މަސައްކަތް
ނަންބަރު: (IUL)475/475/2022/87
ޕަބްލިޝްކުރި ތާރީޚް: 20 ޖޫން 2022
ޕަބްލިޝްކުރި ގަޑި: 15:45
ސުންގަޑި: 20 ޖުލައި 2022 11:00
މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
މޯލްޑިވްސް ޕޮލިޓެކްނިކް ގއ. ވިލިނގިލި ކެމްޕަސްގެ މަރާމާތުގެ މަސައްކަތް ކޮށްދޭނޭ ފަރާތެއް ބޭނުންވެއްޖެ

 މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން

  މާލެ، ދިވެހިރާއްޖެ

 

އިއުލާން ނަމްބަރު: (IUL)475/475/2022/87

އިއުލާން

 " މޯލްޑިވްސް ޕޮލިޓެކްނިކް ގއ. ވިލިނގިލި ކެމްޕަސްގެ މަރާމާތުގެ މަސައްކަތް ކޮށްދޭނޭ ފަރާތެއް ބޭނުންވެއްޖެ"

ދިވެހި ސަރުކާރުން ވަރލްޑްބޭންކުގެ އެހީއާއެކު ތަންފީޒުކުރަން ހަމަޖެހިފައިވާ 'މޯލްޑިވްސް: އެންހާންސިންގ އެމްޕްލޯއިބިލިޓީ އެންޑް ރެޒިލިއަންސް އޮފް ޔޫތް' ޕްރޮޖެކްޓުގެ ފަރާތުން ގއ. ވިލިނގިލި މޯލްޑިވްސް ޕޮލިޓެކްނިކް ކެމްޕަސްގެ މަރާމާތުގެ މަސައްކަތް ކޮށްދޭނޭ ފަރާތެއް ހޯދަން ބޭނުންވެގެން 30 ޖަނަވަރީ 2022 ގައި ކުރި އިއުލާން ނަންބަރު  475/475/2022/20 ގެ ބިޑިންގ ޑޮކިއުމަންޓް އަށް ބަދަލްތަކެއް ގެނެސްފައިވާތީ އެއިއުލާން ބާތިލްކޮށް އަލުން އިޢުލާން ކުރީމެވެ.

 

މައުލޫމާތު ސާފުކުރުން:

މި މަސައްކަތް ކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އިތުރު މައުލޫމާތު ސާފުކުރުމަށް 19 ޖުލައި 2022 ވާ ބުދަ ދުވަހުގެ ހެނދުނު 0900ގެ ކުރިން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

 

ބިޑް އުސޫލު:

މި ތަކެތި ސަޕްލައިކޮށްގިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ބޭނުން ކުރައްވަންޖެހޭ ބިޑް އުސޫލު މި އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ. މި ބިޑް އުސޫލުގައި ހުރިހާ މައުލޫމާތެއް އެކުލެވިފައިވާނެއެވެ. ބިޑް އުސޫލު [email protected]  އަށް އީމެއިލް ކުރެއްވުމުންވެސް ލިބިވަޑައިގަންނަވާނެއެވެ.

 

މައުލޫމާތު ބައްދަލުވުން:

މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ސައިޓް ބެލުމަށް އަދި މައުލޫމާތު ސާފުކުރުމަށް 27 ޖޫން 2022 ވާ ހޯމަ ދުވަހު ހެދުނު 1100އަށް ގއ. ވިލިނގިލި މޯލްޑިވްސް ޕޮލީޓެކްނިކް ކެމްޕަހަށް ވަޑައިގެން ދެއްވުން އެދެމެވެ. މައުލޫމާތު ބައްދަލުވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބް ބަލައިގަންނަގޮތަކަށް ހަމަޖެހިފައި ނުވެއެވެ.

 

އަންދާސީ ހިސާބު ހުށައެޅުން:

ޝައުޤުވެރިވެލައްވާ ފަރާތްތަކުން 20 ޖުލައި 2022 ވާ ބުދަ ދުވަހުގެ މެންދުރު 11:00 އަށް ގއ. ވިލިނގިލި މޯލްޑިވްސް ޕޮލިޓޭކްނިކް ކެންޕަހަށް، ބިޑް އުސޫލުގައި ބަޔާން ކުރެވިފައިވާ ލިޔެކިޔުންތައް ހިމެނޭގޮތަށް ބިޑް ޑޮކިޔުމަންޓްސް އަދި ބިޑް ސެކިއުރިޓީ ހުށަހެޅުއްވުން އެދެމެވެ. ސުންގަޑީގެ ފަހުން ބިޑްތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

މައުލޫމާތު ބައްދަލުވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިގަންނަގޮތަކަށް ހަމަޖެހިފައި ނުވެއެވެ.

ބިޑް ސެކިއުރިޓީ

ބިޑް ސެކިއުރިޓީގެ ގޮތުގައި ބަލައިގަތުމަށް ހަމަޖެހިފައިވަނީ 20,000.00 (ވިހި ހާސް) ދިވެހި ރުފިޔާއެވެ. ބިޑް ސެކިއުރިޓީ ހުށަހަޅަން ޖެހޭ ގޮތުގެ ތަފްސީލް ބިޑިން ޑޮކިޔުމަންޓްގައި އެކުލެވިގެން ވާނެއެވެ. 

 

 

އަންދާސީ ހިސާބުތަށް ބަލާނެ މިންގަނޑު:

މި ތަކެތި ސަޕްލައިކޮށްދޭނޭ ފަރާތެއް ހޮވުމުގައި އަމަލުކުރެވޭނީ ވަރލްޑް ބޭންކުގެ އުސޫލް "ވޯލްޑް ބޭންކު ޕްރޮކިއަރމަންޓް ރެގިއުލޭޝަންސް ފޯރ އައި.ޕީ.އެފް ބޮރޯވާރސް ޕްރޮކިއުމަންޓް އިން އިންވެސްޓްމަންޓް ޕްރޮޖެކްޓް ފައިނޭންސިންގ: ގުޑްސް، ވޯކްސް، ނަން-ކޮންސަލްޓިންގ އެންޑް ކޮންސަލްޓިންގ ސާރވިސަސް، އޮގަސްޓް 2018 " ގައި ވާ ގޮތުގެ މަތިންނެވެ.

 

ހުށަހަޅުއްވާ އަންދާސީ ހިސާބު އެޑްރެސް ކުރައްވާނީ ތިރީގައިވާ ފަރާތަށެވެ:

ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓް (ޕީ.އެމް.ޔޫ)

މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން

މުހައްމަދު މަނާން، ޕްރޮކިޔުމަންޓް ސެޕްޝަލިސްޓް

އީމެއިލް : [email protected]

ފޯން: 3026975/3026982

ވެބް ސައިޓް: www.meeryproject.mohe.gov.mv

20 ޖޫން 2022