ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)267/267/2022/40
ޕަބްލިޝްކުރި ތާރީޚް: 20 ޖޫން 2022
ޕަބްލިޝްކުރި ގަޑި: 12:38
ސުންގަޑި: 21 ޖޫން 2022 15:00
ތިލަދުންމަތީ ދެކުނުބުރީ ކުމުންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1443 ވަނަ އަހަރު ދިވެހިރާއްޖޭގެ ރައްޔިތުންނަށް ސަޢޫދީ ޢަރަބިއްޔާއިން ހަދިޔާކުރެއްވި ކަދުރު ބެހުމާބެހޭ

     1443 ވަނަ އަހަރު ރަމަޟާން މަހު ދިވެހި ރާއްޖޭގެ ރައްޔިތުންނަށް ބެހުމަށް ސަޢޫދީ ޢަރަބިއްޔާގެ ސަރުކާރުން ދެއްވާފައިވާ ކަދުރުގެ ތެރެއިން ކުމުންދޫ އަށް ލިބިފައިވަނީ 180 ޕެކެޓް ކަދުރެވެ.

     އެންމެ ފުރަތަމަ ކަދުރު ބެހުމަށް ހަމަޖެހިފައިވަނީ ކުމުންދޫ ފަޤީރުންގެ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ 16 ގޭބިސީއަށެވެ. މި 16 ގޭ ބިސީއަށް ކޮންމެ ގޭބިސީއަކަށް 1 ޕެކެޓް ކަދުރު ދިނުމަށްފަހު ބާކީވާ  164 ޕެކެޓް ކަދުރު ބެހުމަށް ހަމަޖެހިފައިވަނީ އެންމެ ފުރަތަމަ އަންނަ ފަރާތްތަކަށް އިސްކަންދޭ އުޞޫލުން ކޮންމެ ގޭބިސީއަކަށް (ގެއަކަށް) 1 ޕަކެޓް ކަދުރު ދޭ އުޞޫލުންނެވެ. 

     ވީމާ ކަދުރު ބޭނުންވާ ގޭބިސީތަކުން 21 ޖޫން 2022 ވާ އަންގާރަ ދުވަހު 9:30 ގައި ކުމުންދޫ ކައުންސިލަށް ވަޑައިގެން ކަދުރާ ޙަވާލުވުން އެދެމެވެ. ކަދުރު ބަލައި ވަޑައިގަންނަވާއިރު ޙަވާލުވާ ފަރާތުގެ އައިޑީ ކާޑު ހިއްޕަވައިގެން ވަޑައިގަތުން އެދެމެވެ

                   ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

20 ޖޫން 2022