މަސައްކަތް
ނަންބަރު: (IUL)101-AF/1/2014/132
ޕަބްލިޝްކުރި ތާރީޚް: 24 ސެޕްޓެންބަރު 2014
ޕަބްލިޝްކުރި ގަޑި: 12:42
ސުންގަޑި: 08 ސެޕްޓެންބަރު 2014 14:00
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ގދ. ގައްދޫގައި ޤާއިމުކުރާ ކޮމިނިއުޓީ ފެސިލިޓޭޝަން ސެންޓަރުގެ އިމާރާތުގައި ކުރުމަށްހަމަޖެހިފައިވާ މަރާމާތުގެ މަސައްކަތްތައް

އިޢުލާން

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްއިން ހިންގަމުންދާ ސަބާ ޕްރޮޖެކްޓުގެ ދަށުން ގދ. ގައްދޫގައި ޤާއިމުކުރާ ކޮމިނިއުޓީ ފެސިލިޓޭޝަން ސެންޓަރުގެ އިމާރާތުގައި ކުރުމަށްހަމަޖެހިފައިވާ މަރާމާތުގެ މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 01 އޮކްޓޫބަރު 2014 ވާ ބުދަދުވަހުގެ 14:00 އަށް މ.ބޭންފް ވިލާގެ ދެވަނަ ފަންގިފިލާއަށް ނުވަތަ ގދ. ގައްދޫ ކައުންސިލްގެ އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، މ.ބޭންފް ވިލާ، ސަބާ މޯލްޑިވްސްއަށް ބީލަން ހުށަހެޅުމަށް ފުރުސަތު ހުޅުވާލަމެވެ.

ބީލަން ބަލައިގަތުމާއި ބީލަން ހުޅުވުން އޮންނާނީ 08 އޮކްޓޫބަރު 2014 ވާ ބުދަދުވަހުގެ 14:00 ގައި މ.ބޭންފް ވިލާ، ސަބާ މޯލްޑިވްސް، ދެވަނަ ފަންގިފިލާގައި ހުންނަ ކޮންފަރަންސް ހޯލުގައެވެ. 14:00ގެ ފަހުން ގެންނަ އެއްވެސް ބީލަމެއް ބަލައެއް ނުގަނެވޭނެއެވެ. އަދި ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ، 3003018 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.

ބީލަން ހުށަހަޅާނެގޮތުގެ އިތުރު މަޢުލޫމާތާ  އަދި  "އެޕްލިކޭޝަން ފޮރ ބިޑް ސަބްމިޝަން" ފޯމް މިނިސްޓްރީގެ ވެބްސައިޓް www.trade.gov.mv އިން ޑައުންލޯޑްކުރެވޭނެއެވެ.

29 ޛުލްޤަޢިދާ 1435

 

24 ސެޕްޓެންބަރު 2014