ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)22-D/22/2022/165
ޕަބްލިޝްކުރި ތާރީޚް: 20 ޖޫން 2022
ޕަބްލިޝްކުރި ގަޑި: 15:14
ސުންގަޑި: 26 ޖޫން 2022 14:00
މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ކޮންސަލްޓެންޓް

ވަޒީފާގެ ފުރުސަތު (ކޮންސަލްޓަންޓް)

 

މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ދާއިރާގެ ޢުމްރާނީ ތަރައްޤީއާއި ގުޅިގެން ހިންގާ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮޖެކްޓްތަކާއި ދާއިރާގެ ޢިމާރާތްތަކުގެ އިންޖީނިއަރިންގ ގެ މަސައްކަތްތައް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ކަނޑައަޅާ އުސޫލުތަކުގެ ތެރެއިން، ޤާނޫނާއި ޤަވާއިދުތަކާއި އެއްގޮތައް ކުރުމަށް ކޮންސަލްޓެންޓުންގެ ގޮތުގައި މަސައްކަތްކުރާނެ ތިރީގައި ދަންނަވާ ފަރާތްތައް ހޯދުމަށް ބޭނުންވެއެވެ.

ބޭނުންވާ ދާއިރާ

 ބޭނުންވާ އަދަދު

ޑިޒައިން އިންޖިނިއަރިންގ ކޮންސަލްޓެންޓް

   1

އެމް.އީ.ޕީ އިންޖިނިއަރިންގ ކޮންސަލްޓެންޓް

   1

 

މި މަޤާމް/މަސައްކަތާގުޅޭ އެންމެހާ މައުލޫމާތު ހިމެނޭ ގޮތައް ތައްޔާރުކޮށްފައިވާ ޓަރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރ) މިއިޢުލާނާއެކު ހިމަނާފައިވާނެއެވެ.

 

މަޤާމް/މަސައްކަތަށް އެދި ހުށަހެޅުން.

މި މަޤާމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 26 ޖޫން 2022 ވަނަ ދުވަހުގެ މެންދުރު 14:00 ގެ ކުރިން މި މިނިސްޓްރީގެ އީމެއިލް އެޑްރެސް [email protected]  އަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. ސުންގަޑީގެ ފަހުން ހުށަހެޅޭ އެޕްލިކޭޝަން ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

 

ސިޓީ ހުށަހަޅުއްވާނީ ތިރީގައިވާ ފަރާތަށެވެ.

ހިއުމަން ރިސޯސް މެނޭޖްމަންޓް ޑިވިޜަން

މިނިސްޓްރީ އޮފް އެޑިޔުކޭޝަން

ވެލާނާގެ، 8 ވަނަ ފަންގިފިލާ

އަމީރު އަޙްމަދު މަގު، މާލެ، ދިވެހިރާއްޖެ

އީމެއިލް: [email protected]

20 ޖޫން 2022