މަޤާމަށް ޝަރުޠު ހަމަވާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރަށާއި މަސައްކަތުގެ ތަޖުރިބާއަށް ބަލައި، އެންމެގިނަ ޕޮއިންޓް ލިބުނު ފަރާތްތަކުގެ ތެރެއިން މި އޮފީހުން ކަނޑައަޅާ އަދަދެއްގެ ފަރާތްތަކެވެ. އިންޓަވިއު އަށް ޝޯޓްލިސްޓު ކުރެވުނުކަން އަންގާނީ ޝޯޓްލިސްޓު ކުރެވުނު ފަރާތްތަކަށް އެކަންޏެވެ. އެނޫން ފަރާތްތަކަށް އެކަން ލިޔުމަކުންނެއް ނާންގާނެއެވެ. އިންޓަވިއު އަށް ޝޯޓްލިސްޓުކޮށް ނިމުމުން އެކަން މި އޮފީހުގެ ވެބްސައިޓުގައި ޝާއިޢުކުރެވޭނެއެވެ.

3. އިންޓަވިއު ޕްރޮސެސް ކުރިއަށްދާނެ ގޮތަކީ، (2) ވަނަ ނަންބަރުގައި ވާގޮތަށް ޝޯޓްލިސްޓު ކުރެވޭ ފަރާތްތަކަށް ލިޔުމުން ޓެސްޓެއް ދިނުމެވެ. އަދި ޓެސްޓުން އެންމެ މަތީ މާކްސް ލިބޭ ފަރާތްތަކުގެ ތެރެއިން އޮފީހުން ކަނޑައަޅާ އަދަދެއްގެ ފަރާތްތަކަށް ޑައިރެކްޓް އިންޓަވިއުއެއް ދިނުމެވެ. އަދި މި އިންޓަވިއު އިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކުގެ ތެރެއިން، މި އޮފީހުން ކަނޑައަޅާ އަދަދެއްގެ ފަރާތްތަކުން ޕްރެޒެންޓޭޝަނެއް ހުށަހަޅައިގެންނެވެ.

އިތުރު މަޢުލޫމާތު

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނޭ

    ފޯނު ނަންބަރު:      3323939    

    ފެކްސް ނަންބަރު:     3316430

    އީމެއިލް އެޑްރެސް:    [email protected]

23 ސެޕްޓެންބަރު 2014