ކޯހުގެ ނަން:
|
ކަސްޓަމްސް ބްރޯކާރސް ޓްރެއިނިންގ ކޯސް
|
ލެވެލް: ސެޓްފިކެޓް ލެވެލް 3
|
ކޯހުގެ ޝަރުތު:
|
- ޖީ.ސީ.އީ އޯލެވެލް މަދުވެގެން 3 މާއްދާއިން ފާސްވެފައިވުން؛ ނުވަތަ
- އެމް.ކިއު.އޭ ލެވެލް 2 ގެ ސެޓްފިކެޓެއް ހާސިލް ކޮށްފައިވުން؛ ނުވަތަ
- ގްރޭޑް 6 ނިންމާފައިވުމާއެކު އިމްޕޯޓް އެކްސްޕޯޓް އަދި ކަސްޓަމްސް ކްލިއަރެންސް ދާއިރާގައި 01 (އެކެއް) އަހަރުދުވަހު މަސައްކަތްކޮށް ތަޖްރިބާ ލިބިފައިވުން؛
- އުމުރުން 18 އަހަރު ފުރިފައިވާ ދިވެހި ރައްޔިތެއް ކަމުގައިވުން.
|
އިތުރު މަޢުލޫމާތު:
|
- މިކޯހުގެ މަޤްސަދަކީ މުދާ ކްލިއަރކުރުމުގެ ކަންކަމުގައި މިއޮފީހާއެކު މުޢާމަލާތްކުރާ ފަރާތްތަކަކީ ކަނޑަ އެޅިފައިވާ އުޞޫލުތަކުގެ ދަށުން ޚާއްޞަ ތަމްރީނުތަކެއް ލިބިގެން ހަރަކާތްތެރިވާ ޕްރޮފެޝަނަލް ފަރާތްތަކަކަށް ހެދުމެވެ.
- މިކޯސް އެކުލެވިގެންވަނީ ތިރީގައި ބަޔާންކޮށްފައިވާ 4 މޮޑިއުލްގެ މައްޗަށެވެ.
Module 1 - Brokers Regulation and Customs Procedures
Module 2 - Valuation Process
Module 3 - Harmonized System
Module 4 - Documentation Process
- މިކޯސް ފެށުމަށް ހަމަޖެހިފައިވަނީ އޮގަސްޓް 2022 ގައެވެ. އަދި މިކޯހުގެ މުއްދަތަކީ 6 މަސް ދުވަހެވެ.
- މިކޯހުގެ ކިޔެވުން ކުރިއަށްދާނީ ފޭސް-ޓު-ފޭސް ކޮށް މާލޭގެ ކަސްޓަމްސް ބިލްޑިންގގައި އެވެ. ކްލާސްތައް ބޭއްވުމަށް ހަމަޖެހިފައިވަނީ ކޮންމެ އާދިއްތަ ދުވަހަކުން ބުރާސްފަތި ދުވަހަކަށް (ވީކް ޑޭސް)، މެންދުރު 2 އިން ހަވީރު 5 އަށެވެ.
- ކޯހަށް މީހުން ހޮވުމުގައި އިމްޕޯޓް އެކްސްޕޯޓް އަދި ކަސްޓަމްސް ކްލިއަރެންސް މަސައްކަތްތަކުގައި އަމަލީ ގޮތުން ހަރާކާތްތެރިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
- މިކޯހަށް ކުރިމަތިލާ ފަރާތްތަކުގެ ކުށުގެ ރިކޯޑަށް ރިޢާޔަތްކޮށް އެފަރާތެއް ކޯހުގައި ބައިވެރިނުކުރުމުގެ އަދި ކޯހުން ވަކިކުރުމުގެ އިޚްތިޔާރު ކަސްޓަމްސްއަށް ލިބިގެންވެއެވެ.
-
ކޯހުގެ ފީއަކީ -/6000 ރުފިޔާއެވެ.
- މިކޯހުގައި ކުރިން ބައިވެރިވެފައިވާ ފަރާތަކުން ފާސްނުވެގެން ނުވަތަ އެނޫންވެސް ސަބަބަކާހުރެ އަލުން މިކޯސް ނުވަތަ ކޯހުގެ ބައެއް ފުރިހަމަ ކުރަންބޭނުންވާނަމަ، ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ސެންޓަރ ފޮރ ކަސްޓަމްސް އެންޑް އެކްސައިޒް ސްޓަޑީޒްއިން ކަނޑައަޅާ އުޞޫލެއްގެ މަތިން ހަމަޖައްސައިދެވޭނެއެވެ.
|
ހުށަހަޅަންޖެހޭ ތަކެތި:
|
- ކޯހަށް އެދި ފުރިހަމަކޮށްފައިވާ ފޯމް
- ކޯހަށް އެދޭ ފަރާތުގެ ވަނަވަރު
- ތަޢުލީމީ ސެޓްފިކެޓްތަކުގެ އެކްރެޑިޓް އަދި އެޓެސްޓް ކޮށްފައިވާ ކޮޕީ
- ކަސްޓަމްސްގެ މެދުވެރިއެއްގެ ގޮތުގައި ޚިދުމަތްދޭ ތަނެއްގައި މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވާކަމުގެ ލިޔުން ނުވަތަ އެކްސްޕޯޓް/އިމްޕޯޓް ވިޔަފާރި ނުވަތަ ކަސްޓަމްސް ކްލިއަރެންސް މަސައްކަތްތަކުގައި އަމަލީ ގޮތުން ހަރާކާތްތެރިވާ މީހެއްކަން އަންގައިދޭ ކުންފުނީގެ ރަސްމީ ލިޔުން
- ކޯހަށް ހޮވިއްޖެނަމަ ކްލާހަށް ހާޒިރުވުމަށް އިއުތިރާޒެއް ނެތްކަން އަންގައިދޭ ކުންފުނީގެ ރަސްމީ ލިޔުން
|
ސުންގަޑި: 21 ޖުލައި 2022 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން. އެޕްލިކޭޝަން ފޯމާއި ގުޅުންހުރި ލިޔުންތައް ކަސްޓަމްސް އެކަޑަމީގެ މެއިލް application.[email protected]އަށް ފޮނުވުން އެދެމެވެ.
|
ކޯހަށް އެދޭ ފޯމް ކަސްޓަމްސްގެ ވެބްސައިޓް www.customs.gov.mvއިން ލިބެން ހުންނާނެއެވެ.
|